ޔަހޫދީން އާބާދީކުރުމުގެ ޔުނިޓްތައް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އަޅަނީ؛ ފޮޓޯ / އޭއެފްޕީ
ޔަހޫދީން އާބާދީކުރުމުގެ ޔުނިޓްތައް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އަޅަނީ؛ ފޮޓޯ / އޭއެފްޕީ
ދުނިޔެ 14 Nov 2026 | 17:11

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިތުރު 895 ޔަހޫދީ އާބާދީ ޔުނިޓް އިސްރާއީލުން އަޅަނީ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އާބާދުކޮށްފައިވާ ޔަހޫދީ އާބާދީތައް އިތުރަށް ފުޅާކުރުމަށްޓަކައި، އާ 895 ހައުސިންގ ޔުނިޓް އެޅުމުގެ 11 މަޝްރޫއެއް އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދަން ނިންމައިފިއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ، ވަފާއާ ހަވާލާދީ 'ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން' އިން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ކޮމިޝަނުން ހޮނިހިރު ދުވަހު ނެރުނު ހަފްތާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި މަޝްރޫއުތައް ބިނާވެފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އިތުރު ބޯހިޔާވަހިކަމުގެ ޔުނިޓްތައް ބިނާކުރުމާއި، ފަލަސްތީނުގެ ދަނޑުވެރިކަމުގެ ބިންތަކާއި ހުސް ސަރަހައްދުތައް ސިނާއީ އަދި އާބާދީ ބޭނުންތަކަށް ބަދަލުކުރުމުގެ އިތުރުން، ޔަހޫދީ އާބާދީތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެ ފަދަ އަސާސީ ހިދުމަތްތައް ތަރައްގީކުރުން ހިމެނެއެވެ.

މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ، ހުޅަނގު އައްސޭރީގެ ގަލްގީލިއާ، ސަލްފީތު، ނާބްލުސް، ރާމަﷲ އަދި އަލް-ބީރާގެ އިތުރުން ހެބްރޯން ގަވަރުނޭޓްގައެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ގުޝް އެޓްޒިއޮން ސެޓްލްމަންޓް ބްލޮކް ވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޕްލޭންތަކުގެ ދަށުން އެންމެ ގިނަ ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ، ގަލްގީލިއާގެ ކަފްރު ގައްދޫމް އަވަށުގެ ބިމުގައި ހަދާފައިވާ ކެދުމީމް އާބާދީގައެވެ. އެތަނުގައި 288 ޔުނިޓް އެޅުމަށް ނިންމާފައިވާއިރު، ހެބްރޯންގެ ބެއިތު ހަގައި އާބާދީއަށް 225 ޔުނިޓް އަދި ރާމަﷲ ކައިރީގައި އޮންނަ ތަލްމޮން އާބާދީއަށް 200 ޔުނިޓް އިތުރުކުރުމަށް ވަނީ ރާވާފައެވެ. ހަމައެއާއެކު، ނާބްލުސް ކައިރީގައި އޮންނަ އެލޯން މޯރޭ އާބާދީގައި 83 ޔުނިޓް އެޅުމަށްޓަކައި ފަލަސްތީނުގެ ދަނޑުބިންތައް ބޭނުންކުރުމަށް އިސްރާއީލުން ދަނީ ތައްޔާރުވަމުންނެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތަކަށް ބަލާއިރު، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ހުރިހާ ޔަހޫދީ އާބާދީތަކަކީ ވެސް ގާނޫނާ ހިލާފު ތަންތަނެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި އިސްރާއީލުން ދަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އާބާދީތައް ފުޅާކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި
15 Nov 2026 ދުނިޔެ

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި

ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަންގެ މައްސަލައެއް ތަޙުޤީޤުކުރުމުގެ ތެރޭގައި، ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހޯދައިފިއެވެ. މި ފައިސާތައް ފެނިފައިވަނީ ދަނޑުވެރިކަންކުރާ އިމާރާތްތަކުގައާއި، ޖަންގަލިތަކުގެ އަޑީގައި ވަޅުލާފައި ހުއްޓައެވެ.

ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ދުނިޔެ

ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން ކުރެ ކޮންމެ ގައުމެއްގެ އިސްތިގުލާލަށް ބޭރުގެ އެއްވެސް އުދުވާނެއް ނުވަތަ ހަމަލާއެއް އަމާޒުވެއްޖެ ހާލަތެއްގައި، ގުޅިގެން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ އިގުރާރުވެފައެވެ.

