އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް- ފޮޓޯ/ އަލްޖަޒީރާ
އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް- ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 12 Nov 2026 | 08:19

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ހޮރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް އެ ސަރަހައްދު ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް އަދި އެ ގައުމުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ބުދަ ދުވަހު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޤާލީބާފް ވިދާޅުވީ، ވޭތުވެދިޔަ އަށް މަސް ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިރާނުން ހުށަހެޅި ހަތް ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމުގެ ދަށުން، އެ ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި އެއްވެސް "ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދެއް" ނޯންނާނެ ކަމަށާއި، 1982 ގެ އދ. ގެ ކަނޑުތަކާ ބެހޭ މުއާހަދާ އެ ކަނޑުއޮޅިއަށް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ކަނޑުއޮޅީގެ ކަންކަން ހިންގާނީ އިންވެގެންވާ ދެ ޤައުމުގެ ޤާނޫނުތަކުގެ ދަށުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޞުލްޙައިގެ ހަތް ޝަރުތު

ޤާލީބާފް ވިދާޅުވި ގޮތުގައި، ޤަޠަރުގެ މެދުވެރިއެއް މެދުވެރިކޮށް އީރާނުން ވަނީ ޞުލްޙައިގެ ވާހަކަތަކަށް އެމެރިކާއަށް ހަތް ޝަރުތެއް ހުށަހަޅާފައެވެ. އަދި މިހާރު އޮތީ އެމެރިކާގެ ރަސްމީ ޖަވާބަކަށް އިންތިޒާރުކުރުން ކަމަށާއި، މިހާރު "ބޯޅަ އޮތީ އެމެރިކާގެ ކޯޓުގައި" ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ކަނޑުމަގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމާއި، ހުރިހާ ދިމާއަކުން ހަނގުރާމަ ހުއްޓާލުމުގެ އިތުރުން ހަނގުރާމަ ނިމުމަކަށް އައިކަން ރަސްމީކޮށް އިޢުލާނުކުރުން ހިމެނެއެވެ. މިއީ ޖޫން މަހު އިސްލާމްއާބާދުގައި ސޮއިކުރެވުނު ފަހުމުނާމާގައިވެސް ހިމެނޭ ކަންކަން ކަމަށާއި، ވާހަކަތައް ކުރިއަށް ގެންދެވޭނީ މި ކަންކަން ތަންފީޒުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްބަސްވުމަކަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއަށް އިތުބާރު ނެތުން ކަމަށްވެސް ޤާލީބާފް ފާހަގަކުރެއްވިއެވެ.

އަލުން ހަނގުރާމަ ފެށުމުގެ ބިރު

އެމެރިކާގެ އޮފިޝަލުން މޮސްކޯއަށް ކުރެއްވި ދަތުރުފުޅެއްގައި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މެދުވެރިވެވަޑައިގެން އީރާނާއެކު ސީދާ ވާހަކަތައް ދެއްކުމަށް އެދިވަޑައިގެންފައިވާ ކަމަށް ޤާލީބާފް ވިދާޅުވިއެވެ. މީގެއިތުރުން، އީރާނަށް ދެވޭ އައު ހަމަލާތަކާ ދެކޮޅަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. އެފަދަ ކަމެއް ކޮށްފިނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިތުރު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، އަންނަ ޖެނުއަރީ މަހު މަޤާމާ ހަވާލުވާ އައު ކޮންގްރެސްގެ ފަރާތުން ސިޔާސީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، އީރާނުން ބޭނުންވަނީ "ހަނގުރާމައެއްވެސް ނެތް އަދި ޞުލްޙައެއްވެސް ނެތް" ހާލަތުން އަރައިގަންނަން ކަމަށާއި، މިކަމަށްޓަކައި އަސްކަރީ ޤާބިލުކަން ހިމެނޭހެން ދެމެހެއްޓެނިވި ދިފާޢީ ބާރެއް ބިނާކުރަންޖެހޭ ކަމަށް ޤާލީބާފް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
12 Nov 2026 ދުނިޔެ

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

އިންޑޮނޭޝިއާގެ ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޯވީ) ގެ ދަރިކަލުން އަދި އެ ޤައުމުގެ ނައިބު ރައީސް ޖިބްރާން ރަކަބުމިންގ ރަކާ، އޭނާގެ ތަޢުލީމީ ސަނަދާ ގުޅޭގޮތުން އުފެދުނު ބޮޑު މައްސަލަގަނޑެއްގައި މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް
11 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމަށް ބާރުއަޅައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތެރޭގައާއި އަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް
11 Nov 2026 ދުނިޔެ

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް

އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ވެރިރަށް ތެހެރާނުގައި އަންހެން ވޮލަންޓިއަރުންނަށް ޚާއްޞަކޮށްގެން އަސްކަރީ ތަމްރީނު ދޭ ކޭމްޕެއް ހުޅުވައިފިއެވެ. ތެހެރާނުގެ އާޒާދީ މައިދާނުގައި ހުޅުވި މި މަރުކަޒަކީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އަސްކަރީ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ލޮޖިސްޓިކް ސަޕޯޓް ދިނުމުގެ ކެމްޕޭނުގެ ބައެކެވެ.

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް
08 Nov 2026 ދުނިޔެ

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ތެލުގެ އަގު ގާތްގަނޑަކަށް 13 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ބަދަލާއެކު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ކުރިން ތެލުގެ އަގަށް އިތުރުވެފައި އޮތް 'ރިސްކް ޕްރީމިއަމް' ވަނީ މުޅިންހެން ކެނޑިގެން ގޮސްފައެވެ.

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި
08 Nov 2026 ދުނިޔެ

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު ދީފައިވާ ތިން މީހުންނަކީ ހަސަން ދިއޯބަންދު، ހާމިދު ކަޒޭމީ އަދި ރެޒާ ޒަންގާނޭއެވެ. މި ތިން މީހުންނަކީވެސް މުޒާހަރާތަކުގެ ތެރޭގައި ހިންގި ތަފާތު އެކި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ
06 Nov 2026 ދުނިޔެ

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ

އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ބާކީ އޮތް ބައި ވެސް އެއްކޮށް "ހަލާކުކޮށްލަން" އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް
05 Nov 2026 ދުނިޔެ

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް

އޭނާ މިހެން ބުނެފައިވަނީ، އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބުން އިދިކޮޅު މައި ޕާޓީ "ޑިމޮކްރެޓްސް" އިން މެޖޯރިޓީ ހޯދުމާއި ގުޅިގެން އޭނާ އެކްސްގައި ކުރި ޕޯސްޓަކުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޕާޓީގެ ޑޭޓާ އެނަލިސްޓުން އަންދާޒާކުރި ގޮތަށް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ރަނގަޅުވި ނަމަވެސް، 2024 ވަނަ އަހަރު ޓްރަމްޕް އަދި ވާންސް އަށް ވޯޓު ދިން ގިނަ އަދަދެއްގެ އާންމުން މިފަހަރު ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މީގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ވާންސް ފާހަގަކުރީ، އީރާން ހަނގުރާމައާއި އިސްރާއީލާއެކު އޮންނަ ގުޅުމެވެ.