ލަންކާ ބޯޓުން އަތުލައިގަތް ޑްރަގު-
ލަންކާ ބޯޓުން އަތުލައިގަތް ޑްރަގު-
ދުނިޔެ 15 Nov 2026 | 14:05

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ ޑްރަގާ އެކު ބޯޓެއް އަތުލައިގެންފި؛ 5 މީހަކު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް

ރާއްޖޭގެ އިރުއުތުރުން، ސްރީލަންކާގެ ދެކުނު ކަނޑުގެ ސަރަޙައްދުން ގާތްގަނޑަކަށް 101 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެ ޤައުމުގެ މަސްބޯޓެއް ލަންކާ ނޭވީން އަތުލައިގެންފިއެވެ. މި އޮޕަރޭޝަންގައި އެ ބޯޓުގައި ތިބި 5 މީހަކު ވަނީ ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކަނޑުމަތިން އަތުލައިގަތް މަސްބޯޓާއި، އޭގައި ހުރި 6 ގޯނި މަސްތުވާތަކެއްޗާއި، އަދި ހައްޔަރުކުރި މީހުން ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި މިމަހު 13 ވަނަ ދުވަހު ހެނދުނު ވަނީ ގާލީ ބަނދަރަށް ގެންގޮސްފައެވެ.

ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) އާ ގުޅިގެން ހިންގި އިތުރު ތަހުލީލުތަކުން ކަށަވަރުވި ގޮތުގައި، މި ތަކެތީގެ ތެރޭގައި 52 ޕެކެޓުގައި ބަންދުކޮށްފައި ހުރި ގާތްގަނޑަކަށް 58 ކިލޯ އަދި 736 ގްރާމްގެ ހެރޮއިން އާއި، 50 ޕެކެޓުގައި ބަންދުކޮށްފައި ހުރި 43 ކިލޯ އަދި 134 ގްރާމްގެ މެތަމްފެޓަމިން (އައިސް) ހިމެނެއެވެ. ޖުމްލަ 101 ކިލޯ އަދި 870 ގްރާމްގެ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 1.5 ބިލިއަން ލަންކާ ރުޕީސްއަށް ވުރެ މައްޗަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިހާރު މި މައްސަލައިގައި ހައްޔަރުކުރި މީހުންނާއި، އަތުލައިގަތް މަސްތުވާތަކެއްޗާއި ބޯޓު ވަނީ އިތުރު ޤާނޫނީ ފިޔަވަޅު އެޅުމަށް ޕީއެންބީއާ ޙަވާލުކޮށްފައެވެ.

އަތުލައިގަތް މަސްތުވާތަކެތި ބަލައި ފާސްކުރުމުގެ މަރުޙަލާގައި ސްރީލަންކާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަރުނާ ޖަޔަސޭކަރަ (ރިޓަޔަރޑް) އާއި، ކޮމާންޑަރ އޮފް ދަ ނޭވީ ވައިސް އެޑްމިރަލް ޑޭމިއަން ފެނާންޑޯ އާއި، ދެކުނު ކަނޑުގެ ސަރަޙައްދުގެ ކޮމާންޑަރު ރިއަރ އެޑްމިރަލް އެޗް.އެން.އެސް ޕެރޭރާ އާއި، ޑިރެކްޓަރ ޖެނެރަލް އޮޕަރޭޝަންސް ރިއަރ އެޑްމިރަލް ޗަމިންދަ ކަރުނާސޭނާ އަދި ނޭވީ އާއި ޕީއެންބީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވީ، ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގެ އިތުރުން 'އަ ނޭޝަން ޔުނައިޓެޑް' ޤައުމީ މިޝަންގެ ދަށުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ނޭވީން ހުއްޓުމެއް ނެތި ކަނޑުގެ ސަރަޙައްދު ބަލަހައްޓަމުންދާ ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ކަނޑުމަތީގައި ދުވަސްތަކެއް ވަންދެން ފާރަލައިގެން ކާމިޔާބުކުރި އޮޕަރޭޝަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޮކްޓޫބަރު 2025 ގައި ފެށި 'އަ ނޭޝަން ޔުނައިޓެޑް' ޤައުމީ މިޝަންގެ ދަށުން، މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ލަންކާ ނޭވީ އާއި ކޯސްޓްގާޑު ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި، މަގުމަތީ އަގު 115 ބިލިއަން ލަންކާ ރުޕީސްއަށް ވުރެ މަތީގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި ހަމައެކަނި 2026 ވަނަ އަހަރުގެ މިހާތަނަށްވެސް 74 ބިލިއަން ރުޕީސްއަށް ވުރެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި
15 Nov 2026 ދުނިޔެ

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގުގެ ތެރެއިން 20 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި

ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ ސަރުކާރުގެ ކުރީގެ ވަޒީރެއްގެ ކޮރަޕްޝަންގެ މައްސަލައެއް ތަޙުޤީޤުކުރުމުގެ ތެރޭގައި، ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހޯދައިފިއެވެ. މި ފައިސާތައް ފެނިފައިވަނީ ދަނޑުވެރިކަންކުރާ އިމާރާތްތަކުގައާއި، ޖަންގަލިތަކުގެ އަޑީގައި ވަޅުލާފައި ހުއްޓައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފިޓު ޖެހިގެން އެޑްމިޓްކުރުމުން، ޣައިރު ހާޒިރުގައި ބަންދުކޮށްފި
15 Nov 2026 ހަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފިޓު ޖެހިގެން އެޑްމިޓްކުރުމުން، ޣައިރު ހާޒިރުގައި ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް އަދި ޓްރެފިކްކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު، ބަންދުގައި ހުއްޓާ ފިޓު ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން، އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި
13 Nov 2026 ހަބަރު

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ޔަހޫދީ ފަތުރުވެރިއަކު ސްރީލަންކާގެ ގައިޑަކު ކަނޑަށް ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެއްޖެ
09 Nov 2026 ދުނިޔެ

ޔަހޫދީ ފަތުރުވެރިއަކު ސްރީލަންކާގެ ގައިޑަކު ކަނޑަށް ކޮށްޕާލި މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެއްޖެ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސްރީލަންކާގައި ދުއްވާފައި ދިޔަ ޑިންގީއެއްގައި ތިބި އިސްރާއީލުގެ ފަތުރުވެރިންތަކެއްގެ ތެރެއިން އެކަކު، ފެންބޯން ހުރި ލަންކާ ގައިޑު ވަނީ ކަނޑަށް ކޮށްޕާލާފައެވެ.

1.7 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި
08 Nov 2026 ހަބަރު

1.7 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އަޅާފައިހުރި ވޭޕް ކާޓްރިޖު ތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ
07 Nov 2026 ދުނިޔެ

މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ސްރީލަންކާއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕޭ-އޭޒް-ޔޫ-އާން ޓެކްސް ނުނަގާނެ އާމްދަނީގެ މިންވަރު މަހަކު 150،000 ރުޕީސް އަށް މަތިކޮށްފައެވެ.

ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި
05 Nov 2026 ހަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި އެވެ.