ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖެ އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާފައިވާ ސަފީރު ތޯރިގު އިބްރާހިމް, ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރު, ތޯރިގް, އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އަށް އަރުވާފައިވާ ކަމަށެވެ.
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
އޭގެ ކުރީން ތޯރިގް ވަނީ ޓޫރިޒަމް މިނިސްޓަރު ކަން ކުރައްވާފަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް