އިންޑިއާ ވިސާ
އިންޑިއާ ވިސާ
ދުނިޔެ 15 Nov 2026 | 14:33

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް

އިންޑިއާއަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށް، ވިސާގެ ބާވަތްތަކާއި ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް (އެމްއެޗްއޭ) އިން ބުނިގޮތުގައި، މި ގެނެވުނު އިސްލާހުތަކާއެކު މައިގަނޑު ވިސާ ކެޓަގަރީތަކުގެ އަދަދު ވަނީ 13 އިން 9 އަށް މަދުކޮށްފައެވެ. އަދި ސަބް-ކެޓަގަރީތައް ނުވަތަ ގޮފިތަކުގެ އަދަދު ވަނީ 49 އިން 23 އަށް ކުޑަކޮށްފައެވެ. މީގެއިތުރުން، ވިސާ އެދި ހުށަހަޅާ ފޯމުތަކުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތުތައް %65 އާއި %70 އާ ދެމެދުގެ މިންވަރަކަށް ވަނީ މަދުކޮށްފައެވެ.

މި ބަދަލުގެ މައިގަނޑު މަގުސަދަކީ އެ ގައުމަށް ދަތުރުކުރާ ފަރާތްތަކުން ވިސާއަށް އެދުމުގައި ހޭދަވާ ވަގުތު ސަލާމަތްކޮށްދީ، މަރުހަލާތައް އަވަސްކުރުމެވެ. އަދި ވިސާ ދޫކުރުމުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ފޯމުތައް ސްކްރޫޓިނައިޒް ކުރުމަށް އޮފިޝަލުންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. މި ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި އައިޓީ ނިޒާމުތައް އަޕްޑޭޓް ކުރަމުންދާ ކަމަށާއި، މިއަހަރުގެ ނިޔަލަށް އައު އުސޫލުގެ ދަށުން ވިސާ ދޫކުރަން ފެށޭނެ ކަމަށް އެމްއެޗްއޭއިން ބުނެއެވެ.

އައު އޮނިގަނޑުގެ ދަށުން ހިމެނޭ މައިގަނޑު 9 ކެޓަގަރީއަކީ:

ބިޒްނަސް ވިސާ

ޑިޕްލޮމެޓިކް ވިސާ

ވަރކް ވިސާ

ޖާނަލިސްޓް ވިސާ

މެޑިކަލް ވިސާ

އޮފިޝަލް ވިސާ

ސްޓޫޑެންޓް ވިސާ

ވިޒިޓަރ ވިސާ

މިސެލޭނިއަސް (އެހެނިހެން) ވިސާ އެވެ.

މި ބަދަލުތަކުގެ ތެރޭގައި ކުރިން އޮތް "ޓޫރިސްޓް ވިސާ" ގެ ބަދަލުގައި މިހާރު ވަނީ "ވިޒިޓަރ ވިސާ" ތައާރަފުކޮށްފައެވެ. މިއީ ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ކުރު ބައްދަލުވުންތަކާއި، ސިއްހީ ލަފާ ހޯދުން ފަދަ ކަންކަން އެއް ވިސާއަކުން ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށެވެ. ވިޒިޓަރ ވިސާ ދެބަޔަކަށް ބަހާލެވިފައިވާއިރު، އޭގެ ތެރޭގައި 30 ދުވަހުގެ މަލްޓިޕްލް-އެންޓްރީ ވިސާ (ވީ-1) އަދި 1 އަހަރާއި 10 އަހަރާ ދެމެދުގެ ދިގު މުއްދަތުގެ ވިސާ (ވީ-2) ހިމެނެއެވެ.

