ނޭޝަނަލް ފުޓްސަލް އެރީނާގެ ކުރެހުމެއް؛ ފޮޓޯ / ލިއޯ ޓްރޭޑިންގ
ނޭޝަނަލް ފުޓްސަލް އެރީނާގެ ކުރެހުމެއް؛ ފޮޓޯ / ލިއޯ ޓްރޭޑިންގ
ކުޅިވަރު 15 Nov 2026 | 16:21

ހުޅުމާލޭ ފޭސް ދޭއްގައި ތަރައްޤީކުރާ ނޭޝަނަލް ފުޓްސަލް އެރީނާގެ މަސައްކަތް މިއަދު ފަށަނީ

ދިވެހިރާއްޖޭގައި ފުޓްސަލް އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ނިންމާފައިވާ ޒަމާނީ ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ނުވަތަ "ނޭޝަނަލް ފުޓްސަލް އެރީނާ" ގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށަން ނިންމައިފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ، ލޮޖިސްޓިކްސް އަދި އިމާރާތްކުރުމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ލިއޯ ޓްރޭޑިންއާއެވެ.

މި ކޮމްޕްލެކްސް އެޅުމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި ތަނުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ދަނޑަކާއި، ކުޅުންތެރިން ތަމްރީނުކުރުމަށް ހާއްސަ ދަނޑުތަކެއް ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

ތިން ފަންގިފިލާއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ފުޓްސަލް އެރީނާ ފަރުމާކޮށްފައިވަނީ ވަރަށް ފުރިހަމަ ވަސީލަތްތަކާއެކުގައެވެ. އެގޮތުން، އިމާރާތުގެ ތިރީ ބައި ނުވަތަ ގްރައުންޑް ފްލޯ ހާއްސަކުރެވިފައިވަނީ، ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) ގެ މިންގަނޑުތަކަށް ފެތޭ ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅުމަށެވެ. މީގެ އިތުރުން، އިމާރާތުގެ މަތީ ދެ ފަންގިފިލާގައި ކުޅުންތެރިންގެ ފަރިތަކުރުންތަކަށް ހާއްސަކޮށްގެން ޖުމްލަ ހަތަރު ޕިޗު ގާއިމުކުރެވޭނެއެވެ.

ކުޅިވަރު ކުޅޭ ދަނޑުތަކުގެ އިތުރުން، ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޭނުންވާނެ އެހެނިހެން މުހިންމު ހިދުމަތްތައް ވެސް މި ކޮމްޕްލެކްސްގައި ހިމެނުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި، ކުޅުންތެރިންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރާ ކްލާސްރޫމްތަކާއި، ކުއްލި ސިއްހީ ފަރުވާ ދިނުމަށް ހާއްސަ ފަސްޓްއެއިޑް ރޫމެއްގެ އިތުރުން ޓެކްނިކަލް ރޫމްތައް ހިމެނެއެވެ. އަދި ކުޅިބަލަން ވަންނަ ފަރާތްތަކާއި ކުޅުންތެރިންގެ ބޭނުމަށް ކެފެޓީރިއާއެއް ވެސް މި އިމާރާތުގައި ގާއިމުކުރެވޭނެއެވެ.

މިފަދަ ޒަމާނީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއް ނެތް ނަމަވެސް، ދިވެހި ފުޓްސަލް ޓީމުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، ސަރަހައްދީ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދާފައިވާއިރު، ދާދި ފަހުން ޗައިނާގައި ކުރިއަށްދިޔަ އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކޮށް ޤައުމީ ޓީމުން ވަނީ ލޯ މެޑަލް ހާސިލުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު
09 Nov 2026 ކުޅިވަރު

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު

މި މުބާރާތުގައި ރާއްޖެއިން ވަނީ ހޮންކޮންގާ ބައްދަލުކޮށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެފްއޭއެމުން ވަނީ. މުޅި މުބާރާތުގައިވެސް ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްފައެވެ.

އެފްއޭއެމް ޓާފް ގްރައުންޑް 1 ގައި އައު ޓާފެއް އެޅުމުގެ މަސައްކަތް ފަށައިފި
26 Oct 2026 ކުޅިވަރު

އެފްއޭއެމް ޓާފް ގްރައުންޑް 1 ގައި އައު ޓާފެއް އެޅުމުގެ މަސައްކަތް ފަށައިފި

މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން )އާރް.ޑީ.ސީ( އާ އެވެ. ދަނޑުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޓާފް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެފްއޭއެމްއިން ލަފާކުރެވެއެވެ.

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތަޢާރަފުކޮށްފި
20 Sep 2026 ހަބަރު

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތަޢާރަފުކޮށްފި

ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި...

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް؛ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ހޯދައިފި
13 Sep 2026 ކުޅިވަރު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް؛ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ހޯދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން އެ އަތޮޅު ވާދޫން ހޯދައިފިއެވެ. ވާދޫން މި މުބާރާތު...

ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ޔޫތް މިނިސްޓްރީ
29 Jul 2026 ހަބަރު

ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ޔޫތް މިނިސްޓްރީ

އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެ...