ކޮލަމްބޯގެ މަގެއް.. ފޮޓޯ: ވޮއިސް
ކޮލަމްބޯގެ މަގެއް.. ފޮޓޯ: ވޮއިސް
ދުނިޔެ 31 Oct 2026 | 12:30

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް އާދީއްތަ ދުވަހު ހޫނުގަދަވާނެތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ. މި ސަރަހައްދުތަކުގައި އިންސާނާގެ ހަށިގަނޑަށް އިހުސާސްކުރެވޭ ހޫނުމިން ހުންނާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ މިންވަރެއްގައި ކަމަށެވެ.

މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުމާއި ބުރަ މަސައްކަތް ކުރުން މަދުކުރުމަށާއި، ގިނައިން ފެން ބުއިމަށް އިރުޝާދު ދީފައެވެ. އަދި އަވިން ސަލާމަތްވުމަށް ހިޔާލިބޭ ތަންތަން އިހުތިޔާރު ކުރުމަށް ވެސް އާންމުންނަށް ވަނީ ލަފާދީފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމުން މާދަމާވެސް މެދުރާއްޖެ ތެރެއާއި އުތުރުގެ ބައެއް ހިސާބުތަކަށް ހޫނުމިން ގަދަވާނޭކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް އިންޒާރެއް ނެރޭވަރަށް ހޫނުމަތިން މަތިވާނޭކަމަށް ނުބެލެވޭކަމަށްވެސް މެޓް އޮފީހުން ވަނީ ފާހަގަކޮސްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ

ސްރީލަންކާ އާއި އަޒަރުބައިޖާނުން ތެލާއި ގޭހުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކޮށްފި
15 Oct 2026 ދުނިޔެ

ސްރީލަންކާ އާއި އަޒަރުބައިޖާނުން ތެލާއި ގޭހުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކޮށްފި

މި ބައްދަލުކުރެއްވުމުގައި ހަކަތައިގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ފަތުރުވެރިކަމުގެ ރޮނގުން ސްރީލަންކާ އާއި އަޒަރުބައިޖާނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ.