ސައްދާމުގެ ދެ މަތިންދާބޯޓު.. ފޮޓޯ: ވިކިމީޑިއާ
ސައްދާމުގެ ދެ މަތިންދާބޯޓު.. ފޮޓޯ: ވިކިމީޑިއާ
ދުނިޔެ 23 Nov 2026 | 15:15

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ސަރުކާރުން ބޭނުންކުރި ޚާއްޞަ ދެ މަތިންދާބޯޓު ވިއްކާލުމަށް އިރާގު ސަރުކާރުން އަލުން އިޢުލާންކޮށްފިއެވެ.

އިރާގުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ހާމަކޮށްފައިވާ ގޮތުގައި، ވިއްކާލުމަށް ހަމަޖެހިފައިވަނީ ބޮއިންގް 747 މަރުކާގެ ދެ ބޯޓެވެ. މީގެ ތެރެއިން އެއް ބޯޓަކީ ސައްދާމް ހުސައިންގެ ދަތުރުފުޅުތަކަށް ޚާއްޞަކޮށްފައިވާ، އެތެރެގޭގެ ފަރުމާ ވަރަށް ފުރިހަމައަށް ހަދާފައިވާ ވީ.އައި.ޕީ ބޯޓެކެވެ. މި ބޯޓުތައް ތޫނިސްއަށް ފޮނުވާފައިވަނީ 1990 ވަނަ އަހަރު އިރާގުން ކުވެއިތަށް އެރުމާ ގުޅިގެން، އެމެރިކާގެ ހަމަލާތަކުން ސަލާމަތްކުރުމަށްޓަކައެވެ. ނަމަވެސް އޭގެ ފަހުން ފާއިތުވި 35 އަހަރު ދުވަހުވެސް މި ބޯޓުތައް އޮތީ އަނބުރާ ގައުމަށް ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަޙައްދުގައިވާ އެއާޕޯޓެއްގައެވެ.

މި ދެ ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ޖުމްލަ 1.8 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ސައްދާމުގެ މަތިންދާ ބޯޓެއް..
ސައްދާމުގެ މަތިންދާ ބޯޓެއް..

ކުރިން 2023 ވަނަ އަހަރު މި ބޯޓުތައް ވިއްކާލުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވި ނަމަވެސް، މިފަހަރު ބޯޓުތަކުގެ އަގު ވަނީ ކުރިއަށްވުރެ 82 އިންސައްތަ ބޮޑުކޮށްފައެވެ. މިހާރު ކޮންމެ ބޯޓެއްގެ އަގަކީ 900,000 ޑޮލަރެވެ. މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބޯޓުގެ އަގުގެ 20 އިންސައްތަ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭނެ ކަމަށް އިރާގު ސަރުކާރުން ބުނެއެވެ.

އިރާގުގެ އިގްތިސާދީ ހާލަތު ދަށްވެ، ދީނާރުގެ އަގު ވެއްޓެމުންދާ މި ދަނޑިވަޅުގައި، ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި މި ބޯޓުތައް ވިއްކާލުމަކީ އެ ގައުމަށް މާލީ ގޮތުން ލިބޭނެ ލުޔެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، މި ބޯޓުތައް ބެލެހެއްޓުމަށް ތޫނިސްގެ އެއާޕޯޓަށް ދައްކަންޖެހޭ ފީތަކާއި އެހެނިހެން ޚަރަދުތަކަށްވެސް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެއެވެ. ބޯޓު ގަންނަ ފަރާތަކުން ބޯޓު މިހާރު އޮތް ހާލަތުގައި ހަވާލުވާންޖެހޭއިރު، ބޯޓު އުފުލުމާއި މިލްކުވެރިކަން ބަދަލުކުރުމުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީވެސް ގަންނަ ފަރާތުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
23 Nov 2026 ދުނިޔެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް
23 Nov 2026 ދުނިޔެ

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް

އިނގިރޭސިވިލާތުގެ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ގޮނޑުވެފައި އޮތް ކޯރެއް އަމިއްލައަށް އިސްނަގައިގެން ސާފުކުރި ވަކީލަކު، ރަސްމީ ހުއްދައެއް ނެތި އެ މަސައްކަތް ކުރުމުގެ ސަބަބުން ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުދީފިއެވެ.

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި
23 Nov 2026 ދުނިޔެ

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި

އިންޑިއާގެ ރާޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކެއް ނަގަން ފަށައިފިއެވެ.