ހޮރްމޫޒް ކަނޑުއޮޅީގައި ހިނގި ހާދިސާއެއް؛ ފޮޓޯ / ވަންނިއުސް
ހޮރްމޫޒް ކަނޑުއޮޅީގައި ހިނގި ހާދިސާއެއް؛ ފޮޓޯ / ވަންނިއުސް
ދުނިޔެ 14 Nov 2026 | 18:30

ހޮރްމޫޒް ކަނޑުއޮޅީގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

މި ތަފާސްހިސާބުތައް ހިއްސާކޮށްފައިވަނީ، މެދުއިރުމައްޗާއި އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޚާލިދު ޚިޔާރީއެވެ. ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، މި އަދަދުތަކަކީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވިފައިވާ މައުލޫމާތު ކަމަށެވެ.

ޚާލިދު ޚިޔާރީ ވަނީ، މިހާރު އެ ސަރަހައްދުގައި އޮތް ނާމާން ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެއީ އާންމު ކަމެއްގެ ގޮތުގައި ބަލައިގަނެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ސަރަހައްދުގައި އާންމު ހާލަތަކަށް ދަތުރުފަތުރު ރުޖޫއަކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ހޮރްމޫޒް ކަނޑުއޮޅިއާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުގައި ސަލާމަތީ ނުރައްކާތައް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ޚިޔާރީ ވިދާޅުވީ، ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ ނިމިދިޔަ އޮކްޓޯބަރު މަހުގައި ކަމަށެވެ.

އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ރެކޯޑުތަކުން ދައްކާގޮތުގައި، މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ހޮރްމޫޒް ކަނޑުއޮޅިއާއި މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރަށް އަމާޒުވި 136 ސަލާމަތީ ހާދިސާއެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން 35 ހާދިސާ އޮކްޓޯބަރު މަހު ހިނގާފައިވާއިރު، ނޮވެމްބަރު މަހުގެ މިހާތަނަށް 10 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތާލިބާނުން ހަތިޔާރާއި ހަނގުރާމަވެރިން ފޮރުވުމަށް ސިއްރު ބިންގަރާސްތަކެއް ބިނާކުރަނީ
14 Nov 2026 ދުނިޔެ

ތާލިބާނުން ހަތިޔާރާއި ހަނގުރާމަވެރިން ފޮރުވުމަށް ސިއްރު ބިންގަރާސްތަކެއް ބިނާކުރަނީ

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާއަތުން އެ ގައުމުގެ ގަންދަހާރުގައި ބިމުގެ އަޑީގެ ބިންގަރާސްތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތަކުގެ އިތުރުން ރައްކާތެރި މަރުކަޒުތަކެއް ބިނާކުރަމުންދާކަން ހާމަވެއްޖެއެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް
14 Nov 2026 ދުނިޔެ

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް

މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ޓްރޭންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، މައްސަލަ ދިމާވީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ މުސްކުޅި ނިޒާމުގެ ރައުޓަރުތަކަށް ނުކަތާވަރަށް ޑޭޓާތައް މާ ގިނަވެ ބުރަބޮޑުވުމުންނެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި
14 Nov 2026 ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން
12 Nov 2026 ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ހޮރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް އެ ސަރަހައްދު ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް އަދި އެ ގައުމުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް
11 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމަށް ބާރުއަޅައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތެރޭގައާއި އަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް
11 Nov 2026 ދުނިޔެ

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް

އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ވެރިރަށް ތެހެރާނުގައި އަންހެން ވޮލަންޓިއަރުންނަށް ޚާއްޞަކޮށްގެން އަސްކަރީ ތަމްރީނު ދޭ ކޭމްޕެއް ހުޅުވައިފިއެވެ. ތެހެރާނުގެ އާޒާދީ މައިދާނުގައި ހުޅުވި މި މަރުކަޒަކީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އަސްކަރީ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ލޮޖިސްޓިކް ސަޕޯޓް ދިނުމުގެ ކެމްޕޭނުގެ ބައެކެވެ.

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް
08 Nov 2026 ދުނިޔެ

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ތެލުގެ އަގު ގާތްގަނޑަކަށް 13 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ބަދަލާއެކު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ކުރިން ތެލުގެ އަގަށް އިތުރުވެފައި އޮތް 'ރިސްކް ޕްރީމިއަމް' ވަނީ މުޅިންހެން ކެނޑިގެން ގޮސްފައެވެ.