ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާ؛ ފޮޓޯ / ބީބީސީ
ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާ؛ ފޮޓޯ / ބީބީސީ
ދުނިޔެ 12 Nov 2026 | 11:15

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް

ޣައްޒާގެ ހާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތް، ހަމާސްއިން ބުނެފިއެވެ.

އިސްރާއީލުން ދިން މި ހަމަލާގައި 6 މީހަކު ޝަހީދުވެ، މަދުވެގެން 20 މީހަކު ވަނީ ޒަހަމްވެފައެވެ.

އެގޮތުން، މި ހަމަލާ އަމާޒުކޮށްފައިވަނީ، ހާން ޔޫނިސްގައި ހުންނަ އެ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާއަށެވެ. ނާސިރު މެޑިކަލް ކޮމްޕްލެކްސްއަކީ، ޣައްޒާގައި ހުރި އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި އެ ސިޓީގެ އެހެން ހުރިހާ ހޮސްޕިޓަލެއް ސުންނާފަތިވެފައިވާތީ، މިހާރު އެ ސިޓީގައި ހިދުމަތް ދެމުންދާ ހަމައެކަނި ހޮސްޕިޓަލަކީވެސް މިއީއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ބޮން އެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފު ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އަދި މި ހަމަލާއިން ހާމަވަނީ، އިސްރާއީލުން އެއްވެސް ޖެހިލުމެއް ނެތި އަދަބަކަށް ބިރުނުގަނެ ޖަރީމާތައް ހިންގަމުންދާ މިންވަރު ކަމަށެވެ.

މީގެ އިތުރުން، ހަމާސްގެ ބަޔާނުގައި ވަނީ، ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރާ ފަރާތްތަކަށާއި އެމެރިކާގެ ސަރުކާރަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެގޮތުން، އިސްރާއީލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ އުދުވާންތައް ހުއްޓުވައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން ފުރިހަމައަށް ބޯލަނބާކަން ކަށަވަރުކުރުމަށް އެ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.

ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މަދުވެގެން ފަސް ލައްކައެއްހާ ރައްޔިތުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާ މި މުހިންމު މަރުކަޒަށް ދިން ހަމަލާއާ ގުޅިގެން، އެ ސަރަހައްދުގެ ސިއްހީ ނިޒާމަށް އިތުރު ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް
12 Nov 2026 ދުނިޔެ

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ސުލްހަވެރިކަމާއެކު ޓައިވާން ޗައިނާއާ ގުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވާހަކަފުޅުގައި ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ
12 Nov 2026 ދުނިޔެ

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ

ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ކުއްލި ގޮތަކަށް މަރުވިކަން ވަނީ ކަޝަވަރުކޮށްދީފައެވެ.

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
12 Nov 2026 ދުނިޔެ

ތަޢުލީމީ ސަނަދުގެ މައްސަލައެއް ފެންމަތިވެފައިވަނިކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

އިންޑޮނޭޝިއާގެ ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯ (ޖޮކޯވީ) ގެ ދަރިކަލުން އަދި އެ ޤައުމުގެ ނައިބު ރައީސް ޖިބްރާން ރަކަބުމިންގ ރަކާ، އޭނާގެ ތަޢުލީމީ ސަނަދާ ގުޅޭގޮތުން އުފެދުނު ބޮޑު މައްސަލަގަނޑެއްގައި މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން
12 Nov 2026 ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ހޮރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް އެ ސަރަހައްދު ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް އަދި އެ ގައުމުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި
12 Nov 2026 ހަބަރު

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޓެރަރިސްޓް އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި މަދުވެގެން ފަލަސްޠީނުގެ 9 މީހަކު ޝަހީދުކޮށްލައިފިއެވެ. މި ޙަމަލާތައް ދީފައި މިވަނީ، ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ލައްކަ ރައްޔިތުންނަށް ފެން ނުވަންނަ ފަދަ ޓެންޓުތައް ފޯރުކޮށްދިނުމަށް އދ. އިން އިލްތިމާސެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި ބިންގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކަކަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން ނިޔާވެއްޖެ
10 Nov 2026 ދުނިޔެ

ޣައްޒާގައި ބިންގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކަކަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން ނިޔާވެއްޖެ

މި ހާދިސާގައި ނިޔާވީ އަންހެނަކާއި އޭނާގެ 8 އަހަރާއި 6 އަހަރުގެ ދެ ދަރިންގެ އިތުރުން 4 އަހަރުގެ އެހެން ކުއްޖެކެވެ. މީގެއިތުރުން އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.

ޖަރުމަނުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަ ތިރިކޮށް، ފަލަސްތީނުގެ ދިދަ ނަގައިފި
08 Nov 2026 ދުނިޔެ

ޖަރުމަނުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަ ތިރިކޮށް، ފަލަސްތީނުގެ ދިދަ ނަގައިފި

ޖަރުމަނުވިލާތުގެ ސަރުކާރުން އިސްރާއީލަށް ތާއީދުކޮށް ގެންގުޅޭ ސިޔާސަތުތަކާއި، ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް އެ ގައުމުން އަޑުއުފުލުމެއް ނެތި ހިމޭނުން އޮންނާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން، އެ ގައުމުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަދަނޑީގައި ނަގާފައި ހުރި ޖަރުމަނުގެ ދިދަ ތިރިކޮށް، އެކްޓިވިސްޓުން ފަލަސްތީނުގެ ދިދަ ނަގައިފިއެވެ.

ޣައްޒާގައި ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ 70،000 އާއިލާއެއްގެ ފޭލިގެތައް ފެނުއަޑީގައި
08 Nov 2026 ދުނިޔެ

ޣައްޒާގައި ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ 70،000 އާއިލާއެއްގެ ފޭލިގެތައް ފެނުއަޑީގައި

ޣައްޒާގެ އިމަޖެންސީ ކޮމިޓީން ބުނެފައިވަނީ ފިނި މޫސުމާ ކުރިމަތިލާއިރު ގާތްގަނޑަކަށް 200،000 ފޭލިގެއާއި ހޫނުކުރާ ސާމާނު ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، އިޒްރޭލުން އެހީގެ ސާމާނު ވެއްދުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މިފަދަ އެއްވެސް އެހީއެއް އެތެރެކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެންޖީއޯ ނެޓްވޯކްގެ ޑިރެކްޓަރު މުޙައްމަދު ސަލްހާ ވިދާޅުވީ، މިސްރުގެ ބޯޑަރު ކައިރީގައި 50،000 ފޭލިގެ ތައްޔާރަށް ހުރި ނަމަވެސް، އިޒްރޭލުން އެތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.