"ރިވެލި އެވޯޑު" މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އަލްފާޟިލް ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށް
ފޮޓޯ: ރައީސް އޮފީސް
"ރިވެލި އެވޯޑު" މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އަލްފާޟިލް ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށް ފޮޓޯ: ރައީސް އޮފީސް
ހަބަރު 09 Nov 2026 | 20:23

"ރިވެލި އެވޯޑު" އެމްޕީއެލްގެ މުވައްޒަފު ޢަބްދުއްރައްޒާޤަށް


އެކި ދާއިރާތަކުން ދިވެހި ގައުމަށް ރީތި ނަމާއި ފަހުރުވެރި ކާމިޔާބީތައް ހޯދައިދެމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޝަރަފުވެރި "ރިވެލި އެވޯޑު"، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ މުވައްޒަފެއް ކަމުގައިވާ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު ވަނީ ޙާޞިލުކުރައްވައިފިއެވެ.

އަލްފާޟިލް ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަކީ އެމް.ޕީ.އެލްގައި އިހްލާސްތެރިކަމާއިއެކު ހިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެކެވެ. އެމަނިކުފާނުގެ ހުންނެވި ނުކުޅެދުންތެރިކަމަކީ ކުރިއަށްދިއުމަށް އޮތް ހުރަހެއް ކަމުގައި ނުދެކި، މުޖުތަމައަށާއި ޤައުމަށް ފައިދާހުރި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ފަރާތެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

މި ފަހުރުވެރި ކާމިޔާބީއާ ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ނަމުގައި އަލްފާޟިލް ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށް ނުހަނު އިހްލާސްތެރިކަމާއެކު ހޫނު މަރުހަބާއަކާއި ތަހުނިޔާ ވަނީ އަރިސްކޮށްފައެވެ. އަދި މި އުފާވެރި މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ހާމަކޮށްފައިވާއިރު، އެމަނިކުފާނު މި އެވޯޑު ހާސިލުކުރެއްވުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ވެސް އަންނަނީ މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.

އެމް.ޕީ.އެލްގެ އެޑްމިން ޓީމުގެ އޮފީސް އެޓެންޑެންޓް، އަލްފާޟިލް ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު
އެމް.ޕީ.އެލްގެ އެޑްމިން ޓީމުގެ އޮފީސް އެޓެންޑެންޓް، އަލްފާޟިލް ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު

އެމް.ޕީ.އެލްގެ އެޑްމިން ޓީމުގައި އޮފީސް އެޓެންޑެންޓެއްގެ ގޮތުގައި ހިދުމަތްކުރައްވަމުން ގެންދަވާ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު މި އެވޯޑު ހާސިލުކުރެއްވުމާ ގުޅިގެން ގިނަ ފަރާތްތަކަކުން އަންނަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.

ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކީރިތި ޤުރްއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެންވާ މަތިވެރި ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޙްތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ މާތްވެގެންވާ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ، އަދި މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެއްކަން އެ ޙާދިސާއިން ސާފުކޮށް އެނގިގެންދާ ކަމުގައި ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ހުރިހާ ދާއިރާއަކުންވެސް މިފަދަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެމީހުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މުޖުތަމައުގައި ދައްކަމުންދާ ނަމޫނާ މަސައްކަތްތަކާއި، ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ޢަބްދުއްރައްޒާޤު ފަދަ ބޭފުޅުން ވެވަޑައިގަންނަވާ ގުރުބާނީއަކީ މުޅި މުޖުތަމައަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ
10 Nov 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވަން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދޭ "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ.

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
10 Nov 2026 ހަބަރު

ފިނިމޫސުމުގައި ފަލަސްޠީނާއި އެހެން ބައެއް ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިއަހަރުގެ ފިނިމޫސުމަށް ޚާއްޞަކޮށްގެން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށާފައިވާ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި
10 Nov 2026 ހަބަރު

މޫސުން ރަނގަޅެއް ނުވޭ؛ ހުދު ސަމާލު ދަންމާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު
10 Nov 2026 ހަބަރު

ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު

ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 Nov 2026 ހަބަރު

ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ
10 Nov 2026 ހަބަރު

މަސްދަޅުކޭސް ވިއްކުމުގައި ކޮންޓްރޯލެއް ނުގެންގުޅެން: މިފްކޯ

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅުކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވިނަމަވެސް މިހާރު އެކަންކަން ހައްލުވެފައިވާކަމަށެވެ

އޮކްޓޫބަރު މަހުގެ ފަހު 6 ދުވަހު 1،472 ކޮންޓެއިނަރު އެމްޕީއެލްއިން ކްލިއަރ ކޮށްފި
09 Nov 2026 ވިޔަފާރި

އޮކްޓޫބަރު މަހުގެ ފަހު 6 ދުވަހު 1،472 ކޮންޓެއިނަރު އެމްޕީއެލްއިން ކްލިއަރ ކޮށްފި

އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް އެމްޕީއެލްއިން ވަނީ 1،472 ކޮންޓެއިނަރު ކްލިއަރ ކޮށް، ކާގޯ އުފުލާ 486 އުޅަނދު ކްލިއަރ ކޮށްފައެވެ