ހަތިޔާރު ރައްކާކުރުމާއި އިސްވެރިން ފިލަން ބިމުއަޑީގެ ހަދާ ހާއްސަ ބިންގަރާސް
ފޮޓޯ: ވީނިޔުސް
ހަތިޔާރު ރައްކާކުރުމާއި އިސްވެރިން ފިލަން ބިމުއަޑީގެ ހަދާ ހާއްސަ ބިންގަރާސް ފޮޓޯ: ވީނިޔުސް
ދުނިޔެ 14 Nov 2026 | 17:05

ތާލިބާނުން ހަތިޔާރާއި ހަނގުރާމަވެރިން ފޮރުވުމަށް ސިއްރު ބިންގަރާސްތަކެއް ބިނާކުރަނީ

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާއަތުން އެ ގައުމުގެ ގަންދަހާރުގައި ބިމުގެ އަޑީގެ ބިންގަރާސްތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތަކުގެ އިތުރުން ރައްކާތެރި މަރުކަޒުތަކެއް ބިނާކުރަމުންދާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ސެޓެލައިޓް ފޮޓޯތަކާއި، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާ ޙަވާލާދީ 'އަފްޣާނިސްތާން އިންޓަނޭޝަނަލް' އިން ކުރިއަށްގެންދިޔަ ތަޙްޤީޤީ ރިޕޯޓަކުންނެވެ.

ތަހުގީގުން އެނގުނު ގޮތުގައި، ހާއްސަކޮށް ގަންދަހާރާއި އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި މިފަދަ މަސައްކަތްތައް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްގެންދާއިރު، މި ތަންތަނަކީ ބާރުގަދަ ހަތިޔާރާއި ވަޒަން ރައްކާކުރުމަށާއި، ވައިގެ މަގުން ދީފާނެ ހަމަލާތަކުން އަސްކަރީ ސާމާނު ސަލާމަތްކުރުމުގެ އިތުރުން، އެ ޖަމާއަތުގެ އިސްވެރިން ފިލައިތިބުމަށް ހާއްސަކޮށްގެން ބިނާކުރާ ތަންތަން ކަމަށް ބެލެވެއެވެ. ބިން ކޮނުމުގެ މި ބޮޑު މަސްރޫއު ހިންގަމުންދަނީ ގަންދަހާރުގެ އައިނޯ މީނާގެ ފަރުބަދަމަތީ ސަރަހައްދުތަކާއި، އެއާޕޯޓްގެ ވަށައިގެންވާ ސަރަހައްދުތަކުގެ އިތުރުން މައިވަންދު، ޒާރީ އަދި ސްޕިން ބޯލްދަކް ފަދަ ޑިސްޓްރިކްޓްތަކުގައި ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ބިމުގެ އަޑީގެ ވަރުގަދަ ވިއުގަ

މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މީގެ 18 މަސްދުވަސް ކުރިން ފެށި މި މަސައްކަތުގެ ދަށުން ބިނާކުރާ ބިންގަރާސްތަކުގެ ތެރޭގައި އެކި ބޭނުންތަކަށް ހާއްސަ ތަންތަން ހިމެނެއެވެ. އޭގެ ތެރޭގައި ދަތުރުފަތުރަށާއި މުދާ ރައްކާކުރުމަށް ބޭނުންކުރާ ބިންގަރާސްތަކުގެ އިތުރުން، ބޮޑެތި އަސްކަރީ އުޅަނދުފަހަރު ވަދެނިކުމެ ހެދޭ ގޮތަށް ފަރުމާކޮށްފައިވާ ބޮޑެތި ބިންގަރާސްތައް ހިމެނެއެވެ. އަދި ބައެއް ތަންތަނަކީ މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެހެން ފެނާއި ކާބޯތަކެތީގެ އިންތިޒާމުތަކާއެކު ޢިމާރާތްކޮށްފައިވާ ތަންތަނެވެ.

ޠާލިބާން ޖަމާއަތުން އެ ގައުމުގެ ގަންދަހާރުގައި ބިމުގެ އަޑީގެ ބިންގަރާސްތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތަކުގެ އިތުރުން ރައްކާތެރި މަރުކަޒުތަކެއް
ޠާލިބާން ޖަމާއަތުން އެ ގައުމުގެ ގަންދަހާރުގައި ބިމުގެ އަޑީގެ ބިންގަރާސްތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތަކުގެ އިތުރުން ރައްކާތެރި މަރުކަޒުތަކެއް

މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް މީހުން ބުނިގޮތުގައި، ހަރު ހިލަތައް ފަޅާލުމަށް ބާރުގަދަ ގޮވާތަކެތި ބޭނުންކުރަމުންދާއިރު، މި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. މަސައްކަތްކުރާ ތަން ސިއްރުކުރުމުގެ ގޮތުން، މަސައްކަތު މީހުން އެތަންތަނަށް ގެންދަނީ ލޯމަތީގައި ފޮތިގަނޑު އަޅުވައިގެން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މުއްލާ ޢުމަރުގެ ތާރީހީ ގޯތި

