އަލްޖީރިއާގެ ރައީސް
އަލްޖީރިއާގެ ރައީސް
ދުނިޔެ 11 Sep 2026 | 06:13

އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.

އަލްޖީރިއާގެ ފޮރިން މިނިސްޓްރީން ބުނީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ވެސް ޔޫއޭއީގެ އަމަލުތައް ބަލައިނުގަނެވޭ މިންވަރަށް ގޮސްފައިވާ ކަމަށާއި، ދެޤައުމުގެ ގުޅުން ދެމެހެއްޓުމަށް ކުރި ހުރިހާ މަސައްކަތެއް މިހާރު ނާކާމިޔާބުވެފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ޔޫއޭއީގެ ސަފީރު ޚާރިޖިއްޔާއަށް ހާޒިރުކޮށް، 48 ގަޑިއިރުގެ ތެރޭގައި ޤައުމުން ފޭބުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، އަލްޖީރިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެޤައުމުގެ އެންނަހާރު ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ޔޫއޭއީގެ ހުރިހާ މަދަނީ އަދި އަސްކަރީ މަތިންދާބޯޓުތަކަށް އަލްޖީރިއާގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާ ދުވަހުގެ ނިޔަލަށް، ޔޫއޭއީގެ ވިޔަފާރި ފްލައިޓުތައް އަލްޖިއާސްއަށް ދަތުރުކުރުމަށް ވަނީ އިސްތިސްނާ ދީފައެވެ.

މި ނިންމުމާ ގުޅިގެން ޔޫއޭއީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްޖީރިއާގެ މި ނިންމުމަކީ "ވަގުތީ" ނިންމުމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ޔޫއޭއީގައި ދިރިއުޅޭ އަލްޖީރިއާގެ ރައްޔިތުންނާއި ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން އަގުވަޒަންކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ސޯޝަލް މީޑިއާގައި ވިދާޅުވީ، ޚާރިޖީ ގުޅުންތައް ބިނާވާންވާނީ "ހައްލުކުރަން އުނދަގޫ އިޝާރާތްތަކެއްގެ" މައްޗަށް ނޫން ކަމަށާއި، ބުއްދި އިސްކުރުމާއި މުވާސަލާތު ކުރުމުގެ މައްޗަށް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އިސްރާއީލާ ގުޅުން ޤާއިމުކުރުމާ އަލްޖީރިއާއިން ދެކޮޅުހަދަމުންދަނިކޮށް، 2020 ވަނަ އަހަރު ޔޫއޭއީ އާއި އަލްޖީރިއާގެ ވާދަވެރި މޮރޮކޯއިން އިސްރާއީލާއެކު ގުޅުން ޤާއިމުކުރުން ހިމެނެއެވެ. އަދި ހުޅަނގު ސަހަރާގެ މައްސަލައިގައި ޔޫއޭއީން މޮރޮކޯއަށް ތާއީދުކުރާއިރު، އަލްޖީރިއާއިން ތާއީދުކުރަނީ މިނިވަންކަމަށް މަސައްކަތްކުރާ ޕޮލިސާރިއޯ ފްރަންޓަށެވެ.

އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫން ވަނީ ޔޫއޭއީއަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލަން އުޅޭ ޤައުމެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވާފައެވެ. އަދި އެޤައުމުން ފައިއަޅާ ކޮންމެ ތަނެއްގައި ލޭއޮހޮރުވުން ހިނގާ ކަމަށާއި، އަރަބި ދުނިޔޭގެ ބައިބައިވުން ބޮޑުވެދާނެތީ މީގެ ކުރިން ގުޅުން ކަނޑާނުލައި މަޑުކުރީ ކަމަށްވެސް ރައީސް ތެބޫން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ނަތަންޔާހޫ ތަޤުރީރު ފެށުމުން އެތަކެއް ޤައުމުން ހޯލު ދޫކޮށް ނުކުތްއިރުވެސް، ޔޫއޭއީގެ ވަފުދު މަޑުކުރި
25 Sep 2026 ދުނިޔެ

ނަތަންޔާހޫ ތަޤުރީރު ފެށުމުން އެތަކެއް ޤައުމުން ހޯލު ދޫކޮށް ނުކުތްއިރުވެސް، ޔޫއޭއީގެ ވަފުދު މަޑުކުރި

އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަ...

ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
30 Jun 2026 ހަބަރު

ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރާއްޖެ އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާފައިވާ ސަފީރު ތޯރިގު އިބްރާހިމް, ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ސަފީރު, ތޯރިގް, އެމަނިކުފާނުގެ ސަފީރު ކ...

ޔޫއޭއީން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ: ތަރުޖަމާނު
30 Apr 2026 ހަބަރު

ޔޫއޭއީން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ: ތަރުޖަމާނު

އެކުވެރި އަރަބު އިމާރާތް (ޔޫއޭއީ) އިން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. މުންދު މިހެން ވިދާޅުވެފ...

ޔޫއޭއީ އޯޕެކުން ވަކިވާން ނިންމައިފި
28 Apr 2026 ހަބަރު

ޔޫއޭއީ އޯޕެކުން ވަކިވާން ނިންމައިފި

ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެއޮ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ، އޯޕެކުން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ވަކިވާން ނިންމައިފިއެވެ. ޔޫއޭއޭއީން މިގޮތަށް ނިންމާފައިވާކަން އެޤައުމުން ހާމ...

އިއްތިހާދު އެއަރވޭސް އިން އިސްރާއީލަށް އަލުން ދަތުރުތައް ފަށައިފި
18 Apr 2026 ދުނިޔެ

އިއްތިހާދު އެއަރވޭސް އިން އިސްރާއީލަށް އަލުން ދަތުރުތައް ފަށައިފި

އެކުވެރި އަރަބު އިމާރާތު ( ޔޫ.އޭ.އީ ) ގެ ގައުމީ އެއަރލައިން، އިއްތިހާދު އެއާރވޭސް އިން އިސްރާއީލަށް އަލުން ދަތުރުތައް ފަށައިފިއެވެ. މެދުއިރުމަތީގައި ހިނގަމުންދިޔަ ހަނގުރާމައާއި ގުޅިގެން އިއްތިހާދު އެއ...