ސްރީލަންކާގެ ބޮޑުވަޒީރު އަދި ތައުލީމާ ބެހޭ ވަޒީރު..
ސްރީލަންކާގެ ބޮޑުވަޒީރު އަދި ތައުލީމާ ބެހޭ ވަޒީރު..
ދުނިޔެ 28 Oct 2026 | 04:48

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ހަމައެކަނި އިމްތިހާނުތަކަށް އަމާޒުކޮށް ކިޔަވައިދިނުމުގައި ގެންގުޅެމުން އައި ވައްޓަފާޅި ބަދަލުކޮށް، ޒަމާނާ އެއްގޮތަށް ތަޢުލީމީ މަންހަޖު އިސްލާޙުކުރުމުގެ ބޮޑު މަސައްކަތެއް އަވައްޓެރި ސްރީލަންކާއިން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ބޮޑުވަޒީރު އަދި ތަޢުލީމާ ބެހޭ ވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ ވިދާޅުވީ، އަލަށް ގެންނަ އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ އަމަލީ ހުނަރާއި، މަޢުލޫމާތާއި އަދި އަޚްލާޤީ ރިވެތި ސިފަތަކުން ފުރިގެންވާ ހަރުދަނާ ޖީލެއް ބިނާކުރުން ކަމަށެވެ. އެތުމަލަޕިޓިޔާ ޕްރައިމަރީ ސްކޫލްގެ އައު ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ، މި ބަދަލަކީ މިހާރު އޮތް މުދައްރިސަށް މުޅިން ބިނާވެފައިވާ ނިޒާމުގެ ބަދަލުގައި، ދަރިވަރުންނަށް އިސްކަންދޭ (ސްޓޫޑަންޓް-ސެންޓަރޑް) މޮޑެލްއަކަށް މުޅި ނިޒާމު ފުރޮޅާލުމަށް އެޅިގެންދާނޭ ވަރަށް މުހިންމު ބަދަލެއްކަމަށް ވިދާޅުވެފައެވެ.

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އިންސާނީ ވަސީލަތްތަކުގެ ދަތިކަން ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ހަރިނީ ވިދާޅުވީ، 23,006 މުދައްރިސުން ހޯދުމަށް ބޭއްވި ވާދަވެރި އިމްތިޙާނުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޭގެ އިންޓަވިއުތަކާއި ޢަމަލީ އިމްތިޙާނުތައް ކުރިއަށް އޮތް ނޮވެމްބަރު މަހު ފެށޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ފާއިތުވި އަހަރުތަކުގައި ހަމަޖެހޭ އުޞޫލެއް ނެތި މުދައްރިސުންނާއި ޕްރިންސިޕަލުން އައްޔަނުކުރުމުގެ ސަބަބުން ތަޢުލީމީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މަންހަޖަށް ގެނެވޭ ބަދަލުތަކާ އެކުއެކީގައި، ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތަކުގެ އިތުރުން އިދާރީ ނިޒާމަށްވެސް ކުރިއެރުންތައް ގެންނަންޖެހޭ ކަމަށް ވިދާޅުވަމުން، މި ދާއިރާގެ ފަންނީ ފެންވަރު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށްޓަކައި "އެޑިއުކޭޝަން ކައުންސިލް" އެއް އުފެއްދުމަށް ބޭނުންވާ ޤާނޫނީ މަސައްކަތްތައް ވެސް މިހާރު ފަށްޓަވާފައިވާ ކަމަށް ބޮޑުވަޒީރު ވަނީ އިޢުލާނު ކުރައްވާފައެވެ.

ސްރީލަންކާގެ ތަޢުލީމީ ނިޒާމަށް ގެންނަ މި އިންގިލާބީ ބަދަލުތަކުގެ ސަބަބުން، ހަމައެކަނި ފޮތްތަކާއި އިމްތިޙާނުތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައިސް، ކުދިންގެ ވިސްނުމާއި ހުނަރުތައް ތަރައްޤީވެ، އަޚްލާޤީ ގޮތުން ފުރިހަމަ މުސްތަޤުބަލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދާއިރާގެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ސްރީލަންކާގެ ޕްރައިމަރީ ތައުލީމަކީ ތާރީޚީގޮތުންނާއި ތަފާސްހިސާބުތަކަށް ބެލިނަމަވެސް ދުނިޔޭގެ ފެންވަރުގައާއި، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމެއްކަމަށް މީގެ ކުރިން ޔުނިސެފުންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދެކުނު އޭޝިއާއަށް ނިސްބަތްވާ އިންޑިއާ އަދި ޕާކިސްތާނަށް ބެލިނަމަވެސް ސްރީލަންކާގެ ޕްރައިމަރީ ތައުލީމީ މަންހަޖު ކާމިޔާބުކަމަށް ޔުނިސެފުން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްރާއިލް އިންތިޚާބު: އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ނުލިބި ވާނުވާ ނޭނގިފައި
28 Oct 2026 ދުނިޔެ

އިސްރާއިލް އިންތިޚާބު: އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ނުލިބި ވާނުވާ ނޭނގިފައި

އިސްރާއިލްގައި އަންގާރަ ދުވަހު ބޭއްވުނު އާންމު އިންތިޚާބުގައި އެއްވެސް ސިޔާސީ ފަރާތަކަށް ނުވަތަ ކޯލިޝަނަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބި، ސިޔާސީ ހާލަތު އޮޅުންބޮޅުންވެއްޖެއެވެ. ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނާއި އިދިކޮޅު މައި ކޯލިޝަން ވަނީ ގާތްގަނޑަކަށް އެއްވަރުވެފައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް
18 Oct 2026 ދުނިޔެ

ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީ، އިތުރު ފަރުވާއަށް ނަވަލޯކާ ހޮސްޕިޓަލަށް

ޝިރާންތީގެ މައްޗަށް ކުރަމުންގެންދާ ދައުވާތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ، ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގެވެ

ސްރީލަންކާ އާއި އަޒަރުބައިޖާނުން ތެލާއި ގޭހުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކޮށްފި
15 Oct 2026 ދުނިޔެ

ސްރީލަންކާ އާއި އަޒަރުބައިޖާނުން ތެލާއި ގޭހުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ މެދު މަޝްވަރާކޮށްފި

މި ބައްދަލުކުރެއްވުމުގައި ހަކަތައިގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ފަތުރުވެރިކަމުގެ ރޮނގުން ސްރީލަންކާ އާއި އަޒަރުބައިޖާނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި
14 Oct 2026 ދުނިޔެ

އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި

އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތަކަށް ސައުދީ އަރަބިއްޔާއިން އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފި ކަމަށް ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރަ ވިދާޅުވެއްޖެއެވެ.

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...