ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް؛ ފޮޓޯ / ރައީސް އޮފީސް
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު 30 Apr 2026 | 15:02

ޔޫއޭއީން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ: ތަރުޖަމާނު

އެކުވެރި އަރަބު އިމާރާތް (ޔޫއޭއީ) އިން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވެފައިވަނީ، މިއަދު ސަރުކާރުން ސަރުކާރުގެ އިސް ތަރުޖަމާނާއެކު ކޮންމެ ހަފުތާއަކު ބުރާސްފަތި ދުވަހު ސިލްސިލާ ގޮތެއްގައި ބާއްވާ "ޕްރެސް ވިތް ސްޕޯކްސް" ގެ ނަމުން ކުރިއަށްގެންދާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުގެ އާސަަންދާ ސްކީމާ ގުޅޭގޮތުން ބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ޔޫއޭއިން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މުންދު ސަފީރެއްގެ ގޮތުގައި ޔޫއޭއީގައި ހުންނެވިއިރުވެސް އެޤައުމުން ދިވެހިންނަށް އާސަންދައިގެ ހިދުމަތްދިނުމަށް އެންސްޕާއިން މަސައްކަތް ކުރަމުންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ޕްރޮސެސް މިހާރު ކުރިއަށް އެބަދޭ މާ ލަހެއް އިރާދަކުރެއްވިއްޔާ އެކަމަށް ހާއްސަ ފަރުވާ ބޭނުންވާ ބޭފުޅުން ޗެނަލް ކުރެވެން ފަށާނެ

މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ޔޫއޭއީގެ އިތުރުން ތައިލެންޑުންވެސް އާސަންދަ ލިބޭނޭ މަގު ތަނަވަސްކުރުމަށް މަސައްކަތް ކުރިއަށްދާކަމަށެވެ.

ސަރުކާރުން އާސަންދައިގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ، ތައިލެންޑާއި ޔޫއޭއީގައި އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެ ގައުމުތަކަށް ފޮނުވާނީ، އާސަންދައިގެ ދަށުން މިހާރުވެސް ކަވަރ ކުރަމުންދާ އިންޑިއާ އާއި ސްރީލަންކާއިން ފަރުވާ ނުލިބޭ ބަލިތަކަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން އެމިރޭޓްސް ގްރޫޕްގެ ފައިދާ 66 އިންސައްތަ ދަށަށް ގޮސްފި
05 Nov 2026 ދުނިޔެ

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން އެމިރޭޓްސް ގްރޫޕްގެ ފައިދާ 66 އިންސައްތަ ދަށަށް ގޮސްފި

އެމިރޭޓްސްއިން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ޓެކްސަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ދިރުހަމެވެ. އެއީ 1 ބިލިއަން އެމެރިކާ ޑޮލަރެވެ. މި ވެއްޓުމުގެ މައިގަނޑު ސަބަބަކީ، ގަލްފާއި މެދުއިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުންނެވެ.