ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު 12 Nov 2026 | 16:24

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޗައިނާ ސަފީރު ކޮންގް ބުނި ގޮތުގައި، މީގެ ޤަރުނަކަށްވުރެ ކުރިން، 1911 ވަނަ އަހަރު ސަން ޔަޓް-ސެން އިސްވެ ހުންނަވައިގެން ގެންނެވި އިންގިލާބަކީ ޗައިނާގައި އެތައް ހާސް އަހަރެއް ވަންދެން އޮތް ވިރާސީ ރަސްކަން ނިމުމަކަށް ގެނެސް، ޖުމްހޫރީ ވެރިކަމަކަށް މަގުފަހިކޮށްދިން ތާރީހީ ހާދިސާއެކެވެ. އޭނާގެ މުޅި ހަޔާތް ހޭދަކުރެއްވީ ޤައުމީ މިނިވަންކަމާއި، އިޖުތިމާއީ ކުރިއެރުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރެއްވުމުގައެވެ. ޗައިނާ އަލުން ދިރުވައި އާލާކުރުމަށް އޭނާ ގެންގުޅުއްވި ތަސައްވުރާއި، ޤައުމީ ލޯތްބާއި، ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއާއި ސާބިތުކަމަކީ މިއަދުވެސް ޗައިނާގެ ތާރީހުގައި އޮތް އަގުހުރި ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތާރީހަށް އަލިއަޅުއްވާލައްވަމުން ސަފީރު ކޮންގް ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ނުހަނު މުހިންމު އަދި ފާހަގަކޮށްލެވޭ ވަގުތެއް ކަމަށެވެ. އެގޮތުން، ޖުމްހޫރީ ދުވަހަކީ ޤައުމުގެ މާޒީއާއި، މިނިވަންކަމާއި، ސިޔާދަތުގެ އިތުރުން މުސްތަޤުބަލަށް ކުރާ އުންމީދުތަކާ މެދު ވިސްނައި ފިކުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ސިޔާދަތާއި، މިނިވަންކަމާއި، ޤައުމީ ކަރާމާތް ރައްކާތެރިކުރުމުގައި ޗައިނާއިން އަބަދުވެސް ރާއްޖެއަށް ފުރިހަމައަށް އެއްބާރުލުންދީ، ސާބިތުކަމާއެކު ރާއްޖެއާއެކު އޮންނާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ. އަދި ރާއްޖޭގެ ޤައުމީ ހާލަތާ ގުޅޭ، އަމިއްލަ ތަރައްޤީގެ މަގެއް އިހްތިޔާރުކޮށްގެން ކުރިއަށް ދިއުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް ޗައިނާއިން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް ސަފީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސަފީރު ކޮންގް ޝިއަންހުއާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ދެ ޤައުމަށްވެސް ފައިދާހުރި ގޮތެއްގައި ގުޅިގެން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޗައިނާ އޮތީ ތައްޔާރަށްކަން ހާމަކުރައްވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ
12 Nov 2026 ހަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި
12 Nov 2026 ހަބަރު

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް
12 Nov 2026 ހަބަރު

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެ ކުންފުންޏަށް އެ އަހަރު 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. އަދި ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރިހަމަ ލިޔެކިޔުންތައް ނުލިބޭތި، އޮޑިޓަރުން ވަނީ މި ބަޔާނަށް ރައުޔެއް ދިނުމުން އުޒުރުވެރިވެފައެވެ.

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ
12 Nov 2026 ދުނިޔެ

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ

އާންމު އުމްރާނީ ތަރައްގީއާއި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރުން، "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ސީޕެކް 2.0 ގެ ދެވަނަ ފިޔަވަހީގެ މައިގަނޑު އަސާސެއްގެ ގޮތުގައި މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އައު އީޖާދުތައް ހިމަނާފައެވެ.

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް
12 Nov 2026 ދުނިޔެ

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ސުލްހަވެރިކަމާއެކު ޓައިވާން ޗައިނާއާ ގުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވާހަކަފުޅުގައި ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 Nov 2026 ހަބަރު

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.