ޑރ. ޝަމްހީދު
ޑރ. ޝަމްހީދު
ހަބަރު 12 Nov 2026 | 05:45

ޝަމްހީދު ނުދައްކަވާ އޮތް 4.3 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، ކޯޓުން ހުކުމެއް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ނުދައްކަވާ އޮތް ބޮޑު ލޯނަކާއި ގުޅިގެން ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމެއް އިއްވާ އެ ފައިސާ ދައްކާ ޚަލާސް ކުރަން އަންގައިފި އެވެ.

މިއީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 281،000 ވުރެގިނަ ޑޮލަރު ނުވަތަ 4.3 މިލިއަން ރުފިޔާ ނުދައްކާ އޮތް މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމެކެވެ.

ދަރަނީގެ ބޮޑު މި މައްސަލަ ކޯޓަށް ހުށައެޅީ އެމްއައިބީންނެވެ. އެ މައްސަލަ ކޯޓުން ނިންމީ އިއްޔެ އެވެ.

އެމްއައިބީން ވަނީ އެ ބެންކުން ދޫކުރި 500،000 ޑޮލަރުގެ ފެސިލިޓީގެ ތެރެއިން 281،474.28 ޑޮލަރު ނުދައްކާ އޮތުމުން ދެ ކުންފުންޏަކަށާއި ލޯނަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އޭގެ އެއް ބޭފުޅަކީ ހުޅުމާލޭ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޝަމްހީދެވެ. 

ކޯޓުގެ ވަނީ 281،474.28 ޑޮލަރު ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަަށް އަންގާފަ އެވެ. މީގެ ތެރޭގައި ލޯ މުއްދަތުގައި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާވެސް ދައްކަން އަމުރުކޮށްފައިވެ އެވެ.

ޝަމްހީދުގެ މައްޗަށް މިފަދަ ހުކުމެއް އައިއިރު އޭނާ ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކެމްޕެއިން ވެސް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށް ދަތުރުކޮށް ތާއީދު އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކެމްޕެއިނަށް ވަކި ޕްރަގްރާމްތަކެއް ވެސް ވަނީ ފަށާފަ އެވެ.

އޭނާއަކީ މަޖިލީހުގެ މެންބަރެއް ކަމުން ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކަވައިފިނަމަ ގޮނޑި ގެއްލުމުގެ ބިރު އޮންނާނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި
11 Nov 2026 ހަބަރު

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް
11 Nov 2026 ހަބަރު

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

ޕާކިން ސިސްޓަމްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ހައުސިން މިނިސްޓަރަށް އަންގާފައި

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް
11 Nov 2026 ހަބަރު

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
11 Nov 2026 ހަބަރު

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
11 Nov 2026 ހަބަރު

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 Nov 2026 ހަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.