ހޮރްމޫޒް ކަނޑުއޮޅީގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި
14 Nov 2026 ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި

މި ތަފާސްހިސާބުތައް ހިއްސާކޮށްފައިވަނީ، މެދުއިރުމައްޗާއި އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޚާލިދު ޚިޔާރީއެވެ. ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، މި އަދަދުތަކަކީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވިފައިވާ މައުލޫމާތު ކަމަށެވެ.

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް
12 Nov 2026 ދުނިޔެ

ޣައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް: ހަމާސް

އިސްރާއީލުން ދިން މި ހަމަލާގައި 6 މީހަކު ޝަހީދުވެ، މަދުވެގެން 20 މީހަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި
12 Nov 2026 ހަބަރު

އިސްރާއީލުން ޣައްޒާގެ މެޑިކަލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި: އެކި ސަރަޙައްދުތަކުން 9 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޓެރަރިސްޓް އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި މަދުވެގެން ފަލަސްޠީނުގެ 9 މީހަކު ޝަހީދުކޮށްލައިފިއެވެ. މި ޙަމަލާތައް ދީފައި މިވަނީ، ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް ލައްކަ ރައްޔިތުންނަށް ފެން ނުވަންނަ ފަދަ ޓެންޓުތައް ފޯރުކޮށްދިނުމަށް އދ. އިން އިލްތިމާސެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި ބިންގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކަކަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން ނިޔާވެއްޖެ
10 Nov 2026 ދުނިޔެ

ޣައްޒާގައި ބިންގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކަކަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން ނިޔާވެއްޖެ

މި ހާދިސާގައި ނިޔާވީ އަންހެނަކާއި އޭނާގެ 8 އަހަރާއި 6 އަހަރުގެ ދެ ދަރިންގެ އިތުރުން 4 އަހަރުގެ އެހެން ކުއްޖެކެވެ. މީގެއިތުރުން އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.

ޖަރުމަނުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަ ތިރިކޮށް، ފަލަސްތީނުގެ ދިދަ ނަގައިފި
08 Nov 2026 ދުނިޔެ

ޖަރުމަނުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަ ތިރިކޮށް، ފަލަސްތީނުގެ ދިދަ ނަގައިފި

ޖަރުމަނުވިލާތުގެ ސަރުކާރުން އިސްރާއީލަށް ތާއީދުކޮށް ގެންގުޅޭ ސިޔާސަތުތަކާއި، ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް އެ ގައުމުން އަޑުއުފުލުމެއް ނެތި ހިމޭނުން އޮންނާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން، އެ ގައުމުގެ ޕާލިމަންޓު ކުރިމަތީގައި ހުރި ދިދަދަނޑީގައި ނަގާފައި ހުރި ޖަރުމަނުގެ ދިދަ ތިރިކޮށް، އެކްޓިވިސްޓުން ފަލަސްތީނުގެ ދިދަ ނަގައިފިއެވެ.

ޣައްޒާގައި ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ 70،000 އާއިލާއެއްގެ ފޭލިގެތައް ފެނުއަޑީގައި
08 Nov 2026 ދުނިޔެ

ޣައްޒާގައި ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ 70،000 އާއިލާއެއްގެ ފޭލިގެތައް ފެނުއަޑީގައި

ޣައްޒާގެ އިމަޖެންސީ ކޮމިޓީން ބުނެފައިވަނީ ފިނި މޫސުމާ ކުރިމަތިލާއިރު ގާތްގަނޑަކަށް 200،000 ފޭލިގެއާއި ހޫނުކުރާ ސާމާނު ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، އިޒްރޭލުން އެހީގެ ސާމާނު ވެއްދުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މިފަދަ އެއްވެސް އެހީއެއް އެތެރެކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެންޖީއޯ ނެޓްވޯކްގެ ޑިރެކްޓަރު މުޙައްމަދު ސަލްހާ ވިދާޅުވީ، މިސްރުގެ ބޯޑަރު ކައިރީގައި 50،000 ފޭލިގެ ތައްޔާރަށް ހުރި ނަމަވެސް، އިޒްރޭލުން އެތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.