އައިޖީއެމްއެޗް އެމްބިއުލަންސެއް؛ ފޮޓޯ / ވޮއިސް
އައިޖީއެމްއެޗް އެމްބިއުލަންސެއް؛ ފޮޓޯ / ވޮއިސް
ހަބަރު 14 Nov 2026 | 15:21

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

ދިވެހިރާއްޖޭގައި ހަކުރުބަލި ތަހައްމަލުކުރާ 7،000 މީހުން މިވަގުތު އެބަތިބި ކަމަށާއި، ހަކުރު ބައްޔަކީ މީހުން މަރުވާން މެދުވެރިވާ ތިންވަނައަށް އެންމެ ނުރައްކާތެރި ބަލިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު 14 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" ނުވަތަ "އާލީ އެކްޝަން އޮން ޑައިބެޓީސް" އެވެ. މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން މަރުވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގައެވެ. މީގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔަކީ ހަކުރުބައްޔެވެ.

މިއަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޓައިޕް 1 ޑައިބެޓީސްގެ 300 ބަލިމީހުންނާއި، ޓައިޕް 2 ޑައިބެޓީސްގެ 7،000 ބަލިމީހުން އަދި މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ފަރުވާ ހޯދަމުންދެއެވެ.

ހަކުރުބަލީގެ މައިގަނޑު ދެ ވައްތަރު ކަމަށްވާ، ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓީސްއާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، ހެލިފެލިވެ އުޅުން މަދުވުމާއި، ބަރުދަން އިތުރުވުމާއި، އާއިލާގައި ހަކުރުބަލީގެ މީހުން ތިބުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މި ބައްޔަށް މަގުފަހިވާ މައިގަނޑު ސަބަބުތައް ކަމަށެވެ.

ހަކުރުބަލިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ކުރުމަށް އިލްތިމާސްކޮށްފައިވާ ކަންތައްތައް:

  • މިންހެޔޮ ކާނާ އިހްތިޔާރުކުރުން

  • ކެއުމުގެ ވަގުތުތަކާއި ކާ މިންވަރާމެދު ސަމާލުވުން

  • ގަވާއިދުން ކަސްރަތުކޮށް ހަށިގަނޑުގެ ބަރުދަން އެކެށީގެންވާ މިންވަރެއްގައި ހިފެހެއްޓުން

  • ދުންފަތާ ދުރުހެލިވުން

  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކުން ދުރާލާ ޓެސްޓުކުރުން

  • ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުން ޑޮކްޓަރުންގެ އިރުޝާދާއެކު ގަވާއިދުން ޓެސްޓުތައް ހެދުން

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި
14 Nov 2026 ހަބަރު

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި

ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭގެ މި ދެބޯޓަކީ، މައިގަނޑު ގޮތެއްގައި އެމެރިކާގެ މެރިން ކޯޕްސްއިން ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، އަދި ހަނގުރާމައިގެ ލޮޖިސްޓިކްސްއަށް ބޭނުންކުރާ، މެދު ފަންތީގެ ލިފްޓު އުފުލާ ޓިލްޓްރޯޓަރ (ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ) ބޯޓެކެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ

ހަވާ އެރުވުމަށް ހަމަޖައްސާފައިވަނީ 09:30 އިން ފެށިގެން 10:30 ހާ ދެެމދުގެ ވަގުތެއްގައި ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ހަބަރު

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކި ބާވަތުގެ އިންތިޒާމުތަކާއި، މިނާ އާއި އަރަފާތުގައި ދެވޭނެ ޚިދުމަތްތަކުގެ އިތުރުން، ލޮޖިސްޓިކްސްއާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
11 Nov 2026 ލައިފްސްޓައިލް

ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް

ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި
10 Nov 2026 ހަބަރު

ތެލެސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު ތައާރަފުކޮށްފި

މޯލްޑިވްސް ބްލަޑް ސާވިސަސްއިން ތައާރަފުކުރި މި ކާޑާއެކު، މީގެކުރިން ބޭނުންކުރަމުން އައި ޕްރިންޓް ކާޑުތައް ހުއްޓުމަކަށް އައިސް، މުޅިން އާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ.

ނަފްސާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް: މިނިސްޓަރ ޤީލާ
05 Nov 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަން މަތީ ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް: މިނިސްޓަރ ޤީލާ

މިއަދު ފެށިގެންދިޔަ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، މި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ދޭ ހިދުމަތްތައް ދައްކާލުމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާއީ ގޮތުން ބަދަހި މުޖުތަމައެއް ގާއިމު ކުރުމަށް ބާރުއެޅުމަކީ ވެސް މި އެކްސްޕޯގެ މުހިންމު ބޭނުމެކެވެ.