ސާކްގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނަކީ ސްރީލަންކާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ
ފޮޓޯ: ވީނިޔުސް
ސާކްގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނަކީ ސްރީލަންކާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ފޮޓޯ: ވީނިޔުސް
ދުނިޔެ 21 Nov 2026 | 14:57

ޕާކިސްތާނާއެކު ވިޔަފާރި ފުޅާކުރަން ލަންކާއިން 19 ބިލިއަން ޑޮލަރުގެ މާކެޓެއް ހުޅުވާލައިފި

ސްރީލަންކާގެ ގާތްގަނޑަކަށް 19 ބިލިއަން ޑޮލަރުގެ އިމްޕޯޓް މާކެޓުގައި ހުރި ފުރުސަތުތައް ބޭނުންކުރުމަށް، ޕާކިސްތާނުގެ އެކްސްޕޯޓަރުންނަށް ސްރީލަންކާއިން ދައުވަތު އަރުވައި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ފަށައިފިއެވެ.

މި ދައުވަތުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 500 މިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެއްސުމަށް އަމާޒު ހިފާފައިވާއިރު، މިހާރު އަމަލުކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ފޭރާމާއި، ހަނޑުލާއި، ސިމެންތި އަދި ބޭސްވެރިކަމުގެ އުފެއްދުންތަކަށް ސްރީލަންކާގެ ބާޒާރުން ބޮޑެތި ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ.

މިކަން ހާމަކުރެއްވީ ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ސައިޓް އެސޯސިއޭޝަން އޮފް އިންޑަސްޓްރީ (އެސް.އޭ.އައި) ގައި އެ ގައުމުގެ ސިނާޢީ ދާއިރާގެ އިސްވެރިންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ސްރީލަންކާގެ ކޮންސުލް ޖެނެރަލް ސަންޖީވާ ޕަޓިވިލާ ދެއްކެވި ވާހަކަފުޅުގައެވެ. ކޮންސުލް ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި ފޭރާމާއި، އިމާރާތްކުރުމުގެ ސާމާނާއި، ބޭސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެކްސްޕޯޓްގެ މުހިންމު ފުރުސަތުތައް

ޔޫރަޕްގެ އިއްތިހާދަށް އަންނައުނު އެކްސްޕޯޓްކުރާ ސްރީލަންކާގެ ގާމެންޓް ސިނާއަތަށް ބޭނުންވާ ފޭރާމާއި ފޮތި ފޯރުކޮށްދިނުމުގައި ޕާކިސްތާނަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ޕަޓިވިލާ ވިދާޅުވީ ޕާކިސްތާނުގެ ބައެއް ކުންފުނިތަކުން މިހާރުވެސް ސްރީލަންކާގައި އުފެއްދުންތެރިކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. މީގެއިތުރުން، ޕާކިސްތާނުން 6،000 މެޓްރިކް ޓަނުގެ ހަނޑޫ އެތެރެކުރުމުގެ ހުއްދަ ސްރީލަންކާއިން ދީފައިވާއިރު، އެ ގައުމުގެ ބާސްމަތީ ހަނޑުލަށް އޮތް ޑިމާންޑް ދަނީ އިތުރުވަމުންނެވެ. ކޮންމެ ހަ މަހަކުން އެއްފަހަރު ހަނޑޫ އެތެރެކުރުމުގެ ޓެންޑަރު ހުޅުވާލާތީ، މިއީ ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ލިބޭ ދާއިމީ ފުރުސަތެކެވެ. ހަމައެއާއެކު، ސިމެންތި އެތެރެކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަށްވެސް މި ބައްދަލުވުމުގައި އެއްބަސްވެވުނެވެ.

އިތުރު ފުރުސަތުތައް ހޯދުމުގެ ގޮތުން، އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ސްރީލަންކާ އެކްސްޕޯ 2027" ގައި ބައިވެރިވުމަށާއި، ކޮލަމްބޯއަށް ވިޔަފާރި ވަފުދެއް ފޮނުވުމަށްވެސް ކޮންސުލް ޖެނެރަލް ވަނީ ދައުވަތު ދެއްވާފައެވެ.

