ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ ރައީސް އެއް މޭޒެއްގައި ތާރީހުގައި ފުރަތަމަ ފަހަރަށް؛ ފޮޓޯ / ޕޮލިޓިކޯ
ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ ރައީސް އެއް މޭޒެއްގައި ތާރީހުގައި ފުރަތަމަ ފަހަރަށް؛ ފޮޓޯ / ޕޮލިޓިކޯ
ދުނިޔެ 19 Nov 2026 | 18:00

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް ކަމަށް ރަޝިޔާގެ ރައީސް ވްލޮޑޮމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މި ތިން ޤައުމުގެ ލީޑަރުންގެ މެދުގައި ބޭއްވޭ ތިން ފަރާތުގެ ސަމިޓަށް އިޝާރާތް ކުރައްވަމުން ރައީސް ޕުޓިން ވަނީ އެ ބައްދަލުވުމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ. އެގޮތުން، ރަޝިޔާ، ޗައިނާ އަދި އެމެރިކާ ބައިވެރިވާ މި ސަމިޓަކީ ބައިނަލްއަޤްވާމީ ޚާރިޖީ ސިޔާސަތުގެ ތާރީޚުގައި ލިޔެވިގެންދާނެ އައު ބާބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އެމެރިކާއާއި ރަޝިޔާއާ ދެމެދު އޮތް ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން ޕުޓިން ވިދާޅުވީ، ވޮޝިންޓަނާއެކު ރަޝިޔާއިން ބާއްވާ ގުޅުންތަކުގެ ބައެއް ދާއިރާތައް މިހާރަށްވުރެ ހަރުދަނާކޮށް، އޭގެ ނަތީޖާ ރަނގަޅު ކުރުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް މުޢާމަލާތްތައް އިތުރަށް ފުޅާކޮށް، އޭގެ ފައިދާ ދެ ފަރާތަށްވެސް ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާގެ ޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ނިންމަންޖެހޭ ބައެއް ނިންމުންތައް މި ސަމިޓުގެ ބޭރުން އެހެން އޮނިގަނޑުތަކުގެ ތެރެއިންވެސް ނިންމަމުންދާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ. މިއީ އެކި ލެވެލްތަކުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތެއްކަން އޭނާގެ ވާހަކަފުޅުން ދޭހަވެއެވެ.

އެއްބަސްވުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، އެއްވެސް އެއްބަސްވުމަކަށް ނާދެވި އޮތުމަށްވުރެ، ފުރިހަމައަށް ތަންފީޒު ނުކުރެވުނު ނަމަވެސް ކޮންމެވެސް ކަހަލަ އެއްބަސްވުމެއް އޮތުން މާ ރަނގަޅު ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑޮނީޝިއާގެ ޑޭކެއާ ސެންޓަރެއްގެ ޕްރިންސިޕަލް، ކުޑަކުދިންނަށް އަނިޔާކުރިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް
20 Nov 2026 ދުނިޔެ

އިންޑޮނީޝިއާގެ ޑޭކެއާ ސެންޓަރެއްގެ ޕްރިންސިޕަލް، ކުޑަކުދިންނަށް އަނިޔާކުރިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް

އިންޑޮނީޝިއާގެ ލައިސެންސް ނެތް ޑޭކެއާ ސެންޓަރެއްގައި ކުޑަކުދިންނަށް އަނިޔާކުރި މައްސަލައިގައި ވެރިޔާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ޢާއިލާތަކުން ދެކެނީ ހުކުމް މާ ލުއި ކަމަށެވެ.

ޙޫޘީންގެ މިސައިލް ހަމަލާއެއް ރިޔާޛްގެ އެންމެ އުސް ޓަވަރަށް އަރައި ގެއްލުންތަކެއް
20 Nov 2026 ދުނިޔެ

ޙޫޘީންގެ މިސައިލް ހަމަލާއެއް ރިޔާޛްގެ އެންމެ އުސް ޓަވަރަށް އަރައި ގެއްލުންތަކެއް

ޙޫޘީން ފޮނުވާލި މިސައިލެއް ރިޔާޛްގެ ޕީއައިއެފް ޓަވަރަށް އަރައި ޢިމާރާތަށް މާއްދީ ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ
19 Nov 2026 ދުނިޔެ

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ

އެގޮތުން، ޗައިނާގެ ޝެންޒެންގައި ޓްރަމްޕް އަދި ކިމް ބައްދަލުކުރާނެ ކަމުގެ އުއްމީދު ޓްރަމްޕް ހިމެނޭހެން ގިނަ ބަޔަކު ކުރިއެވެ.

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
19 Nov 2026 ދުނިޔެ

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން، 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި
18 Nov 2026 ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް 7،800 އަށްވުރެ ގިނަ މުދާ އެކްސްޕޯޓްކޮށްފި

މިކަން އެނގިފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުންނެވެ.

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު
16 Nov 2026 ހަބަރު

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު

މި ސްކޮލާޝިޕްތަކަކީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ އެހީގައި ދިވެހިންނަށް ހުޅުވާލާފައިވާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކެކެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ޕްރޮގްރާމްތަކެކެވެ