އިސްރާއީލުން ދިން ހަމަލާއަށްފަހު-
އިސްރާއީލުން ދިން ހަމަލާއަށްފަހު-
ހަބަރު 12 Nov 2026 | 10:48

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޓެރަރިސްޓް އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި މަދުވެގެން ފަލަސްޠީނުގެ 9 މީހަކު ޝަހީދުކޮށްލައިފިއެވެ. މި ޙަމަލާތައް ދީފައި މިވަނީ، ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ލައްކަ ރައްޔިތުންނަށް ފެން ނުވަންނަ ފަދަ ޓެންޓުތައް ފޯރުކޮށްދިނުމަށް އދ. އިން އިލްތިމާސެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެކުނު ޚާން ޔޫނިސްގެ ހުޅަނގުގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ވައިގެ މަގުން ދިން ޙަމަލާއެއްގައި މަދުވެގެން 4 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ބުދަ ދުވަހު ޣައްޒާ ސިޓީގެ ދެކުނުގައިވާ އަލްޞަބްރާ އަވަށަށް ދިން ޙަމަލާއެއްގައި އުމުރުން 38 އަހަރުގެ މުޙައްމަދު ސާލިމް އަލްދާޢިޝް ވަނީ ޝަހީދުވެފައެވެ.

އަދި މެދުތެރޭ ޣައްޒާގެ އަލްބުރައިޖް ކޭމްޕުގެ އިރުމަތީ ފަރާތުން އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ އިތުރު މީހަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައިވާ އަލްނަޞްރު އަވަށަށް ޑްރޯން ޙަމަލާއެއްދީ ވެސް މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. ހަމައެއާއެކު، ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ޝެއިޚް ރަޟްވާން އަވަށުގައި ޙާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދިޔަ ޓެންޓަކަށް އަމާޒުކޮށް ދިން ޙަމަލާގައި 2 މީހަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވިއެވެ.

މި ޙަމަލާތަކާ ގުޅިގެން އަލްޖަޒީރާގެ ރިޕޯޓަރު ހިންދް ޚުޟަރީ ވިދާޅުވި ގޮތުގައި، އިސްރާއީލުން އާންމުންނަށް އަމާޒުކޮށް ދެމުންދަނީ އެއްވެސް އިމެއްނެތް އަނިޔާވެރި ޙަމަލާތަކެކެވެ. އެގޮތުން ފެން ތާންގީއަކަށް ފެންއަޅަން ހުރި މީހަކަށް ޑްރޯން ޙަމަލާއެއްދީ ޝަހީދުކޮށްލާފައިވާ ކަމަށާއި، އަލްޖަލާ މަގުގައި ހުރި ޓެންޓެއްގެ ތެރޭގައި ތިބި އަލްޢަބްސީ ޢާއިލާގެ ދެބެއިން ޝަހީދުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ޣައްޒާގެ އެއްވެސް ތަނަކީ ރައްކާތެރި ތަނެއް ނޫނެވެ.

މި ޙަމަލާތައް ކުރިއަށްދާއިރު، ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ބަންދު ދުވަސްވަރު ވެހުނު ބޯ ވާރޭގެ ސަބަބުން މަދުވެގެން 70،000 ޓެންޓުގައި ވަނީ ފެންބޮޑުވެފައެވެ. ޔުނިސެފުން ބުނާ ގޮތުގައި މި ވިއްސާރައިގެ އަސަރު 106،000 އަށްވުރެ ގިނަ މީހުންނަށް ސީދާ ގޮތުން ކޮށްފައިވާއިރު، ފާޚާނާތައް ފުރިގެން ބޭރުވުމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ. ޒަރޫރީ އެހީތެރިކަން ވެއްދުމަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ، އަމިއްލަ ޖަމްޢިއްޔާތަކަށް މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދައިދެވޭ ގޮތެއް ނުވެއެވެ.

އދ. ގެ ތަރުޖަމާނުގެ ނައިބު ފަރްޙާން ޙައްޤު ވިދާޅުވީ، ޓެންޓުތައް އެތެރެކުރުމަށްޓަކައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއި އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ. މީގެ އިތުރުން، އދ. ގެ އިންސާނީ އެހީއާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، ޣައްޒާއަށް ފިނިމޫސުމުގެ ސާމާނު ފޮނުވޭނީ އިސްރާއީލުގެ އައު ސަރުކާރެއް އެކުލަވާލުމުން ކަމަށް ބައެއް ޤައުމުތަކުން ބުނަމުންދާ ކަމަށެވެ. އަދި މިއީ ބަލައިގަނެވޭނެ އުޒުރެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ފެންބޮޑުވުމާ ގުޅިގެން އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޔާނީ ވަނީ، ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް 5 މިލިއަން ޔޫރޯ (5.5 މިލިއަން ޑޮލަރު) ގެ ކުއްލި އެހީގެ ޕްރޮގްރާމެއް އިޢުލާނު ކުރައްވާފައެވެ.

ފަލަސްޠީނުގެ ވަފާ ނިއުސް އެޖެންސީއަށް ޞިއްޙީ މަޞްދަރުތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، 2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 74,653 އަށް އަރާފައެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 176,007 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން، 2025 އޮކްޓޯބަރު 11 ގައި "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުންވެސް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ 1,622 މީހުން ޝަހީދުކޮށް، 5,878 މީހުން ޒަޚަމްކޮށްލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިސްކިތުތެރެއަށް ބޮޑުކަމުދިޔަ ނައުޝާދު، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެއްޖެ
12 Nov 2026 ހަބަރު

މިސްކިތުތެރެއަށް ބޮޑުކަމުދިޔަ ނައުޝާދު، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެއްޖެ

މިސްކިތެއްގެ ތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ދާދިފަހުން ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިނިވަންވި ނައުޝާދު މޫސާ، ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ މުޑުދާރު އަމަލެއް ހިންގައިފިއެވެ.

ކެފޭއެއްގެ ތެރޭގައި ބަޔަކު ބަންދުކޮށް ބިރުދެއްކި މީހަކު 20 ދުވަހަށް ބަންދުކޮށްފި
12 Nov 2026 ހަބަރު

ކެފޭއެއްގެ ތެރޭގައި ބަޔަކު ބަންދުކޮށް ބިރުދެއްކި މީހަކު 20 ދުވަހަށް ބަންދުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، މާރާމާރީ ހިންގާ ބިރުދެއްކި މައްސަލައެއްގައި ޒުވާނަކު 20 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %23 އިތުރުވެއްޖެ
12 Nov 2026 ހަބަރު

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %23 އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 114.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލަ އާމްދަނީއަށް ވުރެ 23 އިންސައްތަ އިތުރު އަދަދެކެވެ.

ޝަމްހީދު ނުދައްކަވާ އޮތް 4.3 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، ކޯޓުން ހުކުމެއް
12 Nov 2026 ހަބަރު

ޝަމްހީދު ނުދައްކަވާ އޮތް 4.3 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، ކޯޓުން ހުކުމެއް

އޭނާއަކީ މަޖިލީހުގެ މެންބަރެއް ކަމުން ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކަވައިފިނަމަ ގޮނޑި ގެއްލުމުގެ ބިރު އޮންނާނެ އެވެ.

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި
11 Nov 2026 ހަބަރު

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް
11 Nov 2026 ހަބަރު

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

ޕާކިން ސިސްޓަމްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ހައުސިން މިނިސްޓަރަށް އަންގާފައި