ޗައިނާގެ އިލެކްޓްރިކް ކާރުތަކެއް؛ ފޮޓޯ / ނިއުޔޯކް ޓައިމްސް
ޗައިނާގެ އިލެކްޓްރިކް ކާރުތަކެއް؛ ފޮޓޯ / ނިއުޔޯކް ޓައިމްސް
ދުނިޔެ 21 Nov 2026 | 11:12

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި

ޗައިނާގެ އަންހުއީ ޕްރޮވިންސްގެ މީހުން ދިރިއުޅޭ އިމާރާތެއްގެ ބިމު އަޑީގައި ހުރި ޕާކުކުރާ ސަރަހައްދެއްގައި، ޑްރައިވަރަކާ ނުލައި އޮތް އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފިއެވެ.

އެ އިމާރާތުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެ ކާރު ވަނީ މުޅިރޭ އެއްކޮށް ކުރިއަށާއި ފަހަތައް ޖެހި، ޕާކިންގް ޖާގައަށް އެންމެ ފުރިހަމައަށް ކާރު ވެއްދުމަށްޓަކައި ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ.

ކާރުގެ ތެރޭގައި އެއްވެސް މީހަކު ނެތްއިރު، ކާރު އަމިއްލައަށް ދުއްވަމުން ދިޔަ ގޮތުން އެއީ ސިސްޓަމަށް ދިމާވި މައްސަލައެއްކަން ފަހުން ވަނީ އެނގިފައެވެ.

އެ ރޭގެ ހާދިސާއަށްފަހު ކާރުގެ ވެރިފަރާތުން ކާރުގެ ޑޭޓާ ރެކޯޑްތައް ބަލައި ޗެކްކުރިއިރު، އެ ރެކޯޑްތަކުން ދައްކާ ގޮތުގައި އެރޭގެ އެކި ވަގުތުތަކުގައި ކާރުގެ އޮޓޮމެޓިކް ޕާކިންގް ފަންކްޝަން ވަނީ ޖުމްލަ 868 ފަހަރު އެކްޓިވޭޓް ވެފައެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިފައިވާއިރު، ޒަމާނި އޮޓޮމެޓިކް ޓެކްނޮލޮޖީ ބޭނުންކުރާ އުޅަނދުތަކުގައި މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވުމަކީ އެކެށީގެންވާ ކަމެއްކަމަށް ޓެކްނޮލިޖީގެ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަސާސީ ގިނަ ބޭސްތަކެއް ހުސްވެ ދެކުނު އެފްރިކާގެ ސިއްހީ ނިޒާމު ނުރައްކަލަށް
21 Nov 2026 ދުނިޔެ

އަސާސީ ގިނަ ބޭސްތަކެއް ހުސްވެ ދެކުނު އެފްރިކާގެ ސިއްހީ ނިޒާމު ނުރައްކަލަށް

ސައުތު އެފްރިކާގެ ސަރުކާރު ހޮސްޕިޓަލްތަކުން ޟަރޫރީ އެތައް ބޭހެއް ހުސްވެ، އެ ޤައުމުގެ ޢާންމު ޞިއްޙީ ނިޒާމަށް ބޮޑު ނާޒުކު ޙާލަތެއް ކުރިމަތިވެއްޖެއެވެ. އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކުން ފަންސާހަށްވުރެ ގިނަ މުހިންމު އަސާސީ ބޭސް މިހާރު ވަނީ އެއްކޮށް ހުސްވެފައެވެ.

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި
21 Nov 2026 ދުނިޔެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި
21 Nov 2026 ދުނިޔެ

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި

އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީން ހަމަލާދީފައިވަނީ ޔަމަނުގެ ތައީޒްގައި ހުންނަ ދެ ސަރަހައްދަކަށެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
19 Nov 2026 ދުނިޔެ

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން، 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި
18 Nov 2026 ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި

މިކަން އެނގިފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުންނެވެ.