ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ތިބި ދިވެހިން-
ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ތިބި ދިވެހިން-
ހަބަރު 05 Nov 2026 | 05:02

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ

ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.

މި ބަދަލާއެކު ދިވެހި ރައްޔިތުންނަށް އިސްލާމީ މާތް އަޅުކަން ކަމުގައިވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފައެވެ.

މި އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ.

ނަމަވެސް، އަލަށް ގެނެވުނު އިޞްލާޙާއެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން، 65 އަހަރު ވުމުގެ ސަބަބުން ކުރިން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި، ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށްވެސް މިހާރު މި ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފޭނެއެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. މީގެއިތުރުން، ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ބާކީ ހުންނަ ނަމައެވެ.

މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުންނެވެ.

ހައްޖު ކޯޕަރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން، ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.

އެހެންނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށްވެސް އެކުލަވާލައި ޢަމަލުކުރަން ފެށި އައު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް
05 Nov 2026 ހަބަރު

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް

ލޯކަލް ޓޫރިޒަމް އެންމެ ފައްކާވެފައިވާ އެއް ރަށް، ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މީހުންގެ ހެލޯވީން ފާހަގަކުރާނެކަން އިއުލާންކޮށް، އެކަން ކޮށް ނިމުނުއިރުވެސް ކައުންސިލްއަށް އެކަމާ ބެހޭ މައުލޫމާތު ”ނޭނގޭ“ ކަމަށް ބުނެފިއެވެ.

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި
05 Nov 2026 ހަބަރު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި

ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބިންތައް ގަތުމުގެ ފުރުސަތު ލިބިގެންދާނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް
05 Nov 2026 ހަބަރު

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ، އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި އެމަނިކުފާނު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކޮށްފައެވެ.

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި
05 Nov 2026 ހަބަރު

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
05 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެގޮތުން، ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ
05 Nov 2026 ހަބަރު

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ

ރޯމް ދުނިޔެ އިން މައުލޫމާތު ދިން ގޮތުގައި މިއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދަން ނުޖެހޭއިރު، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ވެސް މި އެޕްގައި ނުހިމެނެއެވެ. އެހެންކަމުން މިއީ ކުދިން އެކަނި ކިޔަވަންވެސް ރައްކާތެރި އެޕެކެވެ.

’ޑެތު‘ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި، މިފަހަރު ޖެހީ 15 ދުވަސް
05 Nov 2026 ހަބަރު

’ޑެތު‘ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި، މިފަހަރު ޖެހީ 15 ދުވަސް

އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި، އިހްތިޖާޖުކޮށް، ފިހާރަތައް ލޫޓްވާން ގޮވާލި ހއ. ބާރަށު ކުއްޅަވައްގެ، އަލީ ޖުމާން، ޑެތުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.