ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހދ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ، މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައެވެ.
ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރަމުންދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ 93.5 މިލިލީޓަރާއެކު އއ. ހިމަންދޫއަށެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ގދ. ތިނަދުއަށް 69.6 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ކާޑެއްދޫ އެއާޕޯޓަށް ވަނީ 67.5 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
އެގޮތުން، މި ހަފުތާގެ ބުދަ ދުވަހު މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް