ސިއްހަތު
ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ
އައިސީޔޫގެ ސީލިންގު ވެއްޓިފައިމިވަނީ އެތަނުން ފެން ލީކްވުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ސީލިންގުން ފެން ލީކުވާތާ އަހަރެއްހާދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ
ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް
ހޫނު މޫސުމަކީ ގަދަ ހޫނާއި ވައިގެ ތެތްކަން މަތިވެގެންދާ ދުވަސްވަރެކެވެ. މިއީ އިސްތަށިގަނޑަށް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެއްވެސް މެއެވެ. މި މޫސުމުގައި އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުން އިސްތަށި ފޭބުން އިތުރުވެ، އެކަމުގެ ކަންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ.
ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.
ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.
60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.
ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.
އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް
އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.
ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް
މިހާރުން މިހާރަށްވެސް ކުރަންވީ ކަމަކީ އިށީނދެ އިންނައިރު ފައި ތަޅުވައި، އިނގިލިތައް ތެޅުވުން ފަދަ ކަންކަން ކުރުމެވެ. މީހަކަށް ގުޅައިގެންވެސް ދެކޮޅަށް ދެކޮޅަށް ހިނގާލާހިނގާލާ ހުރުމެވެ. މިފަދައިން އުޅެން ފެށުމުން ބައެއް މީހުންނަށް ކޮންމެވެސް ގޮތަކަށް ހީވެދާނެއެވެ. ނަމަވެސް، އެކަމުން އެމީހެއްގެ ސިއްހަތަށް ފައިދާ ކުރާނެއެވެ.
އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ
ރަޙްމަތްތެރިންނާ ނުވަތަ ގޭބިސީއާ އެކު ކެއުމުން ޑިޕްރެޝަނާއި ޑިމެންޝިއާގެ ފުރުޞަތު ކުޑަވެ، ކާއެއްޗަކުން ލިބޭ މީރުކަން އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...
އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...
ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...
އެމްއާރުއައި، ސިޓީ ސްކޭން އަދި ކެތްލެބްގެ ހިދުމަތް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ދިނުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށް: ގީލާ
އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ދޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ފަށައި، އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ...
ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ ހިއްސާކުރަނީ ހިތާއި ލޭހޮޅިތަކާ ގުޅުންހުރި ބަލިތަކުގައި
ރާއްޖޭގައި މަރުވާ މީހުންގެ ބޮޑު އިންސައްތައަކީ ހިތާއި ލޭހޮޅިތަކާ ގުޅުންހުރި ބަލިތަކުގައި މަރުވާ މީޙުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިްނ ބުނެފިއެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތ...
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާއި ބެހޭ ގަރާރުގައި ރާއްޖޭން ސޮއިކޮށްފި
"ބޮގޯޓާ ކޯލް ޓު އެކްޝަން" ގަރާރުގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ. މިއީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮ...
އަރާމު ނިންޖަކަށް އެންމެ އެކަށޭނަ ބާލީސް ހޯދާނީ ކިހިނެއް؟
އެއާޕޯޓްތަކުން ދަބަސްތައް ދަމަމުން ދާއިރު، ކިހިލިޖަހައިގެން ބާލީސް ހިފައިގެންދާ މީހުން ތިޔައިގެ ތެރެއިން ބައެއް މީހުންނަށް ފެނިފައި ހުންނާނެއެވެ. ނުވަތަ ތިޔައީ ވެސް އަމިއްލަ ބާލީސް ނެތި ނުނިދޭ މީހަކަށ...