މޫނުގައި އުނގުޅާ ކްރީމްއެއް-
މޫނުގައި އުނގުޅާ ކްރީމްއެއް-
ދުނިޔެ 24 Nov 2026 | 08:36

ހަނގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ކެރެލާ ސްޓޭޓުގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ހަންގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރުމުގެ ސަބަބުން ކިޑްނީގެ ސީރިއަސް ބައްޔެއް ޖެހިފައިވާ ކަމަށް ބެލެވޭތީ، އެ ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް ފުލުހުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ކޮމިޝަނުން މައްސަލަ ހުށަހަޅައިފިއެވެ.

އެ ކުއްޖާއަށް ފަރުވާ ދިން މަލައްޕޫރަމް ޑިސްޓްރިކްޓުގެ އެސްޓާ މިމްސް މަދާ ހޮސްޕިޓަލުން ނެރުނު ބަޔާނުގައިވާ ގޮތުން، އެ ކުއްޖާ ބޭނުންކުރި ކްރީމުގައި މާކިއުރީ ހިމެނެނީ 12,500 ޕާޓްސް ޕާ މިލިއަން (ޕީޕީއެމް) ގެ މިންވަރަކަށެވެ. ހަންގަނޑު އަލިކުރާ އުފެއްދުންތަކުގައި ހުއްދަ ކުރެވިފައިވާ މިންވަރަކީ އެއް ޕީޕީއެމް އަށް ވުރެ ދަށް އަދަދެކެވެ. ލެބޯޓަރީ ޓެސްޓުތަކުން ހާމަވި ގޮތުގައި، އެ ކްރީމުގައި މާކިއުރީ ހުރި މިންވަރު، އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަނުން (ސީޑީއެސްސީއޯ) ކޮސްމެޓިކްސްއަށް ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ލިމިޓާ އަޅައިބަލާއިރު "އެތައް ގުނައެއް" އިތުރެވެ.

އެ ހޮސްޕިޓަލުގެ ކިޑްނީ ޑޮކްޓަރު ޑރ. ސަތީޝް މީޑިއާއަށް ވިދާޅުވީ، އެ ކުއްޖާއަށް ޖެހިފައިވާ ބައްޔަކީ މެމްބްރޭނަސް ނެފްރޮޕެތީ ކަމަށެވެ. އެއީ ފުރާނައަށް ނުރައްކާވެދާނެ ކިޑްނީ ބައްޔެއް ކަމަށާއި، މި ބަލީގައި ކިޑްނީގެ ފިލްޓަރިން ފާރުތައް ބޯވެ، ވަރަަށް ގިނަ ޕްރޮޓީން ކުޑަކަމުދާ ތަކެއްޗާ އެކީ ބޭރުވާ ކަމަށެވެ. ޑރ. ސަތީޝް އިތުރަށް ވިދާޅުވީ ހަންގަނޑު ތެރެއިން ހަށިގަނޑަށް ވަންނަ މާކިއުރީ ކިޑްނީގެ ފިލްޓަރިން ޔުނިޓުތައް ހަލާކުކޮށް ލޭ ވިހަކޮށްލާ ކަމަށާއި، ފަރުވާ ނުކޮށްފި ނަމަ ކިޑްނީ ފެއިލްވެ ނާރުތަކުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ފެނުނު އިޝްތިހާރަކަށް ބަލައި، ބިހިތަކާއި ހަންގަނޑުގެ ކުލަ އަލިކުރުމަށް ގާތްގަނޑަކަށް އެއް އަހަރު ކުރިން އެ ކުއްޖާ އެ ކްރީމް ގަންނަން ފެށީ، ވަޓްސްއަޕް މެދުވެރިކޮށް އޯޑަރުކޮށްގެން ކަމަށް އޮންމެނޮރާމާ ނޫހަށް ބުނެފައިވެއެވެ. އެ ކުއްޖާ ބުނެފައިވާ ގޮތުގައި އޭނާ ތިން ފުޅި ގަތެވެ.

"ކޮންމެ ރެއަކު ގަވާއިދުން ބޭނުންކުރުމުން ބިހިތަކާއި ޕިގްމެންޓޭޝަން ފިލާނެ ކަމަށް އެ ކުންފުނިން ބުނި. ގަވާއިދުން ބޭނުންކުރުމުން ނަތީޖާ ފެންނާނެ ކަމަށް ވެސް ވަޢުދުވި،" ކަމަށް އެ ކުއްޖާ އެ ނޫހަށް ބުނެފައިވެއެވެ.

ނަމަވެސް ދެ ވަރަކަށް މަސް ބޭނުންކުރި ފަހުން ވަރުބަލިވެ، ބޮލުގައި ރިއްސައި، ބޯއެނބުރި، ނިދަން އުނދަގޫވެ، ފައި ތަކާއި މޫނު ދުޅަވާން ފެށި ކަމަށާއި، ކޮޅަށް ހުރުމަށް ވެސް ދަތިވި ކަމަށް އެ ކުއްޖާ ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކުއްޖާ ހޮސްޕިޓަލަށް ގެނައިރު ވަނީ ހަށިގަނޑު ދުޅަވެ، ވަރަށް ބޮޑަށް ހާލު ދެރަވެފައެވެ.

