އިދިކޮޅުން ރަސްމާލެ މަޝްރޫޢުއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން-
އިދިކޮޅުން ރަސްމާލެ މަޝްރޫޢުއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން-
ހަބަރު 13 Nov 2026 | 13:44

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި

ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، ގާނޫނީ އިމުގެ ތެރޭގައި އެއްވުންތައް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

ފުލުހުން މިފަދައިން އެންގީ ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެތަން އީގަލްސް ހިލްސް ކުންފުންޏަށް 99 އަހަރަށް ކުއްޔަށް ދޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، "ދިވެހީންގެ ބިން ދިވެހިންނަށް" މި ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި ބުނީ، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، އަދި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ވުމާއެކު، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ކަނޑައަޅައި ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، މިފަދަ އެއްވުންތަކުގެ ސަބަބުން މަގުތަކުގެ އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށް އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން އަދި ގާނޫނީ އިމުގެ ތެރެއިން ހުރިހާ ކަމެއް އިންތިޒާމު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށް ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން، އެއްވުމުގެ ތެރެއިން ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެފަދަ ކަންކަން ވަގުތުން ހުއްޓުވައި، ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުންގެ ބަޔާނުގައި ވަނީ ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު
13 Nov 2026 ހަބަރު

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ
13 Nov 2026 ހަބަރު

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ

ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް އަޅައިދޭން ނިންމައިފި ކަމަށް މޯލްޑިވް ގޭސް އިން ބުނެފިއެވެ.

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ
13 Nov 2026 ހަބަރު

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ

ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި
13 Nov 2026 ހަބަރު

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ
12 Nov 2026 ހަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު
12 Nov 2026 ހަބަރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު

ސަފީރު މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.