ވިޔަފާރިއަށް ހުރި ހުރަސްތައް ނައްތާލުން

ސާކްގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނަކީ ސްރީލަންކާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ، އަދި ދެ ގައުމުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ގަވާއިދުން ވިޔަފާރި މައުރަޒުތައް ބޭއްވުން މުހިންމު.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސް.އޭ.އައި ގެ ރައީސް އަބްދުލް ހާދީ ވިދާޅުވީ،

ނަމަވެސް، 2005 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފުރިހަމަ ފައިދާ ނެގުމުގައި، މުދާ އުފުލުމުގެ ޚަރަދު ބޮޑުވުމާއި ސަރުކާރުގެ ޓެންޑަރުތަކުގައި ހުރި ދަތިތައް ފަދަ ގޮންޖެހުންތަކެއް ހުރިކަން ވިޔަފާރިވެރިން ވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ސިއްހީ އާލާތްތަކާއި ބޭސްވެރިކަމުގެ އުފެއްދުންތަކަށް ހުރި ހުރަސްތައް ނައްތާލުމަށާއި، ކޮލަމްބޯ އަދި ކަރާޗީ ބަނދަރާ ދެމެދު ގާތް ގުޅުމެއް ގާއިމުކޮށް ކަނޑުދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އެސް.އޭ.އައި އިން ވަނީ ދެ ގައުމުގެ ވިޔަފާރިވެރިންގެ ގުޅުން ބަދަހިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
24 Nov 2026 ދުނިޔެ

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ ކުއްޖަކު ހުދުވާ ކްރީމެއް ބޭނުންކުރުމުން، ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މާކިއުރީ ހަށިގަނޑަށް ވަދެ ކިޑްނީ ސީރިއަސް ވެގެން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި،  ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް
24 Nov 2026 ދުނިޔެ

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި، ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް

ވިހެއުމަށްފަހު އަނބިމީހާއަށް ބޭނުންވާ އަރާމާއި ހަމަޖެހުން ހޯދައިދިނުމުގެ ގޮތުން، އަލަށް އުފަންވި ދަރިފުޅު ވަގުތުން ކާފަމެންނާ މާމަމެންނާ ބައްދަލުކުރުން ފަސްކުރަން އިންޑިއާގެ ދެމަފިރިއަކު ނިންމި ނިންމުމަކާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި
23 Nov 2026 ދުނިޔެ

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި

މި ނިންމުމާ ގުޅޭގޮތުން ބޯޑުގެ މުގައްރިރު ހާވީ ސީ. ޖޯންސް ވިދާޅުވީ، ޖެންސެންއަކީ އެންވީޑިއާގެ މުވައްޒަފުންނާއި، ހިއްސާދާރުން އަދި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކޮށް، ކުންފުނި އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ފަރާތް ކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ވަގުތީ ގޮތުން ސީއީއޯގެ މަގާމު ފުރުއްވި ކޮލެޓް ކްރެސް ކޮށްދެއްވި މަސައްކަތްތަކަށް ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. ކޮލެޓް ދެންވެ

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
19 Nov 2026 ހަބަރު

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު
17 Nov 2026 ދުނިޔެ

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަވަސް ޞިއްޙީ ފަރުވާ ހޯދުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ ޑްރަގާ އެކު ބޯޓެއް އަތުލައިގެންފި؛ 5 މީހަކު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް
15 Nov 2026 ދުނިޔެ

ރާއްޖޭގެ އިރުއުތުރުން 101 ކިލޯގެ ޑްރަގާ އެކު ބޯޓެއް އަތުލައިގެންފި؛ 5 މީހަކު ލަންކާ ނޭވީގެ ބެލުމުގެ ދަށަށް

ރާއްޖޭގެ އިރުއުތުރުން، ސްރީލަންކާގެ ދެކުނު ކަނޑުގެ ސަރަޙައްދުން ގާތްގަނޑަކަށް 101 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެ ޤައުމުގެ މަސްބޯޓެއް ލަންކާ ނޭވީން އަތުލައިގެންފިއެވެ. މި އޮޕަރޭޝަންގައި އެ ބޯޓުގައި ތިބި 5 މީހަކު ވަނީ ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.