ވަޒީރު މުއްޠަލިބު މަޖިލީހުގެ ޖަލްސާގައި- ފޮޓޯ/ މަޖިލިށްމަ
ވަޒީރު މުއްޠަލިބު މަޖިލީހުގެ ޖަލްސާގައި- ފޮޓޯ/ މަޖިލިށްމަ
ހަބަރު 24 Nov 2026 | 10:54

ބަޖެޓް ކުޑަ ނަމަވެސް ފަށާފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ؛ އާ މަޝްރޫޢުތައް މަދުވާނެ: މުއްޠަލިބު

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް މި އަހަރަށްވުރެ ކުޑަ ނަމަވެސް، ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް އިސްކަންދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވަނީ ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ކުޑައިރު އިރު މަސައްކަތް ނިންމަވާނެ ގޮތަކާމެދުވެސް ސުވާލުކުރެއްވިއެވެ.

މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު: ފޮޓޯ/ މަޖިލިސް
މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު: ފޮޓޯ/ މަޖިލިސް

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތައް ހުއްޓާލުމަށް ފަހު، މި ސަރުކާރުގެ އަމިއްލަ އެޖެންޑާއާ އެކު ކުރިއަށް ދިއުމުގެ ފުރުސަތުވެސް މި ސަރުކާރަށް އޮތް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ މަޝްރޫއުތައް އެއްފަރާތް ނުކޮށް، އެއީ އަމިއްލަ މަޝްރޫޢުތައް ކަމަށް ދެކިގެން ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ:

"މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އަންނަ އަހަރުގެ ބަޖެޓް ކުޑަވެފައި އޮތް ނަމަވެސް އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެކަމަށާއި އަންނަ އަހަރުގެ ބަޖެޓް ފަރުމާކުރެވިފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

”މި އަންނަ އަހަރުގެ ބެޖެޓް ކުޑަވެފައި އޮތް ނަމަވެސް އަންނަ އަހަރު އައު މޝްރޫއުތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ. އަންނަ އަހަރުގެ ބަޖެޓް ފަރުމާ ކުރެވިފައިވަނީ މިހާރުބކުރިއަށއދާ މަޝްރޫއުތައް ނިންމުމަށް. އެހެން ވީމާ އަޅުގަނޑުމެންނަށް ކުރިންވެސް ރޭވިފައުވާ ގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ފަސޭހަވާނެ.“ މުޠަލިބު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

‏ސަރުކާރުން ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާނަމަ: ޑރ.މުއްޠަލިބް
24 Nov 2026 ހަބަރު

‏ސަރުކާރުން ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާނަމަ: ޑރ.މުއްޠަލިބް

ސަރުކާރުން ރަށެއްގެ ރައްޔިތުން އެހެން ރަށްރަށް ބަދަލުކުރަނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބޭނުންވާކަމުގައިވާނަމަ ކަމަށާ، ގަދަކަމުން ބަދަލު ނުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
24 Nov 2026 ހަބަރު

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ޝަތެގޮރޔހަބަރު ޜެލަތެދ ޝަތެގޮރިެސ ށެަރޗހ ަނދ ަދދ ޗަތެގޮރިެސ ރެލަތެދ ތޮ ތހިސ ޕޮސތ ށެަރޗހ ށޔސތެމ ޓަގސ (ޯޕތިޮނަލ) ޠޮު ޗަނ ުސެ ތހެސެ ތަގސ ތޮ ޗޮނތރޮލ ޕޮސތ ވިސިބިލިތޔ—އހެތހެރ ޔޮު’ރެ ބުިލދިނގ ޔޮުރ ޮއނ ފރޮނތެނދ އިތހ ތހެ ާ÷ީ ޮރ ޖުސތ ފިލތެރިނގ ޕޮސތސ. ާުތހޮރޚަދީޖާ ޢަރުފާ ީމަގެ ޝަޕތިޮނ ޥިދެޮ ޫޜޅ (ޠޮުޓުބެ) ީމަގެ ޑރަގ 'ނ' ދރޮޕ ަނ ިމަގެ ހެރެ، ޮރ ޗލިޗކ ތޮ ސެލެޗތ ޮނެ ޛ÷ޣ، ÷ޏޣ، ޢެބ÷، ާޥީﷲ ޮރ ށޥޣ. ޅަރގެ ޕހޮތޮސ ަރެ ރެސިޒެދ ަުތޮމަތިޗަލލޔ. ޣީﷲސ ުޕ ތޮ 4 ޟޞ ކެެޕ ތހެިރ ަނިމަތިޮނ. ށެލެޗތ ީމަގެ ÷ުބލިސހެދ ޑަތެ & ޓިމެޏޮވެމބެރ 24ތހ، 2026 ަތ 9:38 ާޟ ÷ުބލިޗަތިޮނ ދަތެ ަނދ ތިމެ ިނ ތހެ ސިތެ'ސ ތިމެޒޮނެ (ީނދިަނ/ޟަލދިވެސ)، އހިޗހ ޔޮު ޗަނ ޗހަނގެ ިނ ތހެ ސިތެ ސެތތިނގސ. ﷲެަތުރެދ ÷ޮސތ ޟަރކ ތހެ ޕޮސތ ަސ ފެަތުރެދ ފޮރ ބެތތެރ ވިސިބިލިތޔ. ޞރެަކިނގ ޏެއސ ޟަރކ ތހިސ ސތޮރޔ ަސ ބރެަކިނގ ނެއސ. ޓހެމެސ ތހަތ ސހޮއ ބރެަކިނގ ނެއސ ޕިޗކ ިތ ުޕ ސތރަިގހތ ައަޔ. ޙިދެ ާުތހޮރ ÷ުބލިސހ ތހިސ ަރތިޗލެ އިތހޮުތ ަ ބޔލިނެ. ޓހެ ަުތހޮރ ސތަޔސ ރެޗޮރދެދ ހެރެ ިނ ތހެ ދަސހބޮަރދ ެިތހެރ އަޔ. ާރތިޗލެ ުޕދަތެދ ޓހެ ަރތިޗލެ ހަސ ބެެނ ުޕދަތެދ ސުޗޗެސސފުލލޔ.

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް
24 Nov 2026 ހަބަރު

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ
24 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން އެންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.