ސްރީލަންކާ
ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.
ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ
ސްރީލަންކާ އާއި އަޒަރުބައިޖާނުން ތެލާއި ގޭހުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކޮށްފި
މި ބައްދަލުކުރެއްވުމުގައި ހަކަތައިގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ފަތުރުވެރިކަމުގެ ރޮނގުން ސްރީލަންކާ އާއި އަޒަރުބައިޖާނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި
އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތަކަށް ސައުދީ އަރަބިއްޔާއިން އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފި ކަމަށް ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރަ ވިދާޅުވެއްޖެއެވެ.
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ ރާޖަޕަކްސަގެ ބަންދަށް 6 ދުވަސް ޖަހައިފި
ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ. ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި...
ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި
ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމ...
ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ލަންކާ ނޫސްވެރިންގެ ތަޢުރީފް ރާއްޖެއަށް؛ ކިޔައިދިނީ ލަންކާއިން ދަސްކުރަންވީ ފިލާވަޅުތައް
އާބާދީގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ދިވެހިރާއްޖެއިން އެތައް ބިލިއަން ޑޮލަރެއްގެ ބިޔަ އިންވެސްޓްމަންޓެއް ގެނައިރު، އެއަށްވުރެ މާ ބޮޑު އިޤްތިޞާދަކާއި ވަސީލަތްތައް ހުރި ސްރީލަންކާއަށް އ...
އިންޑިއާއިން ސްރީލަންކާއަށް 3 ޓަނުގެ ޓީބީ ބޭސް ފޮނުވައިފި
އިންޑިއާއިން ސްރީލަންކާއަށް ގާތްގަނޑަކަށް 3 ޓަނުގެ ޓީބީ އަށް ފަރުވާކުރާ ބޭސް ފޮނުވައި، އެ ގައުމުގެ އާންމު ސިއްހީ ނިޒާމަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަލުން ދީފިއެވެ. އިންޑިއާގެ އެކ...
ސްރީލަންކާގައި އުޅޭ އެތުގެ 30 އިންސައްތަ އަޑުއިވުމުން މަހްރޫމްކަން އެނގޭތަ؟
އަވައްޓެރި ސްރީލަންކާއަކީ މުޅި އޭޝިއާއަށް ބެލިނަމަވެސް އެންމެ ގިނައިން އެތް އުޅޭ އެއް ޤައުމެވެ. ސްރީލަންކާގައި މިހާ ގިނަ އަދަދަކަށް އެތް އުޅުމުގެ މައިގަނޑު ސަބަބަކީ އެ ޤައުމުގެ ގުދުރަތީ މާހައުލާއި، އެ...
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
މިހާރު ކުރިއަށްދާ އައި.އެމް.އެފްގެ ޕްރޮގްރާމްގެ މުއްދަތު އަންނަ އަހަރުގެ މާރިޗު މަހަށް ހަމަވުމުން، އެ ޕްރޮގްރާމުން ސްރީލަންކާ ވަކިވާނެ ކަމަށް އެ ގައުމުގެ ދަތުރުފަތުރާ ބެހޭ މިނިސްޓަރު ބިމާލް ރަތުނަޔަކަ...
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
މާތް ނަބިއްޔާ މުޙައްމަދު ﷺ އާއި އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީއަރަބިއްޔާގެ ކޯޓުން މަރަން ހުކުމްކޮށްފައިވާ ސްރީލަންކާގެ އަނޯޖަން ސިވަރާސާ ސަލާމަތްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެ...
ސްރީލަންކާ ރައްޔިތުންގެ އައިޑީކާޑުތައް ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރަން ޖަރުމަނުވިލާތުގެ ކުންފުންޏަކަށް
އަވައްޓެރި ސްރީލަންކާގެ އައިޑީ ކާޑު ހެދުމަށް ބޭނުންވާ ކާޑުތައް ސަޕްލައިކުރުމުގެ މަސައްކަތް ޖަރުމަނު ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ސްރީލަންކާގެ ރައްޔިތުންނަށް ދޫކުރާ ގައުމީ އައިޑީ ކާޑު ތައްޔާރުކުރުމަށ...
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
އަވައްޓެރި ސްރީލަންކާގެ އެންމެ ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ލަތުވަހަންދީ ސުޖީވާ ރުވަން ކުމާރާ ޑި ސިލްވާ (ލޯކު ޕެޓީ) ގެ މުޅި މިލްކިއްޔާތު ދައުލަތަށް ނެގުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކު...
އަވައްޓެރި ސްރީލަންކާގެ އިގްތިސާދު ރަނގަޅުވެ، ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
ރާއްޖެ އާ އެންމެ އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްއަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ އިތުރުވެފައިވާކަމަށް އެޤައުމުގެ ކަސްޓަމްސްއިން ބުނެފިއެވެ. ލަންކާ ކަސްޓަމްސްގެ...