މި ތަހުގީގުގައި ފާހަގަކޮށްފައިވާ މުހިންމު އެއް ތަނަކީ، ޠާލިބާނުންގެ ބާނީ މުއްލާ މުޙައްމަދު ޢުމަރު ކުރިން ދިރިއުޅުއްވި ޤަންދަހާރުގެ ގެކޮޅެވެ. މިހާރު މިތަން ބަލަހައްޓަނީ ޠާލިބާނުންގެ އެންމެ މަތީ ވެރިޔާ ހިބަތުﷲ އަޚުންޒާދާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ހާއްސަ "ޢުމަރީ ޔުނިޓް" އިންނެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ ގޯތިތެރޭގައި އައު އިމާރާތްތަކެއް ބިނާކުރުމުގެ އިތުރުން، ކައިރީގައިވާ ފަރުބަދައާ ދިމާލަށް ބިން ކޮނުމުގެ މަސައްކަތްތަކެއް ދަނީ ހިނގަމުންނެވެ. މި ސަރަހައްދަކީ އާންމުން ވަނުމާއި ފޮޓޯ ނެގުން މުޅިން މަނާ، ރައްކާތެރިކަން ވަރުގަދަކޮށްފައިވާ ޒޯނެކެވެ.

ޠާލިބާނުންގެ ބާނީ މުއްލާ މުޙައްމަދު ޢުމަރު ކުރިން ދިރިއުޅުއްވި ޤަންދަހާރުގެ ގެކޮޅު
ޠާލިބާނުންގެ ބާނީ މުއްލާ މުޙައްމަދު ޢުމަރު ކުރިން ދިރިއުޅުއްވި ޤަންދަހާރުގެ ގެކޮޅު

އެއާޕޯޓާއި އަސްކަރީ މަރުކަޒުތައް

ޤަންދަހާރު އެއާޕޯޓާއި، ޠާލިބާނުންގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދުތަކުގައިވެސް ބިންގަނޑު ކޮނުމުގެ މަސައްކަތްތައް ފެންނަން ހުރިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ޠާލިބާނުންގެ އިސްވެރިޔާ ވަނީ ވެރިރަށް ކާބުލް ހިމެނޭހެން އެކި ޕްރޮވިންސްތަކުގައި ހުރި ހަތިޔާރުތައް ޤަންދަހާރަށް ބަދަލުކުރުމަށާއި، ފަރުބަދަތައް ކޮނެގެން ބިންގަރާސްތައް ހެދުމަށް ސީދާ އަމުރު ނެރުއްވާފައެވެ.

ޤަންދަހާރު އެއާޕޯޓާއި، ޠާލިބާނުންގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދު
ޤަންދަހާރު އެއާޕޯޓާއި، ޠާލިބާނުންގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދު

ޒަވާރު ހޮހަޅަތައް

ޚޯސްތު ޕްރޮވިންސްގައި ހުންނަ ތާރީޚީ "ޒަވާރު" ހޮހަޅަތަކުގެ ކޮމްޕްލެކްސް އަލުން މަރާމާތުކޮށް ބޭނުންކުރުމަށްވެސް ޠާލިބާނުން މަސައްކަތްކުރިއެވެ. މިއީ ކުރީގެ ސޯވިއެޓް އިއްތިހާދާ ދެކޮޅަށް ކުރި ހަނގުރާމައިގައި އުސާމާ ބިން ލާދިންގެ އެހީތެރިކަމާއެކު ބޭނުންކުރި މަޝްހޫރު ތަނެކެވެ. ނަމަވެސް، އެ ސަރަހައްދު އަލުން ހަނގުރާމައިގެ މައިދާނަކަށް ވެދާނެތީ އެކަމާ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކާއި ދެކޮޅުވެރިކަމާ ގުޅިގެން، އެ މަސައްކަތް މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މީގެއިތުރުން، އަފްޣާނިސްތާނުގެ އިރުދެކުނު ޕްރޮވިންސްތަކުގައިވެސް ބިންގަރާސްތަކާއި ޚަންދަޤު ކޮނުމުގެ މަސައްކަތްތައް ޠާލިބާނުން ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޮރްމޫޒް ކަނޑުއޮޅީގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި
14 Nov 2026 ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި

މި ތަފާސްހިސާބުތައް ހިއްސާކޮށްފައިވަނީ، މެދުއިރުމައްޗާއި އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޚާލިދު ޚިޔާރީއެވެ. ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، މި އަދަދުތަކަކީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވިފައިވާ މައުލޫމާތު ކަމަށެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް
14 Nov 2026 ދުނިޔެ

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް

މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ޓްރޭންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، މައްސަލަ ދިމާވީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ މުސްކުޅި ނިޒާމުގެ ރައުޓަރުތަކަށް ނުކަތާވަރަށް ޑޭޓާތައް މާ ގިނަވެ ބުރަބޮޑުވުމުންނެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި
14 Nov 2026 ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