"ފުރަތަމަ ފަރުވާ ފެށި ނަމަވެސް، ޢަލާމާތްތައް އާދަޔާ ޚިލާފު ގޮތަކަށް ގޯސްވަމުން ދާތީ، ވިހައެއްގެ ސަބަބުން ހާލު ގޯސްވެފައިވާ ކަމަށް ޑޮކްޓަރުން ޝައްކުކުރީ. އެއަށްފަހު ހެދި ލޭގެ ޓެސްޓުތަކާއި ކްލިނިކަލް ޓެސްޓުތަކުން، އެ ކުއްޖާގެ ހަށިގަނޑުގައި ނުރައްކާތެރި މިންވަރަކަށް މާކިއުރީ ހުރިކަން ހާމަވީ" ބަޔާނުގައި ބުނެފައިވެއެވެ.

ވިހަ ބޭރުކުރާ ބޭސް ދީ، ކިޑްނީގެ މައްސަލަތަކަށް ފަރުވާ ދިނުމަށްފަހު ގާތްގަނޑަކަށް އެއް މަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލައި، ގޭގައި ރަނގަޅުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ހޯމަ ދުވަހު ބީބީސީއާ ވާހަކަ ދައްކަމުން އެ ކުއްޖާ ބުނީ އަދިވެސް ޞިއްޙީ ބައެއް މައްސަލަތައް ހުރި ކަމަށާއި، ކިޔެވުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

"ފަރުވާ ފެށި ފަހުން ލަސްލަހުން ރަނގަޅުވަމުން އެބަ ދޭ. ނަމަވެސް އެއްކޮށް ރަނގަޅެއް ނޫން، ފުރިހަމައަށް ރަނގަޅުވާން އަދި ވަގުތު ނެގާނެ،" ކަމަށް ިޑރ. ސަތީޝް ވިދާޅުވެފައިވެއެވެ.

އިންޑިއާގައި ހަންގަނޑު ދޮންކުރާ ކްރީމްތައް ވިއްކުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހިނގާ ވިޔަފާރިއެކެވެ. އެފަދަ އިޝްތިހާރުތައްވެސް ގިނައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، މީގެ ބައެއް ކްރީމްތަކުގައި މާކިއުރީ އާއި ލެޑް ފަދަ ވިހަ މައުދަންތައް ހިމެނެއެވެ. ވަޓްސްއެޕާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކާތީ، ގިނަ ބްރޭންޑުތައް ކަމާ ބެހޭ އިދާރާތަކުގެ ބެލެހެއްޓުމުގެ ތެރެއިން ރެކެމުންދާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި،  ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް
24 Nov 2026 ދުނިޔެ

އަނބިމީހާގެ ހިތްހަމަޖެހުމަށްޓަކައި، ޅަދަރިފުޅު މާމަމެންނާ ދުރުގައި ބަހައްޓަން ނިންމުމުން ބޮޑު ބަހުސަކަށް

ވިހެއުމަށްފަހު އަނބިމީހާއަށް ބޭނުންވާ އަރާމާއި ހަމަޖެހުން ހޯދައިދިނުމުގެ ގޮތުން، އަލަށް އުފަންވި ދަރިފުޅު ވަގުތުން ކާފަމެންނާ މާމަމެންނާ ބައްދަލުކުރުން ފަސްކުރަން އިންޑިއާގެ ދެމަފިރިއަކު ނިންމި ނިންމުމަކާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި
23 Nov 2026 ދުނިޔެ

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި

މި ނިންމުމާ ގުޅޭގޮތުން ބޯޑުގެ މުގައްރިރު ހާވީ ސީ. ޖޯންސް ވިދާޅުވީ، ޖެންސެންއަކީ އެންވީޑިއާގެ މުވައްޒަފުންނާއި، ހިއްސާދާރުން އަދި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކޮށް، ކުންފުނި އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ފަރާތް ކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ވަގުތީ ގޮތުން ސީއީއޯގެ މަގާމު ފުރުއްވި ކޮލެޓް ކްރެސް ކޮށްދެއްވި މަސައްކަތްތަކަށް ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. ކޮލެޓް ދެންވެ

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ
23 Nov 2026 ދުނިޔެ

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ

މި ދެ ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ޖުމްލަ 1.8 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފާއިތުވި 35 އަހަރު ދުވަހުވެސް މި ބޯޓުތައް އޮތީ އަނބުރާ އިރާޤަށް ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަޙައްދުގައިވާ އެއާޕޯޓެއްގައެވެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
23 Nov 2026 ދުނިޔެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.

ހަންގަނޑުގެ ކުލަ އަލިކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް ގޭގައި ކުރެވިދާނެ ކަންކަން
24 Nov 2026 ލައިފްސްޓައިލް

ހަންގަނޑުގެ ކުލަ އަލިކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް ގޭގައި ކުރެވިދާނެ ކަންކަން

ހަންގަނޑަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނަށް ވާއިރު، އޭގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. އާންމުގޮތެއްގައި އޮމާން އަދި އަލި ހަންގަނޑެއް ލިބިފައިވުމަކީ ދުޅަހެޔޮ ސިއްހަތެއްގެ ނިޝާނެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ
21 Nov 2026 ހަބަރު

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ

އައިސީޔޫގެ ސީލިންގު ވެއްޓިފައިމިވަނީ އެތަނުން ފެން ލީކްވުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ސީލިންގުން ފެން ލީކުވާތާ އަހަރެއްހާދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި
21 Nov 2026 ދުނިޔެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ
17 Nov 2026 ދުނިޔެ

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ.