ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް
ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ހަބަރު 12 Nov 2026 | 17:43

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އާދަމް އިކްރާމްގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި އެއްވެސް އަލިމަގެއް ފެނިފައިނުވާތީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

އެގޮތުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު
12 Nov 2026 ހަބަރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު

ސަފީރު މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި
12 Nov 2026 ހަބަރު

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް
12 Nov 2026 ހަބަރު

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެ ކުންފުންޏަށް އެ އަހަރު 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. އަދި ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރިހަމަ ލިޔެކިޔުންތައް ނުލިބޭތި، އޮޑިޓަރުން ވަނީ މި ބަޔާނަށް ރައުޔެއް ދިނުމުން އުޒުރުވެރިވެފައެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
10 Nov 2026 ހަބަރު

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަށްފަހު ނޫނީ ކަނޑުމައްޗަށް ނޭރުމަށާއި، އުޅަނދުގައި ލައިފްޖެކެޓް ހުރިތޯ ކަށަވަރުކޮށް، މޫސުން ގޯސްނަމަ ކަނޑުމައްޗަށް ނޭރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
09 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ
08 Nov 2026 ހަބަރު

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ

ކޮމިޝަނާ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ.