ޝާހިދު --
ޝާހިދު --
ހަބަރު 09 Nov 2026 | 15:31

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކުރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާ އެއީ ވަރަށް ސީރިއަސް ކަންކަން ހިމެނޭ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދުގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާއި ގުޅިގެން، އެފަދަ ބާރުގަދަ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނުހިނގާކަމަށް ދެކެވޭ ވާހަކަތަކާއިމެދު ނޫސްވެރިއަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ސިޔާސީ ބޭނުމުގައި ހައްޔަރު ނުކުރާނޭކަމަށާއި މިހާތަނަށްވެސް އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި، އެފަދަ ޢަމަލުތަކަކީ ބަދަލުހިފުމުގެ ޢަމަލުތަކެއްކަމަށާއި އެކަމަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމުގައި ވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ

މި މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި މިފަދަ މައްސަލައެއްގައި، ތުހުމަތުވެވޭ ފަރާތަކީ ކޮންމެ ފަރާތަކަށްވީނަމަވެސް، ޤާނޫނުގެ ބާރު ހިނގާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅު ވިއެވެ. އެގޮތުން، ޤާނޫނު ތަންފީޒުކުރުމުގައި، އެޢަމަލެއް ހިންގިކަމަށް ބެލެވޭ ފަރާތަކާއި މެދު ޑިއު ޕްރޮސެސް ހިންގޭނޭކަމަށާއި އެކަމަށް ދަޢުލަތުން ފުރުޞަތު ދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެފަދަ ކަންކަމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނޭކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.

"ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫންކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވިކަމެއް ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި
09 Nov 2026 ހަބަރު

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 Nov 2026 ހަބަރު

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
09 Nov 2026 ހަބަރު

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ

އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލް މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ: ރައީސް މުޢިއްޒު

އެހެން ޤައުމުތަކުގެ ޑުއެލް ޕާސްޕޯޓް އޮންނަ އިސްރާއީލުގެ ރައްޔިތުންނަށް ވެސް ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ނުވަތަ ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާއި، އެކަމުގައި އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު
09 Nov 2026 ހަބަރު

ޝަރުޢީ ނިޒާމް މިނިވަން ނޫންކަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ދެއްކީ ބަހަނާއެއް؛ އަޅުގަނޑު މަރުގެ ޙުކުމް ތަންފީޛު ކުރާނަން: ރައީސް ޑރ. މުޢިއްޒު

ޝަރުޢީ ނިޒާމު މިނިވަން ނޫން ކަމަށް ބުނެ، ވޭތުވެދިޔަ ސަރުކާރުތަކުން މަރުގެ އަދަބު ތަންފީޛު ނުކޮށް ދެއްކީ ބަހަނާތަކެއް ކަމަށާއި، މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު
09 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް މުޢިއްޒު

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން
09 Nov 2026 ހަބަރު

މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން

ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.