ޗައިނާ ސަފީރު- ފޮޓޯ/ ރައީސް އޮފީސް
ޗައިނާ ސަފީރު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު 28 Oct 2026 | 06:27

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބާސެލޯ މޯލްޑިވްސްގައި ބޭއްވި ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ވެރިން ކަނޑައަޅުއްވާފައިވާ، ދެގައުމުން އިސްކަންދޭ ކަންކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

”މީގެ ސަބަބުން ޓެކްނޮލޮޖީ ބަދަލުކުރުމާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އިގްތިސާދީ ކުރިއެރުމަށް އައު ފުރުސަތުތައް ފަހިވެގެންދާނެ“

ޗައިނާ ސަފީރު

ސަފީރުގެ ވާހަކަފުޅުގައި، ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އަކަށް ބަދަލުވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ކާމިޔާބު ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރައްވަމުން ސަފީރު ވިދާޅުވީ، ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި އެ ބްރިޖުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓް އަދި އިންސާނީ ވަސީލަތްތައް ތަރައްގީކޮށްގެން އައު "މައުނަވީ ރަހުމަތްތެރިކަމުގެ ބްރިޖެއް" އެޅޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ޗައިނާގެ ޓެކްނޮލޮޖީއާއި ތަޖުރިބާ ބޭނުންކުރެވިދާނެ މުހިންމު ދާއިރާތަކުގެ ގޮތުގައި ސަފީރު ފާހަގަކުރެއްވީ ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އަދި ދަތުރުފަތުރުގެ ދާއިރާއެވެ.

އެގޮތުން ސްމާޓް ގްރީންހައުސްތަކާއި، ހައިޑްރޯޕޮނިކްސް އަދި ފެން އިސްރާފުނުވާ ގޮތަށް ދަނޑުވެރިކަން ކުރުމުގެ ނިޒާމުތަކުގެ އެހީގައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ސޯލާ ނިޒާމުތަކުގެ އެހީގައި، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.

އަދި ކަރަންޓުން ދުއްވާ އުޅަނދުފަހަރާއި އީވީޓީއޯއެލް (eVTOL) މަތިންދާބޯޓުތައް ފަދަ ޒަމާނީ ވަސީލަތްތަކުން ރާއްޖޭގެ ދަތުރުފަތުރާއި މުދާ އުފުލުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޒުވާން ވިޔަފާރިވެރިންނާއި ފަންނީ މީހުން ބިނާކުރުމަށް ބާރުއަޅުއްވަމުން ސަފީރު ވަނީ، ހާއްސަކޮށް ފެހި، ނޫ އަދި ޑިޖިޓަލް އިގްތިސާދުގެ ދާއިރާތަކުން ޒުވާނުންނަށް ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް ސިޔާސީ ގޮތުން އޮންނަ އިތުބާރު މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަފީރު އެދިލެއްވިއެވެ.

އަދި މި ފޯރަމަކީ ޓެކްނޮލޮޖީއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ބިންގަލެއް ކަމަށް ވިދާޅުވަމުން، ފޯރަމްގައި ދެކެވުނު ވާހަކަތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްގީއަށް މަސައްކަތްކުރުމަށް ސަފީރު ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
28 Oct 2026 ހަބަރު

42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ވަޒީރުންގެ ކާރު އެލަވަންސްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އެލަވަންސްބޮޑުކޮށް، މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
28 Oct 2026 ހަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން )މީޑިއާ ކޮމިޝަން( ގެ ރައީސް ކަމާއި، އެ ކޮމިޝަނުގެ މަޤާމުން މުޙައްމަދު ފަރުޞަތު އިސްތިއުފާ ދެއްވައިފިއެވެ.

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ވިޔަފާރިތަކާއެކު ޕާޓްނާޝިޕް ހެދުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސް ޑރ. މުއިއްޒުގެ ދަޢުވަތެއް
28 Oct 2026 ހަބަރު

ރާއްޖޭގެ ވިޔަފާރިތަކާއެކު ޕާޓްނާޝިޕް ހެދުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސް ޑރ. މުއިއްޒުގެ ދަޢުވަތެއް

ދިވެހިރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން ޒަމާނީ ޕްރޮސެސިންގ، ސަޕްލައި ޗެއިން، މުދާ ބެހުމާއި މާކެޓަށް ވާސިލުވުމުގެ ދާއިރާއިން މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު އަރުވައިފިއެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް
22 Oct 2026 ހަބަރު

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް

މާލެ ސަރަޙައްދުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިޞްލާޙުވުމަށް އަންގައި ނޯޓިސް ދީފިއެވެ.