މީގެ ކުރިން ދިރުވާލައިގެން އެތެރެކުރި ޑްރަގް ތަކެއް-
މީގެ ކުރިން ދިރުވާލައިގެން އެތެރެކުރި ޑްރަގް ތަކެއް-
ހަބަރު 13 Nov 2026 | 09:32

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގެންފައިވަނީ ތައިލޭންޑުން ރާއްޖެ އައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ ހިފަހައްޓާފައިވަނީ 2026 އޮކްޓޯބަރު 24 ވީ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، މި މީހާ ހުއްޓުވީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެންނެވެ. އަދި އޭނާއާ ސުވާލުކޮށް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ސްކޭން ކުރުމުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މިގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 19 ބުލެޓް ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 117.6 ގްރާމްގެ ކޮކެއިން އަދި 167.30 ގްރާމްގެ ސިންތެޓިކް ކެތިނޯންއެވެ. މިއާއެކު އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 284.9 ގްރާމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ
13 Nov 2026 ހަބަރު

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ

ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް އަޅައިދޭން ނިންމައިފި ކަމަށް މޯލްޑިވް ގޭސް އިން ބުނެފިއެވެ.

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ
13 Nov 2026 ހަބަރު

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ

ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ
12 Nov 2026 ހަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު
12 Nov 2026 ހަބަރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު

ސަފީރު މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

1.7 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި
08 Nov 2026 ހަބަރު

1.7 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އަޅާފައިހުރި ވޭޕް ކާޓްރިޖު ތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި
05 Nov 2026 ހަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި އެވެ.