ޖުމާން-
ޖުމާން-
ހަބަރު 05 Nov 2026 | 09:24

’ޑެތު‘ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި، މިފަހަރު ޖެހީ 15 ދުވަސް

އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި، އިހްތިޖާޖުކޮށް، ފިހާރަތައް ލޫޓްވާން ގޮވާލި ހއ. ބާރަށު ކުއްޅަވައްގެ، އަލީ ޖުމާން، ޑެތުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީސްމީޑިއާގައި ޑެތު ކުރި ޕޯސްޓްގައި ވަނީ، އީގަލްސް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން އިހްތިޖާޖު ކުރުމާއި އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހަން ގޮވާލާފަ އެވެ. އަދި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިހާރައިގެ ނަން ފާހަަގަކޮށް ފިހާރަތައް ލޫޓްވަން ހިތްވަރު ދީފައިވެ އެވެ.

ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އޮކްޓޯބަރު 22 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން ފުރަތަމަ ޖެހީ 12 ދުވަހެވެ.

އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހާފައެވެ.

އޭގައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ
12 Nov 2026 ހަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު
12 Nov 2026 ހަބަރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ: ޗައިނާ ސަފީރު

ސަފީރު މިހެން ވިދާޅުވެފައިވަނީ، ޗައިނާގެ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި
12 Nov 2026 ހަބަރު

ބަނގުރަލުގެ މައްސަލައެއްގައި އެމްއެންޑީއެފް މީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފިއެވެ.

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް
12 Nov 2026 ހަބަރު

2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް؛ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ތިން ބިލިއަން ރުފިޔާ އޮތް

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން، އެ ކުންފުންޏަށް އެ އަހަރު 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ. އަދި ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރިހަމަ ލިޔެކިޔުންތައް ނުލިބޭތި، އޮޑިޓަރުން ވަނީ މި ބަޔާނަށް ރައުޔެއް ދިނުމުން އުޒުރުވެރިވެފައެވެ.

ކެފޭއެއްގެ ތެރޭގައި ބަޔަކު ބަންދުކޮށް ބިރުދެއްކި މީހަކު 20 ދުވަހަށް ބަންދުކޮށްފި
12 Nov 2026 ހަބަރު

ކެފޭއެއްގެ ތެރޭގައި ބަޔަކު ބަންދުކޮށް ބިރުދެއްކި މީހަކު 20 ދުވަހަށް ބަންދުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، މާރާމާރީ ހިންގާ ބިރުދެއްކި މައްސަލައެއްގައި ޒުވާނަކު 20 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި
08 Nov 2026 ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި

މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރުކަން އަދާކުރައްވާފައިވާ އައިމަން ހައްޔަރުކުރީ، މި މަހުގެ 3 ވަނަ ދުވަހުގައެވެ.