ސިއްހަތަށް ފައިދާހުރި ކާނާ-
ސިއްހަތަށް ފައިދާހުރި ކާނާ-
ލައިފްސްޓައިލް 30 Oct 2026 | 06:54

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް

އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.

މިގޮތުން އެޅިދާނެ އެންމެ ފަސޭހަ އަދި އެންމެ މުހިންމު އެއް ފިޔަވަޅަކީ ކެއިންބުއިމަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެކުލެވޭ ފައިދާހުރި ކާނާ ބޭނުންކުރުމަކީ ހަށިގަނޑު ހަރަކާތްތެރިކަންމަތީ ބަހައްޓައިދީ، ހިތުގެ ބަލިތަކާއި ހަކުރުބަލި ފަދަ ނުރައްކާތެރި ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. ނަމަވެސް، ޤަވާޢިދުން ކާންވީ ކޮން އެއްޗެއްކަން ނޭނގި ގިނަ ފަހަރަށް އޮޅުންބޮޅުން އަރައެވެ.

އިންޑިޔާގެ މަޝްހޫރު ގޭސްޓްރޯއެންޓެރޮލޮޖިސްޓް ޑރ. ޕަލަނިއައްޕަން މަނިކަމް ދާދިފަހުން ވަނީ، ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންޖެހޭ މުހިންމު ކާނާތަކުގެ ލިސްޓެއް ޙިއްޞާކުރައްވާފައެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންވީ މުހިންމު ބާވަތްތައް:

  • ސްޕިނަޗް: ޑރ. މަނިކަމް އިރުޝާދު ދެއްވާ ގޮތުގައި، އަންހެނުން ފެހިކަންގަދަ ފަތްޕިލާވެލި، ޚާއްޞަކޮށް ސްޕިނަޗް ކެއުމުގައި ގިނައިން ބޭނުންކުރަންވާނެއެވެ. ސަބަބަކީ މިފަދަ ފަތްތަކުގައި 'އަޔަން' (ދަގަނޑުގެ ބައި) ގިނަ އަދަދަކަށް އެކުލެވޭތީއެވެ. އަންހެނުންނަށް މައްސަރު ކަންތައް ޖެހުމުގެ ސަބަބުން ކޮންމެ މަހަކުވެސް ހަށިގަނޑުން އަޔަން ބޭރުވާތީ، މިއީ ހަށިގަނޑަށް ނުހަނު މުހިންމު މާއްދާއެކެވެ. އަދި ސްޕިނަޗް ކައްކައިގެން، އޭގެ ތެރެއަށް ލުނބޯހުތް ކޮޅެއް އެޅުމުން ހަށިގަނޑަށް އަޔަން ދަމައިގަތުމަށް ފަސޭހަވެގެންދާނެއެވެ.

  • ތެޔޮ އެކުލެވޭ މަސް (ފެޓީ ފިޝް): ހަފްތާއަކު ދެތިން ފަހަރު ސަލްމަން އަދި ކަނޑުމަހުގެ ބާވަތްތައް ފަދަ މަސް ކެއުމަށް ޑޮކްޓަރު ލަފާދެއްވައެވެ. މިފަދަ މަހުން އޮމެގާ-3 އަދި ވިޓަމިން ޑީ ލިއްބައިދެއެވެ. މިއީ ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދީ، ބިސް އުފެދުމުގެ ފެންވަރު ރަނގަޅުކޮށްދިނުމުގެ އިތުރުން، މާބަނޑު ދުވަސްވަރު ދަރިފުޅުގެ ސިކުނޑި ތަރައްޤީވުމަށް ބޮޑު އެހީއަކަށް ވެގެންދާނެ މާއްދާތަކެކެވެ.

  • ކެލްސިއަމް ގިނަ ކާނާ: ކިރު، ޗީޒް، ޕަނީރު އަދި ގޮވާމުގެ ބާވަތެއް ފަދަ ތަކެތިން ކަށިތައް ވަރުގަދަކޮށްދޭ ކެލްސިއަމް ލިއްބައިދެއެވެ. މިއީ ކަށި ފީވުމުގެ މައްސަލަތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭނެ ކާނާއެވެ.

  • ބީންސް އަދި ހިމަގޮދަން: ތަފާތު ވައްތަރުގެ ބީންސް އަދި ހިމަގޮދަނަކީ ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް ކާނާ ފޯރުކޮށްދޭ ބާވަތްތަކެކެވެ. މިއީ ޕީ.ސީ.އޯ.އެސް (PCOS) އާއި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.

  • މާމުއި، ނަޓްސް އެންޑް ސީޑްސް: ޚާއްޞަކޮށް ބަރަބޯގެ އޮށްފަދަ އޮށްތަކަކީ މެގްނީޒިއަމް އަދި ފައިދާހުރި ތެޔޮ ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މިއީ ޢުމުރުން ދުވަސްވެ މައްސަރު ކަންތައް ހުއްޓޭ (މެނޮޕޯޒް) ދުވަސްވަރު ކަށީގެ މެޓަބޮލިޒަމް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ނުހަނު އެހީތެރިވެދޭނެ ބާވަތެކެވެ.

ޑރ. ޕަލަނިއައްޕަން މަނިކަމް ފާހަގަކުރައްވާ ގޮތުގައި، އަންހެނުންގެ ޢުމުރުގެ އެކި މަރުޙަލާތަކުގައި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަންގެ މިންވަރު ތަފާތުވެއެވެ. އެހެންކަމުން، މާ ބުރަ ޚާއްޞަ ޑައިޓްތައް ފަހަތުން ދުވުމުގެ ބަދަލުގައި، ހަށިގަނޑަށް އެންމެ އެކަށޭނަ، ފައިދާހުރި މާއްދާތައް ލިއްބައިދޭ ކާނާ ދުވަހުގެ ކެއުމުގައި ހިމެނުމަށް ސަމާލުކަން ދިނުން މާ މުހިންމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް
16 Nov 2026 ލައިފްސްޓައިލް

ހޫނު މޫސުމުގައި ބޮލުން އިސްތަށި ފޭބުން: ސަބަބުތަކާއި ރައްކާތެރިވާނެ ގޮތްތައް

ހޫނު މޫސުމަކީ ގަދަ ހޫނާއި ވައިގެ ތެތްކަން މަތިވެގެންދާ ދުވަސްވަރެކެވެ. މިއީ އިސްތަށިގަނޑަށް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެއްވެސް މެއެވެ. މި މޫސުމުގައި އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުން އިސްތަށި ފޭބުން އިތުރުވެ، އެކަމުގެ ކަންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ.

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
11 Nov 2026 ލައިފްސްޓައިލް

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް

ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
05 Nov 2026 ލައިފްސްޓައިލް

ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟

ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.