ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
މިއަހަރުގެ ސާފްޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީޓީމް، ބަންގްލަދޭޝްއަށް މިއަދު ފުރައިފިއެވެ.
މިފަހަރުގެ މުބާރާތް ބްރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.

މުބާރާތް ހުޅުވާ މެޗްގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ބޫޓާނެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިނުވާ ޓީމަކީ ނޭޕާލެވެ. އެ ޤައުމަށް މިފަހަރުގެ މުބާރާތުްނ ފުރުސަތު ގެއްލުނީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފައި އޮތުމުންނެވެ. މުބާރާތުގެ މެޗްތައް މިފަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ، ދެ ގްރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީފައިނަލަށް ދާ ގޮތަށެވެ.
މިފަހަރުގެ މުބާރާތް ބަންގްލަދެޝްގައި ބައްވާއިރު، އެޤައުމު އޮތީ ވަރަށްބޮޑު ހަމަނުޖެހުމެއްގެ ތެރޭގައެވެ،. އެގޮތުން މެޗްތަކުގެ ޓިކެޓް އަގުބޮޑު މައްސަލާގައި ހޫނުވެފައިވާއިރު، އެ ޤައުމުގެ ފޭރާން އުފައްދާ ފެކްޓްރީތަކުގެ މުވައްޒަފުންވެސް ގެންދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް