ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
ކ. ގުޅީ ސްކޫލްގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމް ހުރި އިމާރާތެއް އެޅުމުގެ މަޝްރޫއުގެ 37 އިންސައްތަ ނިމިއްޖެއެވެ.
އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.
އެމްޓީސީސީއިން މި މަޝްރޫއާ ހަވާލުވެ، އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުގައެވެ.
އެގޮތުން، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުންނަށް އެކެށީގެންވާ މިންވަރަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫއުއެކެވެ.
ކ. ގުޅީ ސްކޫލްގައި އަޅާ މި އިމާރާތުގެ މަސައްކަތް ނިމުމުން، އެ ސްކޫލްގައި ދަރިވަރުންނަށް ތައުލީމު ހާސިލުކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް