މުވައްޒަފުންގެ އާމްދަނީން ނަގާ ޓެކުހަށް ސްރީލަންކާގައި ލުއިތަކެއް ދެނީ
އަންނަ އަހަރުގެ ބަޖެޓްގައި މުއައްޒަފުންގެ އާމްދަނީން ނަގާ ޕޭ-އޭޒް-ޔޫ-އާން ޓެކުހަށް ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އިޢުލާނުކުރައްވައިފިއެވެ.
ކޮލަމްބޯގައި ބޭއްވި ނޭޝަނަލް ޓްރޭޑް ޔޫނިއަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަނޫރާ ވިދާޅުވީ، މަހެއްގެ މައްޗަށް ޓެކްސް ނުނަގާނެ އާމްދަނީގެ އިން 100،000 ރުޕީސް އިން 150,000 ރުޕީސް އަށް އިތުރުކުމަށް މިހާރު ނިންމާފައިވާކަމަށެވެ. މުވައްޒަފުންގެ މުސާރައިން ނަގާ ޓެކްސް ލުއިކުރުމުގެ ގޮތުން ކުރިއަށް އޮތް ބަޖެޓުގެ ތެރެއިން އިތުރު ލުއިތަކެއް ތަޢާރަފުކުރައްވާނެ ކަމަށްވެސް އެމަނިކްފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ލުއިތަކެއް ހާމަކޮށްފައެއް ނުވެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ސްރީލަންކާއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕޭ-އޭޒް-ޔޫ-އާން ޓެކްސް ނުނަގާނެ އާމްދަނީގެ މިންވަރު މަހަކު 150،000 ރުޕީސް އަށް މަތިކޮށްފައެވެ.
އާމްދަނީން ބޮޑު އަދަދެއް ޓެކުހުގެ ގޮތުގައި އުނިކުރެވޭ ފަންނީ މަސައްކަތްތެރިންނަށް ލުއި ދިނުމަށް، PAYE ޓެކްސްގެ އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވިސްނަމުންދާކަން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް