އެމިރޭޓްސް؛ ފޮޓޯ / ސައުތު ޗައިނާ މޯނިންގް ޕޯސްޓް
އެމިރޭޓްސް؛ ފޮޓޯ / ސައުތު ޗައިނާ މޯނިންގް ޕޯސްޓް
ދުނިޔެ 05 Nov 2026 | 09:44

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން އެމިރޭޓްސް ގްރޫޕްގެ ފައިދާ 66 އިންސައްތަ ދަށަށް ގޮސްފި

2026-27 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެމިރޭޓްސް ގްރޫޕްގެ ސާފު ފައިދާ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 66 އިންސައްތަ ދަށަށް ގޮސްފި ކަމަށް އެމިރޭޓްސް އެއާލައިން އަދި އޭވިއޭޝަން ހިދުމަތްދޭ "ޑްނާޓާ" އިން ރިޕޯޓްކޮށްފިއެވެ.

އެމިރޭޓްސްއިން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ޓެކްސަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ދިރުހަމެވެ. އެއީ 1 ބިލިއަން އެމެރިކާ ޑޮލަރެވެ. މި ވެއްޓުމުގެ މައިގަނޑު ސަބަބަކީ، ގަލްފާއި މެދުއިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުންނެވެ.

އެމިރޭޓްސް ގްރޫޕުން އާންމުކުރި މާލީ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ކުންފުނީގެ އާމްދަނީ ވަނީ 12 އިންސައްތަ ދަށަށް ގޮސް 66.2 ބިލިއަން ދިރުހަމް ނުވަތަ 18 ބިލިއަން ޑޮލަރަށް ތިރިވެފައެވެ. މީގެ އިތުރުން، ޓެކްސް ދެއްކުމުގެ ކުރިން ލިބުނު ފައިދާ 4.1 ބިލިއަން ދިރުހަމް ނުވަތަ 1.1 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ އޮޕަރޭޓިންގ ފައިދާ ނުވަތަ އީބިޓްޑާ ވަނީ 41 އިންސައްތަ ދަށަށް ގޮސް 12.5 ބިލިއަން ދިރުހަމް ނުވަތަ 3.4 ބިލިއަން ޑޮލަރަށް ތިރިވެފައެވެ.

މި މާލީ ނަތީޖާއާ ގުޅޭގޮތުން އެމިރޭޓްސް ގްރޫޕުގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝެއިޚް އަޙްމަދު ބިން ސަޢީދު އަލް މަކްތޫމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ދަތުރުފަތުރަށް ބޭނުންކުރާ ތެލުގެ އަގު އިންތިހާއަށް އުފުލި، ސަރަހައްދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، ކަސްޓަމަރުންގެ އިތުބާރާއި ކާގޯ އޮޕަރޭޝަންތަކުގެ ވަރުގަދަކަމުގެ ސަބަބުން ކުންފުންޏަށް ފައިދާގައި ދެމިއޮތުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ކުރެވުނު މަސައްކަތުން ރައްކާތެރިކަމާއެކު ވައިގެ ދަތުރުފަތުރު އަލުން ފަށައި، ފިޔަވަޅުތަކަށް ލުއިތަކެއް ހޯދައިދެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގައި މިވަގުތު ހަމަނުޖެހުންތައް ހިނގަމުންދިޔަ ނަމަވެސް، އެމިރޭޓްސްއިން އަންނަނީ ފްލީޓް ފުޅާކުރުމަށާއި ހިދުމަތްތައް ފުޅާކުރުމަށް އިންވެސްޓް ކުރަމުންނެވެ. އެގޮތުން، ސެޕްޓެމްބަރު 30 އާ ހަމައަށް ކުންފުނީގެ ކޭޝް ރިޒާވް ހުރީ 54.1 ބިލިއަން ދިރުހަމް ނުވަތަ 14.7 ބިލިއަން ޑޮލަރުގައެވެ. މިއީ މާޗު މަހުގެ ނިޔަލަށް ހުރި 59.6 ބިލިއަން ދިރުހަމްއާ އަޅާބަލާއިރު ކުޑަ ތިރިވުމެކެވެ.

މިއީ ދަރަނި ދެއްކުމަށާއި، އާ މަތިންދާބޯޓުތަކަށް ދައްކަންޖެހޭ ޕްރީ ޕޭމަންޓުތަކާއި، ކުންފުނީގެ ވެރިފަރާތަށް 2 ބިލިއަން ދިރުހަމްގެ ޑިވިޑެންޑް ދެއްކުމުގެ ސަބަބުން އައި ބަދަލެކެވެ. މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ އަދަދު 2 އިންސައްތަ ދަށަށް ގޮސް 128,237 އަށް ތިރިވި ނަމަވެސް، ކަނޑައެޅޭ ވަކި ދާއިރާތަކުން މުވައްޒަފުން ނެގުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މި ހަ މަސްދުވަހުގެ ތެރޭގައި އެމިރޭޓްސްއިން ދަތުރުކުރި ފަސިންޖަރުންގެ އަދަދު ވަނީ 22 އިންސައްތަ ދަށަށް ގޮސް 21.8 މިލިއަނަށް ތިރިވެފައެވެ. ދަތުރުތައް މަދުކުރުމުގެ ސަބަބުން ކުންފުނީގެ ކެޕޭސިޓީ 10 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ފްލައިޓްތަކުގެ އޮކިއުޕަންސީ ރޭޓު ވަނީ 72 އިންސައްތައަށް ތިރިވެފައެވެ. ނަމަވެސް، ކުންފުނީގެ މާލީ ވަރުގަދަކަމުގެ ސަބަބުން ކުރިއަށް އޮތް މުއްދަތާމެދު އުންމީދު އެބިއޮތް ކަމަށް ޝެއިޚް އަޙްމަދު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަސްކްގެ ކުންފުނިތަކުން އެއް ދުވަހުގެ ތެރޭގައި 130 ބިލިއަން ޑޮލަރުގެ ގެއްލުމެއް
05 Nov 2026 ދުނިޔެ

މަސްކްގެ ކުންފުނިތަކުން އެއް ދުވަހުގެ ތެރޭގައި 130 ބިލިއަން ޑޮލަރުގެ ގެއްލުމެއް

އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީން ހޯދުމުގެ މަގުމަތީގައި، ޓެކްސަސް ސްޓޭޓުން އެ ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން މަހުޖަނު އީލޮން މަސްކްގެ ވިޔަފާރިތަކަށް ބޮޑު ލޮޅުމެއް އަރައި، އޭނާގެ ކުންފުނިތަކުގެ މާކެޓް އަގުން އެއް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 130 ބިލިއަން ޑޮލަރު ގެއްލިއްޖެއެވެ.

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް
05 Nov 2026 ދުނިޔެ

އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް

އޭނާ މިހެން ބުނެފައިވަނީ، އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބުން އިދިކޮޅު މައި ޕާޓީ "ޑިމޮކްރެޓްސް" އިން މެޖޯރިޓީ ހޯދުމާއި ގުޅިގެން އޭނާ އެކްސްގައި ކުރި ޕޯސްޓަކުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޕާޓީގެ ޑޭޓާ އެނަލިސްޓުން އަންދާޒާކުރި ގޮތަށް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ރަނގަޅުވި ނަމަވެސް، 2024 ވަނަ އަހަރު ޓްރަމްޕް އަދި ވާންސް އަށް ވޯޓު ދިން ގިނަ އަދަދެއްގެ އާންމުން މިފަހަރު ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މީގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ވާންސް ފާހަގަކުރީ، އީރާން ހަނގުރާމައާއި އިސްރާއީލާއެކު އޮންނަ ގުޅުމެވެ.

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ނަތަންޔާހޫ ތަޤުރީރު ފެށުމުން އެތަކެއް ޤައުމުން ހޯލު ދޫކޮށް ނުކުތްއިރުވެސް، ޔޫއޭއީގެ ވަފުދު މަޑުކުރި
25 Sep 2026 ދުނިޔެ

ނަތަންޔާހޫ ތަޤުރީރު ފެށުމުން އެތަކެއް ޤައުމުން ހޯލު ދޫކޮށް ނުކުތްއިރުވެސް، ޔޫއޭއީގެ ވަފުދު މަޑުކުރި

އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަ...

އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
11 Sep 2026 ދުނިޔެ

އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ. އަލްޖީރިއާގެ ފޮރިން މިނިސްޓްރީން ބުނީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ވެސް ޔ...

ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
30 Jun 2026 ހަބަރު

ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރާއްޖެ އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާފައިވާ ސަފީރު ތޯރިގު އިބްރާހިމް, ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ސަފީރު, ތޯރިގް, އެމަނިކުފާނުގެ ސަފީރު ކ...

ޔޫއޭއީން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ: ތަރުޖަމާނު
30 Apr 2026 ހަބަރު

ޔޫއޭއީން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ: ތަރުޖަމާނު

އެކުވެރި އަރަބު އިމާރާތް (ޔޫއޭއީ) އިން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. މުންދު މިހެން ވިދާޅުވެފ...

ޔޫއޭއީ އޯޕެކުން ވަކިވާން ނިންމައިފި
28 Apr 2026 ހަބަރު

ޔޫއޭއީ އޯޕެކުން ވަކިވާން ނިންމައިފި

ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެއޮ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ، އޯޕެކުން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ވަކިވާން ނިންމައިފިއެވެ. ޔޫއޭއޭއީން މިގޮތަށް ނިންމާފައިވާކަން އެޤައުމުން ހާމ...