ނަތަންޔާހޫ ތަގުރީރުކުރަނީ
ނަތަންޔާހޫ ތަގުރީރުކުރަނީ
ދުނިޔެ 25 Sep 2026 | 06:09

ނަތަންޔާހޫ ތަޤުރީރު ފެށުމުން އެތަކެއް ޤައުމުން ހޯލު ދޫކޮށް ނުކުތްއިރުވެސް، ޔޫއޭއީގެ ވަފުދު މަޑުކުރި

އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.

ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ ޢާންމު މަޖިލީހުގެ ޖަލްސާގައި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާއި ޢުދުވާންތަކާ ގުޅިގެން ނަތަންޔާހޫއާ ދެކޮޅަށް ގިނަ ޤައުމުތަކަކުން ވަނީ ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އޭނާ ޕޯޑިއަމްއަށް އެރުމާއެކު ގިނަ އަދަދެއްގެ މަންދޫބުން ވަނީ ޖަލްސާކުރާ މާލަން ދޫކޮށް ނުކުމެފައެވެ. މިގޮތަށް މަންދޫބުން ނުކުތުމުން އެ މަންދޫބުންނަކީ ފިނޑިން ކަމަށް ބުނެ ނަތަންޔާހޫ ވަނީ އެ ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

އަދި އިތުރު ”ފިނޑިން“ ނުކުންނަން ބޭނުންތޯވެސް އޭނާ އަހާފައިވާއިރު، ޔޫއޭއީގެ ވަފުދު މަޑުކޮށްފައިވާކަން ވަނީ ފާހަގަވެފައެވެ. އަދި ޤަތުލް އާއްމު ދިފާއުކޮށް ނަތަންޔާހޫ ދެއްކި ހުރިހާ ވާހަކައެއް ދެއްކި އިރުވެސް ހޯލުގައި ޔޫއޭއީގެ ވަފުދުގެ މެންބަރުން ތިބުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އެގައުމަށް އަމާޒުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަމުން، ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވަމުންދާ ނިރުބަވެރި ނަތަންޔާހޫ ވަނީ އޭނާގެ ޢަމަލުތައް ދިފާޢުކުރަން މަސައްކަތްކޮށްފައެވެ. އަދި އޭނާއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ބުނެ ވާހަކަދެއްކި ނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ އަށާއި، ތުރުކީ އަދި ޤަޠަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، އެ ޤައުމުތަކުން ދޮގު ފަތުރާ ކަމަށް ބުނެފައެވެ. ނަމަވެސް ޤަޠަރުންނާއި މޭޔަރު މަމްދާނީ ވަނީ ނަތަންޔާހޫގެ މި ދޮގު ވާހަކަތައް ދޮގުކޮށް، އޭނާއަކީ ފަލަސްޠީނުގެ ނަސްލުހޭދު ކުރުމުގެ މޭސްތިރިޔާ ކަމަށް ބުނެފައެވެ.

ގާތްގަނޑަކަށް 40 މިނެޓަށް ދެމިގެންދިޔަ މި ތަޤުރީރުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނަތަންޔާހޫ ވަނީ ތަޢުރީފުކޮށްފައެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަކީ އާދައިގެ ކަންތައްތަކެއްގެ ގޮތުގައި ދައްކަން އޭނާ މަސައްކަތް ކުރިއެވެ.

ނަތަންޔާހޫ އދ. ގައި ވާހަކަދެއްކިއިރު، އދ. ގެ އިމާރާތުގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު ވަނީ ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލައި، އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ގޮވާލައި ވަރުގަދަ މުޒާހަރާއެއް ކޮށްފައެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ މި ނިރުބަވެރި ވެރިޔާގެ ތަޤުރީރު ބޮއިކޮޓްކޮށް ގިނަ ޢަދަދެއްގެ ޤައުމުތަކުން ހޯލުން ނުކުތް ނަމަވެސް، ޔޫއޭއީގެ މަންދޫބުން ހޯލުގައި ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...