ޗައިނާގެ ޔުނާންގް ޔުނިވާސިޓީ؛ ފޮޓޯ / ޔުނާންގް ޔުނިވާސިޓީ
ޗައިނާގެ ޔުނާންގް ޔުނިވާސިޓީ؛ ފޮޓޯ / ޔުނާންގް ޔުނިވާސިޓީ
ހަބަރު 09 Nov 2026 | 15:25

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާ ސަރުކާރުގެ "ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ޕްރޮގުރާމް "2027-2028 ގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އަންޑަރގްރެޖުއޭޓް ޕްރޮގުރާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަނާއެކު "ޗައިނާ ސްކޮލާރސްޓިކް ކޮމްޕިޓެންސީ އެސެސްމަންޓް" ގެ ނަތީޖާ ހުށަހަޅަން ޖެހޭނެއެވެ. މި އެސެސްމަންޓް ފުރިހަމަކުރުމަށްޓަކައި ރަޖިސްޓްރީވާނެ ގޮތާއި އިމްތިހާން ބާއްވާނެ ތާރީހުގެ ތަފުސީލުތައް https://www.campuschina.org/scholarships/index.html?k=Chinese%20Government%20Scholarships އިން ލިބެން ހުންނާނެއެވެ.

މި ސްކޮލަރޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2027 ވާ ހުކުރު ދުވަހުގެ ޗައިނާ ގަޑިން 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ޗައިނީސް ގަވަރމެންޓް ވެބްސައިޓް މެދުވެރިކޮށް ހުށަހަޅާއިރު، ބޭނުންވާ ހުރިހާ ޑޮކިއުމެންޓްތައް ފުރިހަމަކޮށްގެން ހުށެހެޅުމަށް މިނިސްޓްރީއިން އިރުޝާދުދީފައިވެއެވެ.

ކޯހަށް ހޮވޭ ބައިވެރިން ކޯހަށް ފުރުމުގެ ކުރިން، ކޯސް ހިންގާ އިންސްޓިޓިއުޓަކީ އަދި ހޮވިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ތަނެއްކަން އަދި ކޯހެއްކަން ކަށަވަރުކުރުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގައި ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާތަކުން ކިޔަވަންދާ ފަރާތްތަކުން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްތޯ ޔަގީންކުރަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި
09 Nov 2026 ހަބަރު

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް
09 Nov 2026 ހަބަރު

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް

އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫން ކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
09 Nov 2026 ހަބަރު

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ

އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު

އެހެން ޤައުމުތަކުގެ ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލުގެ ރައްޔިތުންނަށް ވެސް ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ނުވަތަ ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާއި، އެކަމުގައި އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު
09 Nov 2026 ހަބަރު

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު

ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ، ވޭތުވެދިޔަ ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޛު ނުކޮށް ދެއްކީ ބަހަނާތަކެއް ކަމަށާއި، މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން
09 Nov 2026 ހަބަރު

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.