ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި
މި ހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް