ޗައިނާގެ ރައީސް ޝީ ޖިންޕިންގް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ޗައިނާގެ ރައީސް ޝީ ޖިންޕިންގް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ދުނިޔެ 12 Nov 2026 | 11:53

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް

ޓައިވާން އަލުން ޗައިނާއާ ގުޅުވައި އެއްކުރުމަކީ ތާރީހީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށާއި، ތާރީހުގެ އޮއިވަރު ނުހުއްޓުވޭނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ވިދާޅުވެއްޖެއެވެ.

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ސުލްހަވެރިކަމާއެކު ޓައިވާން ޗައިނާއާ ގުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވާހަކަފުޅުގައި ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޗައިނާގެ އިންގިލާބީ ބަތަލު ސުން ޔަތު-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި މި ޖަލްސާގައި ޝީ ވިދާޅުވީ، "އެއް ޤައުމެއް، ދެ ނިޒާމެއް" ގެ އުސޫލުގެ ދަށުން ސުލްހަވެރިކަމާއެކު އެއްބައިވަންތަކަން ޤާއިމުކުރުމަށް ޗައިނާއިން އަބަދުވެސް އިސްކަންދޭ ކަމަށެވެ. އަދި "އެއް ޗައިނާ" ގެ އުސޫލު ގަބޫލުކުރާނަމަ ޓައިވާނާއެކު މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޓައިވާނުގެ ރައްޔިތުންނާއެކު ޗައިނާގެ ހުރިހާ ރައްޔިތުން ގުޅިގެން، ޓައިވާން ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލެއްވިއެވެ.

ޑިމޮކްރެޓިކް އުސޫލުން ވެރިކަންކުރާ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކުނު ނަމަވެސް، ޓައިވާނުގެ ސަރުކާރުންނާއި އެ ޤައުމުގެ މައި ސިޔާސީ ޕާޓީތަކުން ޗައިނާގެ މި ދައުވާއާއި "އެއް ޤައުމެއް، ދެ ނިޒާމެއް" ގެ މޮޑެލްއަށް ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ. ޝީގެ މި ވާހަކަފުޅާ ގުޅިގެން ޓައިވާނުގެ ސަރުކާރުން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

މި ތަޤުރީރުގައި ބާރުގެ ބޭނުންކުރާނެ ވާހަކަ ޝީ ވިދާޅުނުވި ނަމަވެސް، ޗައިނާއިން ޓައިވާން ހިފުމަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ފުރުސަތު ދޫކޮށްލާނެ ކަމަށް ދުވަހަކުވެސް ބުނެފައެއް ނުވެއެވެ. އެގޮތުން، ޗައިނާގެ އަސްކަރިއްޔާއިން ކޮންމެ ދުވަހަކުހެން ޓައިވާން ވަށައިގެންވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާއިރު، ޕެސިފިކް ކަނޑުގެ ސަރަހައްދުތަކަށްވެސް ޗައިނާގެ އަސްކަރީ ނުފޫޒު ދަނީ ފުޅާކުރަމުންނެވެ.

ޝީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އަންނަ ހަފްތާގައި ޗައިނާގެ ޝެންޒެންގައި ބާއްވާ އޭޕެކް ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، ޓައިވާނުގައި ބާއްވާ މުހިންމު ލޯކަލް އިންތިހާބަށް ދެ ހަފްތާއަށްވުރެ ކުޑަތަންވެފައިވާތީ، މި ވާހަކަފުޅަށް ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ
12 Nov 2026 ދުނިޔެ

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ

ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ކުއްލި ގޮތަކަށް މަރުވިކަން ވަނީ ކަޝަވަރުކޮށްދީފައެވެ.

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް
12 Nov 2026 ދުނިޔެ

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް

އިސްރާއީލުން ދިން މި ހަމަލާގައި 6 މީހަކު ޝަހީދުވެ، މަދުވެގެން 20 މީހަކު ވަނީ ޒަހަމްވެފައެވެ.

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
12 Nov 2026 ދުނިޔެ

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

އިންޑޮނޭޝިއާގެ ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޯވީ) ގެ ދަރިކަލުން އަދި އެ ޤައުމުގެ ނައިބު ރައީސް ޖިބްރާން ރަކަބުމިންގ ރަކާ، އޭނާގެ ތަޢުލީމީ ސަނަދާ ގުޅޭގޮތުން އުފެދުނު ބޮޑު މައްސަލަގަނޑެއްގައި މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން
12 Nov 2026 ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ހޮރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް އެ ސަރަހައްދު ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް އަދި އެ ގައުމުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 Nov 2026 ހަބަރު

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.