މިނިސްޓަރ ޝަހީމް-
މިނިސްޓަރ ޝަހީމް-
ހަބަރު 05 Nov 2026 | 09:42

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ފައްކާވެފައިވާ އެއް ރަށް ކަމަށްވާ ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މުނާސަބަތެއް ކަމަށްވާ "ހެލޯވީން" ފާހަގަކުރި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ހަނުހުރެއްޖެއެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް "ވޮއިސް" އިން ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. އަދި ފޮނުވި މެސެޖުތަކަށް ވެސް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތާ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މާފުށީގެ "ކާނި ހޮޓެލްސް އެންޑް ޓުއާސް" އިން އެ ކުންފުނީގެ "ކާނި ޕާމް ބީޗް" ގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ހެލޯވީން ޕާޓީއެއް ބާއްވާނެކަން އިއުލާން ކުރުމާ ގުޅިގެންނެވެ. އެކަން އެމީހުންގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކޮށް އިއުލާންކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ޕާޓީއާއެކު ބުފޭއަކާއި ޑީޖޭއެއް އޮންނާނެ ކަމަށާއި، ޕާޓީއަށް އަންނައިރު ޚާއްސަ ކޮސްޓިއުމް އަޅައިގެން އައުމަށްވެސް ވަނީ އެދިފައެވެ.

މިފަދަ ހާމަކަން ބޮޑު ގޮތެއްގައި އިއުލާން ކުރުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީއާއި ޑީޖޭ ބާއްވާފައިވާއިރު، އެ ހަރަކާތުގެ ވީޑިއޯތައްވެސް މީސްމީޑިއާގައި އާންމުކޮށްފައިވަނީ ކާނި ހޮޓެލްސްގެ އަމިއްލަ އެކައުންޓުންނެވެ. "ވޮއިސް" އަށް އެނގިފައިވާ ގޮތުގައި މީގެ ކުރީ އަހަރުތަކުގައިވެސް އެ ފަރާތުން މާފުށީގައި މިފަދަ ހެލޯވީން ހަރަކާތްތައް ހިންގާފައިވާކަން އެމީހުންގެ މީސްމީޑިއާއިން ފެންނަން އެބަހުއްޓެވެ.

މި މައްސަލައާ ގުޅިގެން އާންމުންގެ ފާޑުކިޔުން އިންތިހާއަށް ބޮޑުވެފައިވަނިކޮށް، އެކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވޭތޯ ބެލުމަށް "ވޮއިސް" އިން މާފުށީ ކައުންސިލްގެ ރައީސް ޢަލީ ޝައްމޫންއަށް ގުޅުމުން، އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން އެނގުނީ ކޮން އިރަކު ކަމާއި، އެކަމާ ގުޅިގެން އެޅި ފިޔަވަޅަކާ މެދު ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވައި ފޯނު ވަނީ ކަނޑާލައްވާފައެވެ.

އެއަށްފަހު ތަކުރާރުކޮށް ގުޅުމުންވެސް ޖަވާބު ނުދެއްވުމުން ކައުންސިލްގެ ނައިބު ރައީސް ޙުސައިން ޢާމިލްއަށް ގުޅުމުން އޭނާ ވިދާޅުވީ އެފަދަ ޕާޓީއެއް ބޭއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ބޭއްވި ކަމެއް… (ހެލޯވީން ޕާޓީގެ) ވީޑިއޯ ތި ވެދާނެ ކުރީގެ އެއްޗެއް ކަމަށްވެސް. އެ ޕާޓީ ބޭއްވިކަން އަޅުގަނޑަކަށް ނޭނގެ. އެއްވެސް ފަރާތަކުން އެފަދަ ކަމެއް ކައުންސިލްގެ ސަމާލުކަމަށްވެސް ގެނެސްފައި ނުވޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ "ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، "ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާ ކަމެއް" ކަމަށެވެ.

ކްރިސްމަސް އަދި ހެލޯވީން ފަދަ ޣައިރުދީންތަކުގެ ޝިއާރުތަކާއި އީދުތައް ފާޅުކުރުމަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ކަނޑައެޅިގެން މަނާކުރާ ކަންކަމެވެ. ނަމަވެސް މި ފަހަކަށް އައިސް މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާއިރު، އެކަމަށް ފިޔަވަޅު ނޭޅުމަކީ ޒުވާން ޖީލުތަކުގެ އަގީދާއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި ދީނީ ފޭރާން ވީދިގެންދާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް
05 Nov 2026 ހަބަރު

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް

ލޯކަލް ޓޫރިޒަމް އެންމެ ފައްކާވެފައިވާ އެއް ރަށް، ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މީހުންގެ ހެލޯވީން ފާހަގަކުރާނެކަން އިއުލާންކޮށް، އެކަން ކޮށް ނިމުނުއިރުވެސް ކައުންސިލްއަށް އެކަމާ ބެހޭ މައުލޫމާތު ”ނޭނގޭ“ ކަމަށް ބުނެފިއެވެ.

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި
05 Nov 2026 ހަބަރު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި

ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބިންތައް ގަތުމުގެ ފުރުސަތު ލިބިގެންދާނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް
05 Nov 2026 ހަބަރު

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ، އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި އެމަނިކުފާނު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކޮށްފައެވެ.

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި
05 Nov 2026 ހަބަރު

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
05 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެގޮތުން، ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ
05 Nov 2026 ހަބަރު

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ

ރޯމް ދުނިޔެ އިން މައުލޫމާތު ދިން ގޮތުގައި މިއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދަން ނުޖެހޭއިރު، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ވެސް މި އެޕްގައި ނުހިމެނެއެވެ. އެހެންކަމުން މިއީ ކުދިން އެކަނި ކިޔަވަންވެސް ރައްކާތެރި އެޕެކެވެ.

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ
05 Nov 2026 ހަބަރު

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ

ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.