އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާދަމް ޢަދީމް އައްޔަނުކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.
އެގޮތުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިކަން އިއުލާންކޮށްފައެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ، މއ. ބޯޅަކިންކިރިމާގެ، އާދަމް ޢަދީމެވެ.
އޭނާ އެ މަގާމާއި ހަވާލުވެފައިވަނީ، މިމަހުގެ 10 ވަނަ ދުވަހު ކަމަށް ޕީސީބީއިން މައުލޫމާތުދެއެވެ.
ޢަދީމް ވަނީ. މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލާފައެވެ. ހަމައެއާއެކު ޢަދީމް އަކީ މީގެ ކުރިން ކަސްޓަމްސްގައި ވެސް މަސައްކަތްކުރި ބޭފުޅެކެވެ. އަދި މިދިޔަ އޭޕްރިލް މަހު އޭނާ ވަނީ، ދާހިލީ ވުޒާރާގައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް