މާފުށީ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް- ފޮޓޯ/ މާފުށީ ކައުންސިލް
މާފުށީ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް- ފޮޓޯ/ މާފުށީ ކައުންސިލް
ހަބަރު 05 Nov 2026 | 08:38

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް

ލޯކަލް ޓޫރިޒަމް އެންމެ ފައްކާވެފައިވާ އެއް ރަށް، ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މީހުންގެ ހެލޯވީން ފާހަގަކުރާނެކަން އިއުލާންކޮށް، އެކަން ކޮށް ނިމުނުއިރުވެސް ކައުންސިލްއަށް އެކަމާ ބެހޭ މައުލޫމާތު ”ނޭނގޭ“ ކަމަށް ބުނެފިއެވެ.

މާފުށީ ”ކާނި ހޮޓެލްސް އެންޑް ޓުއާސް“ އިން ”ކާނި ޕާމް ބީޗް“ ގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ހެލޯވީން ޕާޓީއެއް ބާއްވާނެކަން އިއުލާން ކުރީ އެމަހުގެ 24 ވަނަ ދުވަހުއެވެ. އެކަން އިއުލާން ކޮށްފައިވަނީ އެމީހުންގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި އެންމެނަށްވެސް ފެންނަ ގޮތަށެވެ.

ހެލޯވީން ޕާޓީއާއެކު ބުފޭ އަކާއި ޑީޖޭވެސް ބާއްވާނެކަން އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެޕާޓީއަށް އަންނައިރު ކޮސްޓިއުމްލައިގެން އަންނަންވެސް އެދިފައިވެއެވެ.

މިފަދަ ހާމަކަންބޮޑުކޮށް އިއުލާންކުރުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުގެރޭ އެ ޕާޓީއާއި ޑީޖޭވެސް ބާއްވާފައިވާއިރު، އެ ޕާޓީގެ ވީޑިއޯވެސް މީސްމީޑިއާގައި އާއްމުކުރީ ކާނި ހޮޓެލްސްއިންނެވެ.

މިކަމާގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވޭތޯ ބެލުމަށް ”ވޮއިސް“ އިސް މާފުށީ ކައުންސިލްގެ ރައީސް، ޢަލީ ޝައްމޫންއަށް ގުޅުމުން ވިދާޅުވީ ސަމާލުކަމަށް އިސްފައިވާ ކަމަށެވެ. ނަމަވެސް އެކަން އެނގުނީ ކޮންއިރަކު ތޯއާއި، އެކަމާގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިތޯ އެހުމުން ޖަވާބެއް ނުދިނެވެ.

ތަކުރާރުކޮށް ގުޅުމުންވެސް އެކަމާ ގުޅޭ ޖަވާބެއް ނުދިނުމުން، ކައުންސިލްގެ ނާއިބު ރައީސް ހުސައިން ޢާމިލްއަށް ގުޅުމުން ވިދާޅުވީ އެކަން ނޭނގޭ ކަމަށެވެ.

”އަޅުގަނޑަކަށް ނޭނގެ ބޭއްވި ކަމެއް… (ހެލޯވީން ޕާޓީގެ) ވީޑިއޯ ތި ވެދާނެ ކުރިންގެ އެއްޗެއް ކަމަށްވެސް. އެ ޕާޓީ ބޭއްވިކަން އަޅުގަނޑަކަށް ނޭނގެ. އެއްވެސް ފަރާތަކުން އެފަދަ ކަމެއް ކައުންސިލްގެ ސަމާލުކަމަށްވެސް ގެނެސްފައި ނުވޭ.“ މާފުށީ ކައުންސިލްގެ ނާއިބު އާމިލް ވިދާޅުވިއެވެ.

ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީގައި މީގެ ކުރިން އަހަރުތަކުގައި އެ ކާނި ހޮޓެލްސްއިން ހެލޯވީން ފާހަގަކުރެއެވެ. އެކަން އެ މީހުންގެ މީސްމީޑިއާ މަންސަތަކުންވެސް ހުރީ ފެންނާށެވެ.

ޤާނޫނު ނަމްބަރު 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއިބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާޢިދު (R-40/2022) ގެ 9 ވަނަ މާއްދާގައި ވާގޮތުން "ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމާއި ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާ ކަމެކެވެ."

ކްރިސްމަސް، ހެލޯވީން ފަދަ ޣައިރުދީން ތަކުގެ ޢީދު ފާހަގަކުރުން އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީން މަނާ ކުރާއިރުވެސް މި ފަހަކަށް އައިސް ރަށްރަށުގައިވެސް އެފަދަ ކަންކަން ފާހަގަކުރަމުންދާތަން ފެނެއެވެެ. މިފަދަ ކަންކަން ޒުވާން ޖީލުތަކަށް ފެނި، އެކަމަށް އެއްގޯސްވުމަކީ އިޖުތިމާއީ ފޭރާން ހަލާކުވެގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި
05 Nov 2026 ހަބަރު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި

ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބިންތައް ގަތުމުގެ ފުރުސަތު ލިބިގެންދާނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް
05 Nov 2026 ހަބަރު

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ، އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި އެމަނިކުފާނު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކޮށްފައެވެ.

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި
05 Nov 2026 ހަބަރު

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
05 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެގޮތުން، ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ
05 Nov 2026 ހަބަރު

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ

ރޯމް ދުނިޔެ އިން މައުލޫމާތު ދިން ގޮތުގައި މިއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދަން ނުޖެހޭއިރު، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ވެސް މި އެޕްގައި ނުހިމެނެއެވެ. އެހެންކަމުން މިއީ ކުދިން އެކަނި ކިޔަވަންވެސް ރައްކާތެރި އެޕެކެވެ.

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ
05 Nov 2026 ހަބަރު

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ

ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.

’ޑެތު‘ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި، މިފަހަރު ޖެހީ 15 ދުވަސް
05 Nov 2026 ހަބަރު

’ޑެތު‘ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި، މިފަހަރު ޖެހީ 15 ދުވަސް

އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި، އިހްތިޖާޖުކޮށް، ފިހާރަތައް ލޫޓްވާން ގޮވާލި ހއ. ބާރަށު ކުއްޅަވައްގެ، އަލީ ޖުމާން، ޑެތުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.