ސްރީލަންކާގެ ކޮލަމްބޯ.... ފޮޓޯ: ވޮއިސް
ސްރީލަންކާގެ ކޮލަމްބޯ.... ފޮޓޯ: ވޮއިސް
ދުނިޔެ 03 Oct 2026 | 16:11

ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ލަންކާ ސަރުކާރުން އިލްތިމާސްކޮށްފި

ތިމާވެއްޓާ ރައްޓެހި ހަކަތައަށް ވާސިލުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިލެކްޓްރިކް އަދި ތެޔޮ މަދުން ހޭދަވާ އުޅަނދުތައް ބޭނުންކުރުމަށް އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

މުތުރާޖަވެލާގައި ތެޔޮ ރައްކާކުރާ އައު މަރުކަޒެއްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، ލަންކާގެ އެނާޖީ މިނިސްޓަރު އަނޫރާ ކަރުނާތިލަކަ ވިދާޅުވީ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓޭނީ ހަމައެކަނި ތެލުގެ އަގު ހެޔޮކޮށްގެން ނޫން ކަމަށާއި، ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށްގެން ކަމަށެވެ. އަދި މިކަމުގައި އާންމު ރައްޔިތުންގެ ޒިންމާ ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަކަތަ އެންމެ ގިނައިން ބޭނުންކުރާ ޕީކް ގަޑިތަކުގައި އިގުތިސާދު ކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދިނުމަށް މިނިސްޓަރު ގޮވާލެއްވިއިރު، ލަންކާ ސަރުކާރުން އަމާޒު ހިފާފައިވަނީ 2029 ވަނަ އަހަރާ ހަމައަށް ގައުމީ ގްރިޑަށް 1,200 މެގަވޮޓްގެ ސޯލާ ހަކަތަ އިތުރުކުރުމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ހަކަތައިގެ ދާއިރާގައި ދައުލަތުގެ ބާރުވެރިކަން ދަމަހައްޓައި، ރައްޔިތުންނަށް ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މުތުރާޖަވެލާގައި އަލަށް ފެށި މަޝްރޫއުގެ ތެރޭގައި ޖެޓް ފިއުލް އެޅުމަށް ޚާއްސަ 92,000 ކިއުބިކް މީޓަރުގެ ސްޓޯރޭޖް ޓޭންކުތަކަކާއި، އެއާޕޯޓާ ގުޅުވައިދޭ 21 ކިލޯމީޓަރުގެ ބިމުގެ އަޑީގެ ޕައިޕްލައިނެއް ހިމެނެއެވެ. މީގެ އިތުރުން ތެޔޮ ރައްކާކުރާ އިތުރު ތިން ޓޭންކު އެޅުމުން ލަންކާގައި ޕެޓްރޯލިއަމް ރައްކާކުރެވޭ މިންވަރު 40,000 ކިއުބިކް މީޓަރަށް އިތުރުވެގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
31 Oct 2026 ދުނިޔެ

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