ފައިސާގެ މުޢާމަލާތް ކުރަނީ- ފޮޓޯ/ ޕޮލިސް
ފައިސާގެ މުޢާމަލާތް ކުރަނީ- ފޮޓޯ/ ޕޮލިސް
ހަބަރު 24 Nov 2026 | 09:00

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދޭނަމަ، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުން ކަމަށެވެ.

މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ތިމާއަށް ނޭނގި ނަމަވެސް މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ސްކޭމް ހިންގާ ގޮތް

ސްކޭމަރުން އެންމެ ފުރަތަމަ ކުރާ ކަމަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވުމެވެ. ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައި މުއާމަލާތް ކުރަން ފަށައެވެ.

އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދެއެވެ. މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅައެވެ.

ނަމަވެސް، މިގޮތަށް އެކައުންޓްތަކަށް ޓްރާންސްފަރ ކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ ކަމަށް ފުލުހުން ބުންޏެވެ. އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށް ނެގި ފައިސާ ދައުރުކުރުމަށާއި، އެ ފައިސާ ދައުރުކުރި ގޮތް ފޮރުވުމަށް އެހީތެރިވެދެވޭ ކަމަށް ބުންޏެވެ.

ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ.

މިކަމުގައި ހުރި ނުރައްކާތައް

އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޑްރައިވަރަށް ނުވަތަ ޑެލިވަރީ ކުރާ ފަރާތަށް ނޭނގުނު ކަމުގައި ވިޔަސް، މަކަރާއި ޙީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމުގެ ސަބަބުން ތިރީގައިވާ ކަންކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

  • އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ އެކައުންޓް ބޭނުންކުރުމަށް ހުރަސްއެޅުން (ރެސްޓްރިކްޓް ކުރުން).

  • ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ބުރޫއެރުން.

  • މާލީ ގެއްލުންތަކާއި މާލީ ގޮތުން ޒިންމާވާން ޖެހުމުގެ ފުރުސަތު އޮތުން.

  • ޖިނާއީ ތަހުގީގުތަކަށް ހާޒިރުކުރެވި ތަހުގީގު ހިންގުން.

  • ހާލަތާއި އެކަމުގައި ބައިވެރިވެފައިވާ މިންވަރަށް ބަލައި، ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުން.

  • ނަގުދު ފައިސާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެންދާއިރު، މަކަރާއި ހީލަތުން ހިންގާފައިވާ އެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް އިލްތިމާސްކުރެއެވެ.

  • ކަސްޓަމަރުން ނުވަތަ ނުދަންނަ މީހުންގެ ފަރާތުން ފައިސާ ގަބޫލުކުރުމަށާއި، ޓްރާންސްފަރ ކުރުމަށް ނުވަތަ ނަގުދު ފައިސާ ނެގުމަށް އަމިއްލަ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުން.

  • ހަމައެކަނި ދަތުރުގެ ސައްހަ އަގާއި، ޑެލިވަރީ ޗާޖު ނުވަތަ ފޯރުކޮށްދޭ ޚިދުމަތާ ގުޅުންހުރި ފައިސާ ގަބޫލުކުރުން.

  • އިތުރު ފައިސާ ނުވަތަ އިނާމެއް ދޭނެ ކަމަށް ބުނި ކަމުގައި ވިޔަސް، އެކައުންޓުން ފައިސާ ނަގައިގެން ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރުމަށް އެދޭ އެދުންތަކަށް އިންކާރުކުރުން.

  • ވީހާވެސް ބޮޑަކަށް މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ހިދުމަތްދޭ ޕްލެޓްފޯމްގެ ރަސްމީ ޗެނަލްތަކުގެ ތެރޭގައި ބެހެއްޓުން.

  • ފައިސާގެ މުއާމަލާތެއް ކޮށްދިނުމުގެ ބަދަލުގައި އާންމު އުސޫލާ ހިލާފަށް ގިނައިން ފައިސާ، ހަދިޔާ ނުވަތަ ޓިޕްސް ދޭން ހުށަހަޅާނަމަ އެކަމާ މެދު ޝައްކުގެ ނަޒަރަކުންބަލައި ސަމާލުވުން.

  • ބޭންކިންގ މަޢުލޫމާތާއި، ޕާސްވޯޑްތަކާއި، ޕިން އަދި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އެއްވެސް ފަރާތަކާ ހިއްސާނުކުރުން.

  • ޝައްކުކުރެވޭ ފަދަ ބުކިންގތަކާއި، ޑެލިވަރީ ރިކުއެސްޓްތައް އަދި ފައިސާގެ މުއާމަލާތްތަކާ ގުޅޭ ކަންކަން ކަމާބެހޭ ޕްލެޓްފޯމް ހިންގާ ފަރާތަށާއި ފުލުހުންނަށް ރިޕޯޓުކުރުން.

ޝައްކުކުރެވޭ ފައިސާއެއް އެކައުންޓަށް ޖަމާވެފައިވާނަމަ އަމަލުކުރާނެ ގޮތް

އެކައުންޓަށް ޝައްކުކުރެވޭ ފަދަ ޓްރާންސްފަރއެއް ލިބިފައިވާނަމަ، އެ ފައިސާ ފޮނުވި ނުވަތަ ގުޅި މީހާދޭ އިރުޝާދަށް އެ ފައިސާ އެކައުންޓުން ނެގުމާއި، ހަރަދުކުރުމާއި، އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުން ނުވަތަ އަނބުރާ ފޮނުވުންފަދަ އެއްވެސް ކަމެއް ނުކުރަން ފުލުހުން އެދެއެވެ.

އަދި ވަގުތުން ބޭންކަށާއި ފުލުހުންނަށް އެކަން އަންގައި، މެސެޖުތަކާއި، ކޯލް ރެކޯޑްތަކާއި، ބުކިންގ ތަފްސީލުތައް އަދި ޓްރާންސްފަރ ސްލިޕްތައް ފަދަ ކަމާގުޅުންހުރި ހުރިހާ ހެކިތަކެއް ރައްކާތެރިކުރުމަށްވެސް އެދިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ
24 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން އެންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.