ހަވާއަރުވަނީ
ހަވާއަރުވަނީ
ހަބަރު 14 Nov 2026 | 14:42

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަނީ

އިހުތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމުގެ ގޮތުން މިރޭ ބާއްވާ ރަސްމިއްޔާތާ ގުޅިގެން ހަވާ އެރުވުމަށް ނިންމައިފިއެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މާފަންނު ޓްރެކްދަނޑުގައެވެ. ހަވާ އެރުވުމަށް ހަމަޖައްސާފައިވަނީ 09:30 އިން ފެށިގެން 10:30 ހާ ދެެމދުގެ ވަގުތެއްގައި ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މޭރީ ބްރައުންއާ ދިމާލު ބޭރުންނެވެ. ހަވާއެރުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 މިނެޓްހާއިރަށްކަމަށް ވުޒާރާއިން ބުންޏެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ކެމްޕެއިން އިފްތިތާހްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ކެމްޕެއިން ފެށުމަށް ޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާއިން ކުރަމުންދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅު ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ދިވެހީންގެ މެދުގައި ރިވެތި އަޚްލާޤު އިޔާދަކުރުމުގެ ބޭނުމުގައި ފަސް އަހަރު ދުވަހަށް ދެމިގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ކަންކަން ކުރިއަށްގެންދަނީ މިކަމަށް ހާއްސަކޮށްފައިވާ ކޮމިޓީއަކުން ވިލަރެސްކުރާ ގޮތަށެވެ. މި ކޮމިޓީގައި ކަމާގުޅުންހުރި ވުޒާރާތަކާއި މުއައްސަސާތައް ހިމެނޭހެން ޖުމްލަ 9 މެންބަރުން ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ހަބަރު

ޙައްޖުގެ ޚިދުމަތްތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އާއެކު، މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކި ބާވަތުގެ އިންތިޒާމުތަކާއި، މިނާ އާއި އަރަފާތުގައި ދެވޭނެ ޚިދުމަތްތަކުގެ އިތުރުން، ލޮޖިސްޓިކްސްއާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.

ފައިނޭންސް ފޯރަމާއެކު ނޫ އިޤްތިޞާދަށް އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ: ޔަޒްމީދު
14 Nov 2026 ހަބަރު

ފައިނޭންސް ފޯރަމާއެކު ނޫ އިޤްތިޞާދަށް އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ: ޔަޒްމީދު

ޔަޒްމީދު ވިދާޅުވީ، ރާއްޖޭގެ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ހަމަޖެހުމާ ދެމެދު އޮތްގުޅުން ވަރަށް ބޮޑުކަމަށެވެ

ކޮޕް 31 ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖެ ވަޑައިގެންފި
14 Nov 2026 ހަބަރު

ކޮޕް 31 ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖެ ވަޑައިގެންފި

ކޮންފަރެންސްގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ

ވިލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ޒަރީރު
14 Nov 2026 ހަބަރު

ވިލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ޒަރީރު

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލް ގުޅިފައިވަނީ ދިވެހިންގެ ތިމާވެށީގެ މުސްތަޤްބަލާ ކަމަށެވެ. އަދި ރާއްޖެއަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަމާއި، ތަރައްޤީގެ އުންމީދުތަކާއި އަދި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް

ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ: ޔާމީން
13 Nov 2026 ހަބަރު

ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ: ޔާމީން

އެ ބިމުގައި ގާނޫނާއި ހިލާފަށް އިންވެސްޓްމަންޓް ފަށައިފިނަމަ އެތަން އަތުލާނީ ބަދަލު ދިނުމެއް ވެސް ނެތި ކަމަށެވެ.

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
10 Nov 2026 ހަބަރު

އެލްޖީއޭ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި
05 Nov 2026 ހަބަރު

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި

މި ހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް
05 Nov 2026 ހަބަރު

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ، އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި އެމަނިކުފާނު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކޮށްފައެވެ.