އެމެރިކާ އަސްކަރިއްޔާގެ ބޯޓުތަކެއް ވީއައިއޭގައި
އެމެރިކާ އަސްކަރިއްޔާގެ ބޯޓުތަކެއް ވީއައިއޭގައި
ހަބަރު 14 Nov 2026 | 16:13

އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި

އެމެރިކާ އަސްކަރިއްޔާގެ މެރިން ކޯޕްސްއަށް ނިސްބަތްވާ ދެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.

ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭގެ މި ދެބޯޓަކީ، މައިގަނޑު ގޮތެއްގައި އެމެރިކާގެ މެރިން ކޯޕްސްއިން ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، އަދި ހަނގުރާމައިގެ ލޮޖިސްޓިކްސްއަށް ބޭނުންކުރާ، މެދު ފަންތީގެ ލިފްޓު އުފުލާ ޓިލްޓްރޯޓަރ (ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ) ބޯޓެކެވެ.

މިއަދު އެކްސްގައި ރާއްޖެއަށް އަންނަ މިފަދަ ބޯޓުތަކާއި ވައިގެ ދަތުރުފަތުރާ ގުޅޭ ހަބަރުތައް ގެނެސްދޭ އެކައުންޓެއް ކަމަށްވާ "އޭވިއޭޓާސް މޯލްޑިވްސް" އިން ވަނީ، މި ބޯޓުތައް ވީއައިއޭގައި ޓެކްސީ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ، އެކި ގައުމުތަކުގެ އަސްކަރިއްޔާއިން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާއިރު ތެޔޮ އެޅުމަށްޓަކައި އިހްތިޔާރުކުރާ އެއާޕޯޓެކެވެ. ރާއްޖެ އޮންނަ ސަރަހައްދުގެ ސަބަބުން މުދާ އުފުލާ އެހެނިހެން ބޯޓުތައް ވެސް ރާއްޖެއަށް އާންމުކޮށް އާދެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް މިވަގުތު ހަނގުރާމަ ކުރަމުންދާއިރު، ހަނގުރާމަ ފެށުނު ފަހުން މީގެ ކުރިންވެސް އެމެރިކާ އަސްކަރިއްޔާގެ ބޯޓެއް ވަނީ ރާއްޖެއަށް އައިސްފައެވެ. މިކަމާއި ގުޅޭ ގޮތުން، ސަރުކާރުން ވަނީ އެއްވެސް ހަނގުރާމައަކުން ނިމިގެން ނޫނީ ހަނގުރާމައަކަށް ދިއުމަށްޓަކައި ވިޔަސް އެއްވެސް ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިނުވާނެ ކަމަށާއި ކުރިއަށް އޮތްތާވެސް ފޯރުނުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި
14 Nov 2026 ހަބަރު

ރާއްޖޭގައި ހަކުރުބަލީގެ އާބާދީ 7،000 އަރައިފި

މި ދުވަހާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައެވެ. އަދި މި ބަލި ރާއްޖޭގައި މިހާރު އޮތް ހާލަތު ވަނީ ސާފްކޮށް ބަޔާންކޮށްދީފައެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ

ހަވާ އެރުވުމަށް ހަމަޖައްސާފައިވަނީ 09:30 އިން ފެށިގެން 10:30 ހާ ދެެމދުގެ ވަގުތެއްގައި ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ހަބަރު

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކި ބާވަތުގެ އިންތިޒާމުތަކާއި، މިނާ އާއި އަރަފާތުގައި ދެވޭނެ ޚިދުމަތްތަކުގެ އިތުރުން، ލޮޖިސްޓިކްސްއާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް
14 Nov 2026 ދުނިޔެ

އެއާ ޓްރެފިކް ނެޓްވޯކް ގަޑުބަޑުވެ، އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް

މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ޓްރޭންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، މައްސަލަ ދިމާވީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ މުސްކުޅި ނިޒާމުގެ ރައުޓަރުތަކަށް ނުކަތާވަރަށް ޑޭޓާތައް މާ ގިނަވެ ބުރަބޮޑުވުމުންނެވެ.

 އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް
12 Nov 2026 ދުނިޔެ

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް އިސްކަންދޭން ފަށައިފައެވެ.

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ
12 Nov 2026 ދުނިޔެ

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ

ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ކުއްލި ގޮތަކަށް މަރުވިކަން ވަނީ ކަޝަވަރުކޮށްދީފައެވެ.