އަދި ބޭސްފަރުވާއަށް އިންޑިއާއަށް ދާ މީހުންނަށް ހާއްސަ މެޑިކަލް ވިސާވެސް ވަނީ އިތުރަށް ފަސޭހަކޮށްދީފައެވެ. އާދައިގެ ބޭސްފަރުވާއަށް 'އެމް-1' އަދި އާޔުޝް (އެކުވެނި ބޭސްވެރިކަން) އަށް 'އެމް-3' ވިސާ ހަމަޖައްސާފައިވާއިރު، ބަލިމީހާއާއެކު ދާ އެހީތެރިންނަށް 'އެމް-2' އަދި 'އެމް-4' ވިސާ ވަނީ ކަނޑައަޅާފައެވެ. މިއީ އިންޑިއާ ސަރުކާރުގެ "ހީލް އިން އިންޑިއާ" ތަސައްވުރުގެ ދަށުން މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށް އެޅި ފިޔަވަޅެކެވެ.

މީގެއިތުރުން ކިޔަވާ ކުދިންނަށް ދޫކުރާ ސްޓޫޑެންޓް ވިސާ އާއި، ވިޔަފާރިވެރިންނަށް ދޫކުރާ ބިޒްނަސް ވިސާގެ ދާއިރާތައް ވެސް ވަނީ އެއް ފުރާޅެއްގެ ދަށަށް ގެނެސް، އޮޅުންބޮޅުން ކުޑަވާނެހެން ތަރުތީބުކޮށްފައެވެ.

އިންޑިއާގެ ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި، މި އިސްލާހުތައް ގެނެސްފައިވަނީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ވިސާ ނިޒާމުތައް ދިރާސާކުރުމަށް ފަހުގައެވެ. މީގެ ސަބަބުން އިންޑިއާއަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ބޭރުގެ ފަރާތްތަކަށް ވިސާ އިޚްތިޔާރު ކުރުމާއި ލިބިގަތުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ ޑްރަގާ އެކު ބޯޓެއް އަތުލައިގެންފި؛ 5 މީހަކު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް
15 Nov 2026 ދުނިޔެ

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ ޑްރަގާ އެކު ބޯޓެއް އަތުލައިގެންފި؛ 5 މީހަކު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް

ރާއްޖޭގެ އިރުއުތުރުން، ސްރީލަންކާގެ ދެކުނު ކަނޑުގެ ސަރަޙައްދުން ގާތްގަނޑަކަށް 101 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެ ޤައުމުގެ މަސްބޯޓެއް ލަންކާ ނޭވީން އަތުލައިގެންފިއެވެ. މި އޮޕަރޭޝަންގައި އެ ބޯޓުގައި ތިބި 5 މީހަކު ވަނީ ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި
15 Nov 2026 ދުނިޔެ

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި

ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަންގެ މައްސަލައެއް ތަޙުޤީޤުކުރުމުގެ ތެރޭގައި، ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހޯދައިފިއެވެ. މި ފައިސާތައް ފެނިފައިވަނީ ދަނޑުވެރިކަންކުރާ އިމާރާތްތަކުގައާއި، ޖަންގަލިތަކުގެ އަޑީގައި ވަޅުލާފައި ހުއްޓައެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި
14 Nov 2026 ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ

 އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް
12 Nov 2026 ދުނިޔެ

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް އިސްކަންދޭން ފަށައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
12 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ

ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި
06 Nov 2026 ދުނިޔެ

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި

ސްކޫލެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި އުމުރުން އެންމެ 8 އަހަރުގެ ފިރިހެން ކުއްޖަކު ބަންދު ކުރުމަށްފަހު، ޚާއްޞަ ޝަރުތުތަކަކާ އެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޕަންޗްކުލާގެ ޖުވެނައިލް ޖަސްޓިސް ބޯޑު (ޖޭޖޭބީ) އިން އަމުރުކޮށްފިއެވެ.

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ
06 Nov 2026 ދުނިޔެ

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ދިއްލީގެ ވައިގެ ފެންވަރު ހުރީ ވަރަށް ބޮޑަށް ދަށުގައެވެ. އަދި ބައެއް ހިސާބުތަކުގައި މި މިންގަނޑު 400 އިން މައްޗަށް އަރައި، ނުރައްކާތެރި ދަރަޖައަކަށް ވަނީ ގޮސްފައެވެ

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

މެޗުގެ ކުރީކޮޅު އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.